Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއާން ވިދާޅުވީ، ބިރު ދެއްކުމާއި، ހަމަޖެހޭ އުސޫލު ތަކުން ބޭރުން އުންމީދެއް ނެތް ކަމަށް. އަދި އެކަށީގެންވާ މާހައުލެއް އޮތް ނަމަ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަށް އަންގަވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ފެބުރުއަރީ 2026 | އަންގާރަ 06:36
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ރޮއިޓާސް

އެމެރިކާ އާއެކު އިންސާފުވެރި އަދި ހަމަހަމަ މަޝްވަރާ ތަކެއް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރުމަށް އީރާންގެ ޚާރިޖީ ވަޒީރަށް، އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަންގަވައިފި އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ތުރުކީ އިން އިސް ނަގާނެ ކަމަށް ބުނެފައިވާއިރު، މިއީ އެކަމާ ގުޅޭ ގޮތުން އީރާންގެ ރައީސް ޕެޒެޝްކިއާން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްލެވެ އެވެ. 

އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއާން ވިދާޅުވީ، ބިރު ދެއްކުމާއި، ހަމަޖެހޭ އުސޫލު ތަކުން ބޭރުން އުންމީދެއް ނެތް ކަމަށެވެ. އަދި އެކަށީގެންވާ މާހައުލެއް އޮތް ނަމަ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަށް އަންގަވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން ޕެޒެޝްކިއާން ވިދާޅުވީ، އެ މަޝްވަރާ ތަކަކީ އިހުތިރާމާއި، ބުއްދިވެރިކަމާއި، އަދި މަސްލަހަތު ތަކަށް އިސްކަންދޭ އުސޫލު ތަކުގެ މައްޗަށް ބިނާވެފައިވާ އިންސާފުވެރި މަޝްވަރާ ތަކަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ. އީރާން އިން މީގެ ކުރިން ބުނެފައި ވަނީ، އެމެރިކާ އިން ހުށަހަޅާ ކޮންމެ ހުށަހެޅުމަކަށް އެ ޤައުމުން އެއްބަސް ނުވާނެ ކަމަށެވެ. 

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އީރާންގެ ރައީސް ޕެޒެޝްކިއާންގެ މި ވާހަކަ ތަކުގެ ސަބަބުން އެ ޤައުމުގެ ޚާރިޖީ ސިޔާސަތަށް ބަދަލު ތަކެއް އަތުވެދާނެ އެވެ. ޚާއްސަކޮށް އީރާންގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތި ތަކުން އަރައި ގަތުމަށްޓަކައި ހުޅަނގުގެ ޤައުމު ތަކާ އެކު އޮންނަ ގުޅުން ރަނގަޅު ކުރުމަކީ، ޕެޒެޝްކިއާން އާއި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

އެމެރިކާ އާއި، އީރާންއާ ދެމެދު އޮންނަ ގުޅުން ފާއިތުވި އަހަރު ތަކުގައި ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އޮތް ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން ދެ ޤައުމުގެ ދެ މެދުގައި ރަސްމީ ގޮތުން ސީދާ މަޝްވަރާ ތަކެއް ކުރިއަށް ގެންދެވިފައި ނުވެ އެވެ. 

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

އީރާން-އެމެރިކާމަސްޢޫދު ޕެޒެޝްކިއަންއައްބާސް އަރަގްޗީއީރާން

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި

ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

02 ފެބުރުއަރީ 2026
ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ
01 ފެބުރުއަރީ 2026

އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

01 ފެބުރުއަރީ 2026
އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި
01 ފެބުރުއަރީ 2026

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

01 ފެބުރުއަރީ 2026
އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް
01 ފެބުރުއަރީ 2026

އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

01 ފެބުރުއަރީ 2026
އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް
01 ފެބުރުއަރީ 2026

އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

01 ފެބުރުއަރީ 2026
އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި
01 ފެބުރުއަރީ 2026

އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

01 ފެބުރުއަރީ 2026
އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް
31 ޖެނުއަރީ 2026

އެމެރިކާ އިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރާއިރު އިޒްރޭލުން މާ ހިމޭނުން މި އޮންނަނީ ކީއްވެ؟

31 ޖެނުއަރީ 2026
އެމެރިކާ އިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރާއިރު އިޒްރޭލުން މާ ހިމޭނުން މި އޮންނަނީ ކީއްވެ؟
31 ޖެނުއަރީ 2026

އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ މަތީ ތައްޔާރީ ހާލަތުގައި: ކޮމާންޑަރު

31 ޖެނުއަރީ 2026
އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ މަތީ ތައްޔާރީ ހާލަތުގައި: ކޮމާންޑަރު
31 ޖެނުއަރީ 2026

ޕެޒެޝްކިއަން: ޓްރަމްޕް އާއި ނަތަންޔާހޫ އަދި އީޔޫ އިން މަސައްކަތް ކުރީ އީރާން ބައިބައި ކޮށްލަން

31 ޖެނުއަރީ 2026
ޕެޒެޝްކިއަން: ޓްރަމްޕް އާއި ނަތަންޔާހޫ އަދި އީޔޫ އިން މަސައްކަތް ކުރީ އީރާން ބައިބައި ކޮށްލަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު