Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުނު އިރު، ވައުދުވި ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާއިރު، މަޝްރޫއުތައް ލަސްވަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ސަރުކާރުން ބުނޭ. ޑޮލަރުގެ އަގު ބޮޑުވެ، މައްސަލަ ހައްލުކުރަން ހޯދި 400 މިލިއަން ޑޮލަރުން ރައްޔިތުންނަށް ފައިދާއެއް ނުވެ، ބޭސްފަރުވާއަށް ދިއުމަށްވެސް ޑޮލަރު ހޯދުން ވީ ބޮޑު އުނދަގުލަކަށް. ސަރުކާރުން 2027 ގައި ޑޮލަރު ރަސްމީ އަގަށް ވައްޓާލެވޭނެ ކަމަށް ބުނިއަސް އެކަމާމެދު ސުވާލު އުފެދޭ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 12:12
ފެހި ސިގްނަލް ލިބިވަޑައިގެންފައިވާ ކަމަށް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މި ސަރުކަރުގެ ވެރިން ވިދާޅުވިޔަސް، ތަރައްގީގެ މަޝްރޫއުތައް މިދިޔަ ދެ އަހަރު އޮތީ މަޑުޖެހިފަ

ފެހި ސިގްނަލް ލިބިވަޑައިގެންފައިވާ ކަމަށް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މި ސަރުކަރުގެ ވެރިން ވިދާޅުވިޔަސް، ތަރައްގީގެ މަޝްރޫއުތައް މިދިޔަ ދެ އަހަރު އޮތީ މަޑުޖެހިފަ | ރާއްޖެ އެމްވީ

ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބި ދެ އަހަރުވެއްޖެ އެވެ. އެއަށްފަހު ދެން ވަމުންދާ ގޮތް ދިވެހިން އުޅޭ ކޮންމެ ރަށެއްގެ ހުރި ހޮޅު އަށިތަކުން ލައިވްކޮށް އެހުރީ ފެންނާށެވެ. މަންޒަރާ އަޑާ ކުލަ ވެސް އެހާ ސާފެވެ. ވެރިކަން ހޯދުމަށް ދެއްކި ވާހަކަތަކާއި އަދި ވެރިކަމުގައި ބަގުނޑި ބަނދެ ދައްކަމުން އަންނަ ވާހަކަތައް ވެސް ވަރަށް ސާފެވެ. ރައްޔިތުން މިއަދު ތިބީ އެމަންޒަރު ބަލާށެވެ. ނަަމަވެސް ބަރު ހިތަކައިގެންނެވެ.

ނުކުރާނެ ކަމަށް ބުނި ހުރިހާކަމެއް ކޮށް ނިންމައިފި އެވެ. ގައުމުގައި ރައްޔިތުންނަށް ބަލާޔާ މުސީބާތް އިންތިހާއަށެވެ. ކުރިން ތިބި މީހުން ގޯސް ކަމަށް ބުނެ ވެރިކަމަށް އެރި މީހުން މިހާރު މާގޯސްކަމަށް ރައްޔިތުން ބުނެ އެވެ. އަނގަޔާ އަތާ ދިމާނުވާ ވާހަކަ ގިސްލަމުން ރައްޔިތުން ދަނީ މާޔުސްކަމާ މޮޅިވެރިކަމުގެ ސާލު އޮޅައިގެން ތިބެ އެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތާއި ފައިސާ ހޯދާނެ ގޮތް އެނގިވަޑައިގަންނަވާ ކަމާއި ފައިސާ ލިބުމުގެ ފެހި ސިގްނަލް ލިބިވަޑައިގެންފައިވާ ކަމަށް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މި ސަރުކަރުގެ ވެރިން ވިދާޅުވިޔަސް، ތަރައްގީގެ މަޝްރޫއުތައް މިދިޔަ ދެ އަހަރު އޮތީ މަޑުޖެހިފަ އެވެ. މަޝްރޫއުތައް އިއުލާނުކުރުމާއި ސޮއިކުރުމާއި ބިންގާ އެޅުން ކުރިޔަށް ގެންދިޔަސް، މުއިއްޒު ކުރެއްވި ދަތުރުތަކުގައި ހުރި ސްޕީޑެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގައި ނެތެވެ.

ނަމަވެސް އެންމެ ފަހުން މުއިއްޒު އެ ވިދާޅުވީ ރަށްރަށުގެ މިސްކިތްތަކާއި، ސުކޫލުތަކާއި، ސިއްހީ މަރުކަޒުތަކުގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫން ކަމަށާއި ބައެއް ކައުންސިލްތަކުގެ ރައީސުންނާއި ރަށްރަށުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުން ގަބޫލުކުރެ އެވެ. އެވާހަކަތައްވެސް އެހުރީ ލައިވްކޮށް ފެންނާށެވެ. 

ގައުމުގެ ތަރައްގީ ހުއްޓިފައި އޮތަސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ހޭދައެއް ކޮށްގެން ތައްޔާރުކުރި ޕީއެންސީގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ދެއްކެވި ވާހަކައިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މަޝްރޫއުތައް ނުފެށިގެން އުޅެނީ ކައުންސިލްތަކުން އެއްބާރުލުން ނުދީގެން ކަމަށް ވިދާޅުވުމެވެ. ނަމަވެސް، ހަގީގަތަށް ބަލާއިރު، ކައުންސިލްތަކުން ކަމެއް ނިންމައި ނުދީގެން ލަސްވެއްޖެ ނަމަ އެ މަޝްރޫއުއެއް ކުރިއަށް ގެންދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލުކޮށް ވަނީ ތަސްދީގު ކުރައްވާފަ އެވެ.

ގޯސް ރަގަޅު ކުރަން ގެނައި މީހުން ކުރީ ސަރުކާރު ކުރީ ސަރުކާރު ކިޔާލަ ކިޔާލަ ދައުރެއް މެދުން ބިންދަލައިފިޔޯލަ އެވެ. މިއީ ރަށު ތެރޭގައި ކިޔާ ވާހަކަ އެވެ. ވެރިމީހާ މަތިނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު ތިރިއަށް ޖެހިނުލާ އޮންނަތާ އަހަރަކަށް ވުރެވެސް ގިނަވީ އެވެ. އެކަމަށް ހައްލުހޯދަން ފެށި ބަންކަރިން ވީހިސާބެއް ވީގޮތެއް ވެސް މިސަރުކާރުގެ ވެރިންނަކަށް ބުނެނުދެވުނެވެ. 400 މިލިއަން ޑޮލަރު ދިޔައި މަތިންކަމެއް ނުވަތަ އަޑިން ކަމެއްވެސް އެނގޭނީ ހަމަ އެބަޔަކަށެވެ. ރައްޔިތަކަށް އެއިން ޑޮލަރެއް ނުލިބެ އެވެ. އެމްޑީޕީ ވެރިކަމުގައި ބޮޑުވެގެން މިބައިމީހުން ދެފައި ތަޅާ ބޮޑާހޭކި ޑޮލަރުގެ އަގު ދިޔައި މައްޗަށެވެ. 

ޑޮލަރުތަކުގެ ކޮންޓްރޯލް ނަގައިގެން އުފެދުނު އަގުގެ މައްސަލައިގައި ސަރުކާރުން ވިޔަފާރިވެރިންނަށް ދިން ފަރުވާއަކީ، ޓީޓީ ހަދާއިރު ބޭންކުން ދޭ ޑޮލަރު ސަޕޯޓުގެ އަދަދު އިތުރުކުރުމެވެ. ނަމަވެސް، މި ފަރުވާއިން ވިޔަފާރިވެރިންގެ ބޮލުގައި ރިހޭ ރިހުމަކަށް، މާ ބޮޑު ތަސައްލީއެއް ނުލިބެ އެވެ. އަދިވެސް ގިނަ ޑޮލަރު ހޯދަން ޖެހެނީ އަގު ބޮޑުކޮށް، ކަޅު ބާޒާރުންނެވެ.

ސަރުކާރުން ބުނާ ގޮތުގައި މިހާރު ތަންފީޒުކުރެވެމުންދާ ސިޔާސަތުތަކާއެކީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، 2027 ގައި ޑޮލަރު ރަސްމީ އަގަށް ވައްޓާލެވޭނެ އެވެ. މިހެން ބުންޏަސް މި އަމާޒަށް ވާސިލުވެވިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. މައްސަލައަކީ، އަންނަ އަހަރު ދަރަނި ދައްކަން ސަރުކާރަށް ވެސް ބައިވަރު ޑޮލަރު ބޭނުންވުމެވެ.

އަނެއް ކޮޅުން، ޑޮލަރު މާރުކޮށްގެން ލިބޭ ފައިސާ ވެސް ސަރުކާރުން ބޭނުންކުރަމުން ދަނީ އިގުތިސޯދީ ފައިދާއަށް ވުރެ ބޮޑަށް ސިޔާސީ ބޭނުންތަކަށެވެ. މާރުކުރާ ޑޮލަރުގެ ބޮޑު ބަޔެއް އާންމުންގެ ބޭނުންތަކަށެވެ. ބޭސްފަރުވާއަށްދާންވެސް ޑޮލަރު ހޯދަން ޖެހެނީ ހާލުންނެވެ. ރައްޔިތުން ސަރުކާރަށް ސަލާން ޖަހަން ޖައްސުވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީލާމަރުކަޒުކުރުންޑޮލަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގައުމު އޮތީ ދަރަނީގެ ކާރިސާ އެއްގައި، މުއިއްޒު ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ގައުމީ އެއްބަސްވުމަކަށް އަންނަން ޖެހޭ: މާރިޔާ

ގައުމު އޮތީ ދަރަނީގެ ކާރިސާ އެއްގައި، މުއިއްޒު ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ގައުމީ އެއްބަސްވުމަކަށް އަންނަން ޖެހޭ: މާރިޔާ

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

01 ފެބުރުއަރީ 2026
މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު