Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

ޚާމަނާއީގެ އިންޒާރާ އެކު، ޓްރަމްޕް ވިދާޅުވީ އީރާންއާ އެކު އެއްބަސްވުމަކަށް އުންމީދު ކުރައްވާ ކަމަށް

ޚާމަނާއީ ދެއްވި އިންޒާރާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ޚާމަނާއީ އެފަދަ ވާހަކައެއް ދައްކަވާނެކަން ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށް. އަދި އޭނާގެ އުންމީދަކީ އީރާން އާއެކު އެއްބަސްވުމަކަށް އާދެވުން ކަމަށް ޓްރަމްޕް ވިދާޅުވި. ނަމަވެސް، އެއްބަސްވުމަކަަށް ނާދެވިއްޖެ ނަމަ، ޚާމަނާއީގެ އިންޒާރަކީ ތެދެއްތޯ، ނުވަތަ ނޫންތޯ ފެނިގެން ދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 06:48
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އީރާން އާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އީރާންއާ ދެކޮޅަށް އެމެރިކާ އިން އެއްވެސް ހަމަލާއެއް ދީފި ނަމަ، މުޅި ސަރަހައްދުގައި ހަނގުރާމަ ފެތުރިގެން ދާނެ ކަމަށް އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައި ވަނިކޮށެވެ. އާދީއްތަ ދުވަހުގެ ވަގުތެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، އީރާންއާ ގުޅޭ ގޮތުން އެމެރިކާ އިން ގެންގުޅެމުން އަންނަ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. 

ޚާމަނާއީ ދެއްވި އިންޒާރާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ޚާމަނާއީ އެފަދަ ވާހަކައެއް ދައްކަވާނެކަން ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާގެ އުންމީދަކީ އީރާން އާއެކު އެއްބަސްވުމަކަށް އާދެވުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، އެއްބަސްވުމަކަަށް ނާދެވިއްޖެ ނަމަ، ޚާމަނާއީގެ އިންޒާރަކީ ތެދެއްތޯ، ނުވަތަ ނޫންތޯ ފެނިގެން ދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާާ އިން ޝަރުތު ކުރާ ހުރިހާ ގޮތަކަށް ރުހިގެން، ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށް އީރާން އިން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެއާ އެކު، އެމެރިކާގެ އިންޒާރު އީރާން އަށް އަމާޒު ކޮށްފައިވާއިރު، އެމެރިކާ އިން ވަނީ އީރާންއާ ދިމާލަށް އަސްކަރީ ފައުޖެއް ވެސް ފޮނުވައިފަ އެވެ. އީރާން އިން އެއްބަސްވުމަކަށް އައުމަށް ދެކޮޅު ހަދާ ނަމަ، އަސްކަރީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް އިންޒާރު ދެއްވަމުންނެވެ. 

އީރާންގެ އިޤްތިޞާދީ ޙާލަތު ދަށްވެ، ފައިސާގެ އަގު ވެއްޓުމާ ގުޅިގެން، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ޤައުމުގައި ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންގޮސްފަ އެވެ. ސުލްޙަވެރިކަމާ އެކު ފެށުނު މުޒާހަރާތައް ފަހުން ވަނީ، ސިޔާސީ ކުލަ ޖެހި، ސިޔާސީ ޙަރަކާތަކަށް ބަދަލުވެފަ އެވެ. މިއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންޤިލާބަށް ފަހު، އެ ޤައުމުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ނަމަވެސް، އީރާންގެ ސަރުކާރުން ވަނީ މުޒާހަރާތައް ކޮންޓްރޯލް ކޮށްފަ އެވެ. 

މުޒަހަރާގެ ބައިވެރިންނާ ދެކޮޅަށް އީރާން އިން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދެމުން އަންނަތާ ދުވަސް ތަކެއް ވެއްޖެ އެވެ. އާދީއްތަ ދުވަހު ޚާމަނާއީ ވިދާޅުވީ، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފ ނަމަ، މުޅި ސަރަހައްދު ހަނގުރާމަ އަށް ބަދަލު ވާނެ ކަމަށެވެ. އަދި އީރާާންގައި ކުރި މުޒާހަރާ ތަކަކީ އެމެރިކާ އާއި އިޒްރޭލް އަޑީގައި އޮވެ ގެންނަން އުޅުނު ބަޣާވާތެއް ކަމަށް ވެސް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ.

މަސްދަރު: އެޖެންސީސް

ރައީސް ޑޮނަލްޑް ޓްރަމްޕްއާޔަތުﷲ އަލީ ޚާމަނާއީއީރާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

01 ފެބުރުއަރީ 2026
އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ

އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ

01 ފެބުރުއަރީ 2026
އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

01 ފެބުރުއަރީ 2026
އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

01 ފެބުރުއަރީ 2026
އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު