Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ލުބުނާން

އިޒްރޭލުން ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވީ ނަމަވެސް، އިޒްރޭލުން ދަނީ އެއްބަސްވުމާ ޚިލާފަށް ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަސްކަރީ ހަމަލާތައް ދެމުން. މި ހަމަލާތަކުގެ ސަބަބުން މަސްލަހަތު އިތުރަށް ގޯސްވެދާނެތީ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ޖިނާ
ޖިނާ | 3 ފެބުރުއަރީ 2026 | އަންގާރަ 09:40
އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ދިން ވައިގެ ހަމަލާ.

އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ދިން ވައިގެ ހަމަލާ. | އޭޕީ

އިޒްރޭލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގައިވާ ކަފްރް ތިބްނިތް އަވަށަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ އެ އަވަށުގައި ހުރި ބައެއް އިމާރާތްތަކަކީ ހިޒްބުﷲ ޖަމާއަތާ ގުޅުންހުރި ތަންތަން ކަމަށް ބުނެ، އެ ތަންތަން ހުސްކުރުމަށް އިޒްރޭލު ސިފައިން އަމުރު ނެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު އެއް އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ކުރިމަތިލުންތަކާއި، ދެ މަސް ދުވަހުގެ  ހަނގުރާމައަށްފަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އިޒްރޭލުން ދަނީ އަދިވެސް ލުބުނާނަށް ހަމަލާތައް ދެމުންނެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން ކަމުގައި ވިޔަސް، އިސްރާއީލުން ބުނަމުންދަނީ ހިޒްބުﷲ އިން އެއްބަސްވުމާ ޚިލާފުވާ ކޮންމެ ހިނދެއްގައި ރައްދު ހަމަލާ ދޭނެ ކަމަށެވެ.

Your browser does not support the video tag.
އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގައިވާ ކަފްރް ތިބްނިތް އަވަށަށް ދިން ވައިގެ ހަމަލާ / ވީޑިއޯ: އޭޕީ

މީގެ އިތުރުން، އިޒްރޭލު ސިފައިން އަދިވެސް ދަނީ ލުބުނާނުގެ ދެކުނުގެ ފަސް ސަރަހައްދެއްގައި ފައިތިލަ ސާބިތުކޮށްގެން ތިބެމުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި މި ސަރަހައްދުތަކަކީ އެ ގައުމުގެ ސަލާމަތަށްޓަކައި މުހިންމު ސަރަހައްދުތަކެކެވެ. މިކަމުގެ ސަބަބުން ލުބުނާނުގެ އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ގިނަ ބަޔަކު ދަނީ އެ ސަރަހައްދުތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަމުންނެވެ.

އިޒްރޭލުން ދެމުންދާ މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމް ކުރުމަށާއި، މަސްލަހަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެކުވެރި ދައުލަތްތަކުންނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް، އިޒްރޭލުން ބުނަމުންދަނީ އެ ގައުމުގެ ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ކޮންމެ ހާލަތެއްގައި އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އީރާނުގެ މަދަދުލިބޭ ހިޒްބުﷲ ޖަމާއަތާއި އިޒްރޭލާ ދެމެދު ހިނގަމުންދާ މި ހަމަނުޖެހުންތަކުގެ ސަބަބުން ލުބުނާނުގެ ދެކުނުގެ ގިނަ އަވަށްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކަފްރް ތިބްނިތް އަވަށަށް ދިން މި ހަމަލާއަކީ ވެސް އެ ސަރަހައްދުގައި ހިޒްބުﷲގެ ހަރަކާތްތައް ހުއްޓުވުމުގެ ނަމުގައި ދިން ހަމަލާއެއް ކަމަށް އިސްރާއީލުން ވަނީ ހާމަކޮށްފަ އެވެ.

މަސްދަރު: AP

ލުބުނާންކަފްރް ތިބްނިތްއިޒްރޭލްހިޒްބުﷲއިޒްރޭލް-ލުބުނާން

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2026

އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

03 ފެބުރުއަރީ 2026
އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް
29 ޖެނުއަރީ 2026

އިރާނަށް އެމެރިކާ އިން ހަމަލާ އެއްދީފި ނަމަ މުޅި ސަރަހައްދުގައި "އަލިފާން ފަރުބަދައެއް ގޮވާ ފަދަ" ނުރައްކާތެރި ހާލަތެއް އުފެދޭނެ: ހިޒްބުﷲ ގެ އިސް އޮފިޝަލެއް

29 ޖެނުއަރީ 2026
އިރާނަށް އެމެރިކާ އިން ހަމަލާ އެއްދީފި ނަމަ މުޅި ސަރަހައްދުގައި "އަލިފާން ފަރުބަދައެއް ގޮވާ ފަދަ" ނުރައްކާތެރި ހާލަތެއް އުފެދޭނެ: ހިޒްބުﷲ ގެ އިސް އޮފިޝަލެއް
27 ޖެނުއަރީ 2026

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

27 ޖެނުއަރީ 2026
އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް
26 ޖެނުއަރީ 2026

އީރާނަށް ދޭ ކޮންމެ ހަމަލާއަކީ ހިޒްބުﷲ އަށް ވެސް އަމާޒުކުރެވޭ ހަމަލާއެއް ކަމަށް އެ ޖަމާއަތުގެ ވެރިޔާ ވިދާޅުވެއްޖެ

26 ޖެނުއަރީ 2026
އީރާނަށް ދޭ ކޮންމެ ހަމަލާއަކީ ހިޒްބުﷲ އަށް ވެސް އަމާޒުކުރެވޭ ހަމަލާއެއް ކަމަށް އެ ޖަމާއަތުގެ ވެރިޔާ ވިދާޅުވެއްޖެ
26 ޖެނުއަރީ 2026

ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި

26 ޖެނުއަރީ 2026
ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު