Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އިންޑިއާ

ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާނެ ކަމަށް މޯދީ ވައުދުވެއްޖެ: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ އިންޑިއާގެ ބާވަތް ތަކަށް ކުރިން ނަގަން ނިންމާފައިވާ ޓެރިފްތައް ދަށްކޮށްފައިވާ ކަމަށާއި، އެގޮތުން މިހާރު ނަގާނީ 18 އިންސައްތަ ޓެރިފް ކަމަށް. މީގެ ކުރިން ޓްރަމްޕް ވަނީ އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމަށް ޓެރިފް ނެގުމަށް ނިންމަވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 07:51
އެމެރިކާގެ ރައީސް ޓްރަމްޕް އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ

އެމެރިކާގެ ރައީސް ޓްރަމްޕް އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް އިއުލާން ކޮށްފައިވާއިރު، ޔޫކްރެއިންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާާމައާ ގުޅިގެން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވައުދުވެ ވަޑައިގެންފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް ވިދާޅުވީ އިންޑިއާގެ ބާވަތް ތަކަށް ކުރިން ނަގަން ނިންމާފައިވާ ޓެރިފްތައް ދަށްކޮށްފައިވާ ކަމަށާއި، އެގޮތުން މިހާރު ނަގާނީ 18 އިންސައްތަ ޓެރިފް ކަމަށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމަށް ޓެރިފް ނެގުމަށް ނިންމަވައިފަ އެވެ. އެންމެ ފުރަތަމަ 25 އިންސައްތައިގެ ޓެރިފްއެއް ނެގުމަށް ނިންމި ނަމަވެސް، އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަންނަ މައްސަލައިގައި ޓްރަމްޕް ވަނީ އިތުރު 25 އިންސައްތަ ޓެރިފް ބޮޑު ކުރައްވައިފަ އެވެ. 

ހޯމަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވިދާޅުވީ، ޓްރަމްޕް އާއެކު ވަރަށް ކާމިޔާބު ފޯނު ކޯލު މަޝްވަރާ ތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި އިންޑިއާގެ މުދަލުން ނަގަން ނިންމާފައިވާ ޓެރިފް ދަށް ކުރުމަށް ޓްރަމްޕް ނިންމަވާފައިވާތީ، އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް މޯދީ ވައުދުވެ ވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަ އަށް، މޯދީ އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ. 

ރަޝިޔާގެ ތެޔޮ ގަތުން ގިނަ ޤައުމު ތަކުން ހުއްޓާލި ނަމަވެސް، އިންޑިއާ އިން ވަނީ ރަޝިޔާއާ އެކު އެ ވިޔަފާރި ކުރިއަށް ގެންދަން ނިންމައިފަ އެވެ. ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާ ނުލަން އިންޑިއާ އިން ނިންމުމުން، މައްސަލަ ވަރަށް ބޮޑުވެގެން ދިޔަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ، ރަޝިޔާ އިން ތެޔޮ ގަތުމުން އެ ފައިސާ އެ ޤައުމުން ބޭނުން ކުރަނީ ޔޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހަމަލާ ދިނުމަށެވެ. 

ޓްރަމްޕް ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަކީ އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިއެއް ކަމަށެވެ. މޯދީ އަށް ވަރަށް ބޮޑު އިޙުތިރާމެއް އޮންނަ ކަމަށާއި، މޯދީގެ އެދުމުގެ މަތިން އިންޑިއާ އާއެކު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް އެމެރިކާ އިން ނިންމީ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެއާ އެކު އޭނާ ވިދާޅުވީ، ރަޝިޔާ އިން ތެޔި ގަތުމުގެ ބަދަލުގައި، އެމެރިކާ އާއި ވެނެޒުއެލާ އިން ތެޔޮ ގަތުމަށް މޯދީ އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާ-އިންޑިއާރައީސް ޑޮނަލްޑް ޓްރަމްޕްނަރެންދުރަ މޯދީ ވެނެޒުއޭލާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

03 ފެބުރުއަރީ 2026
ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

02 ފެބުރުއަރީ 2026
ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި، ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނޫން: މެޑްވެޑޭވް

ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި، ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނޫން: މެޑްވެޑޭވް

02 ފެބުރުއަރީ 2026
ޚާމަނާއީގެ އިންޒާރާ އެކު، ޓްރަމްޕް ވިދާޅުވީ އީރާންއާ އެކު އެއްބަސްވުމަކަށް އުންމީދު ކުރައްވާ ކަމަށް

ޚާމަނާއީގެ އިންޒާރާ އެކު، ޓްރަމްޕް ވިދާޅުވީ އީރާންއާ އެކު އެއްބަސްވުމަކަށް އުންމީދު ކުރައްވާ ކަމަށް

02 ފެބުރުއަރީ 2026
އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު