Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

28 ޖެނުއަރީ 2026 | ބުދަ 08:34

ވަހީދު ވިދާޅުވީ އީސީން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ފަސޭހައިން ކަންކަން މަގުފަހިވާ ގޮތަށް ކަމަށް. އަދި އިންތިޚާބާ ގުޅިގެން ގޯއްޗާއި، ފްލެޓު ދިނުމުގެ އިތުރުން ވަޒީފާތައް ބަހަމުންދާއިރު، ކޮރަޕްޝަނާއި، ނުފޫޒު ހުއްޓުވުމަށް ކަމާގުޅުން ހުރި އެއްވެސް މުއައްސަސާއަކުން އަދި އިދާރާއަކުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2026 | ބުދަ 08:34
އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް

އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި، އެމަންޒަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުފެންނަ ކަމަށް އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ، މިސަރުކާރުގެ ބޭފުޅުން އިންތިޚާބާ ގުޅިގެން ދައްކަމުންދާ ވާހަކަތަކާއި، ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރާ ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުން ފޯމް ވައްދާނެކަމުގެ ޔަގީންކަން މިހާރު ދީފައިވާއިރު، ކުރަމުންދާ މަސައްކަތްތަކުން ވަރަށް ބޮޑަށް އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު ފެންނަ ކަމަށެވެ.  

Advertisement - newsAdvertisement

އީސީގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އޮބައޮތްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ  ކޮމިޝަނުން އެކަން ދޮގުކޮށް، އެކްސަސް އޮންނަނީ ހުއްދަ އޮތް ފަރާތްތަކަށް ކަމަށް ބުނި ނަމަވެސް އެބޭފުޅުންގެ ހުއްދައާއެކު، ޕީއެންސީން ޕޯޓަލްއަށް އެކްސަސް ވަމުންދާ ކަމަށެވެ. 

ވަހީދު ވިދާޅުވީ އީސީން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ފަސޭހައިން ކަންކަން މަގުފަހިވާ ގޮތަށް ކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް ޖާގަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން އިންތިޚާބާ ގުޅިގެން ގޯއްޗާއި، ފްލެޓު ދިނުމުގެ އިތުރުން ވަޒީފާތައް ބަހަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ އެއްވެސް ކަމެއް ކަމާގުޅުން ހުރި އެއްވެސް އިދާރާއަކަށް އަދި މުއައްސަސާއަކަށް ނުފެންނަ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ އޭސީސީއަށް ވެސް އެ މަންޒަރު ނުފެންނަ ކަމަށް ވަހީދު ވިދާޅުވި އެވެ.

މި އިންތިޚާބަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ އުސޫލެއް ރޭވުމެއްގެ ތެރެއިން އިންތިޒާމެއްގެ ތެރެއިން މިދަނީ ކުރަމުން. ނަމަވެސް ސަރުކާރުގެ ޕާޓީގެ ތެރެއިން މިފެންނަނީ ނުފޫޒާ ބާރުގެ ބޭނުން ކޮށްގެން އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ މަންޒަރު. ސަރުކާރުން މިއިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެތައް ނުފޫޒެއް އެބަ ބޭނުން ކުރޭ. އިންތިޚާބާ ދިމާކޮށް ގޯއްޗާއި، ފްލެޓު ދިނުމަށް އެބަ މަސައްކަތް ކުރޭ. އަދި އެތައް ސަތޭކަ ވަޒީފާއެއްގެ ފުރުސަތު ހުޅުވާލައިފި. އެހެންވީމަ މިއިން އެއްވެސް ބެލޭނެ އެއްވެސް މުއައްސަސާއެއް މިރާއްޖޭގައި ނެތް. ލާމަރުކަޒީ ގާނޫނަށް މާލީ ބާރުވެރިކަން ހަނި ކުރުމަށްޓަކައި ގެނައި ބަދަލާއެކު އޭސީސީގެ ފަރާތުން ވަނީ އެގާނޫނަށް ގެނައި ބަދަލަށް މަރުހަބާ ކިޔާފައި. އެހެންނަމަވެސް ކޮބައިތޯ މިއަދު ސަރުކާރުން ކުރަމުންދާ ކަންކަން.
އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު

މީގެ އިތުރުން ވިދާޅުވީ މިނިވަން، ރީތި އިންތިޚާބެއް ބޭއްވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ރައްޔިތުންނަށް ސުވާލު އުފެދޭ ކަންކަމުގައި ކަމާގުޅުންހުރި މުއައްސަސާތަކުން ޖަވާބުދާރީވެ، ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަބްދުﷲ ވަހީދުއެމްޑީޕީޕީއެންސީއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

28 ޖެނުއަރީ 2026
ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި
27 ޖެނުއަރީ 2026

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!
27 ޖެނުއަރީ 2026

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

27 ޖެނުއަރީ 2026
ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް
26 ޖެނުއަރީ 2026

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ
26 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި

ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ކަންކަން ހަމަ އެކަނި އީފާސް މެދުވެރިކޮށް ކުރަން މަޖުބޫރު ކޮށްފަވާތީ، ޕީއެންއެފް އިން އިލެކްޝަންސް ގެ މައްޗަށް ދައުވާކޮށްފި

26 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ކަންކަން ހަމަ އެކަނި އީފާސް މެދުވެރިކޮށް ކުރަން މަޖުބޫރު ކޮށްފަވާތީ، ޕީއެންއެފް އިން އިލެކްޝަންސް ގެ މައްޗަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް