Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

މަޝްވަރާތައް އަލުން ފެށުމަށް ރައީސް ޓްރަމްޕް ވަނީ ތިން ޝަރުތެއް ކުރިމަތިކުރައްވާފައި. މީގެ ތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމާއި މިސައިލް ޕްރޮގްރާމް ހަނިކުރުން ހިމެނޭއިރު، މިސައިލް ޕްރޮގްރާމަށް ހުރަސްއެޅުމަކީ އެ ގައުމުން ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ދެކޭ ކަމެއް.

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 16:00
އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް (ވ) އަދި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ.

އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް (ވ) އަދި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ. | އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ނިއުކްލިއާ އެއްބަސްވުމަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އަންނަ ހުކުރު ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލްގައި ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް، މިކަމުގެ މަޢުލޫމާތު ހުރި ދެ މަސްދަރަކާ ހަވާލާދީ އެކްސިއޯސް ނޫހުން ހޯމަ ދުވަހު ރިޕޯޓުކޮށްފި އެވެ.

މީގެ އިތުރުން، އީރާނުގެ އިސް އޮފިޝަލަކާއި ހުޅަނގުގެ ޑިޕްލޮމެޓަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ވެސް ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވިޓްކޮފް އާއި އަރަގްޗީ ތުރުކީވިލާތުގައި ބައްދަލުކުރައްވައިފާނެ ކަމަށް ހޯމަ ދުވަހުގެ ކުރީކޮޅު ރިޕޯޓުކޮށްފައެވެ.

މި ބައްދަލުވުން ބޭއްވުމަށް ތައްޔާރުވަމުން ދާއިރު އެމެރިކާގެ ކަނޑުގެ ސިފައިން މިހާރު ދަނީ އީރާނު ކައިރީގައި އަސްކަރީ ބާރުގަދަކުރަމުންނެވެ.

އީރާނުގައި ކުރިއަށް ދިޔަ މުޒާހަރާތައް ހުއްޓުވުމަށް އީރާނުގެ ސަރުކާރުން މަސައްކަތްކުރި ދުވަސްވަރު، އެކަމުގެ ތެރެއަށް ވަދެގަންނާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ނަމަވެސް، އަމަލީ ގޮތުން އެފަދަ ފިޔަވަޅެއް އަޅުއްވާފައެއް ނުވެ އެވެ. ނަމަވެސް އޭގެ ފަހުން ޓްރަމްޕް ވަނީ ނިއުކްލިއާ މައްސަލައިގައި އީރާނުން ދޫދިނުމަށް ބާރުއަޅުއްވައި، އެ ގައުމުގެ އައްސޭރިފަށަށް މަނަވަރުތަކެއް ފޮނުއްވާފަ އެވެ. އީރާނުން މިހާރު "ސީރިއަސްކޮށް ވާހަކަދައްކަމުން" އަންނަ ކަމަށް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވެފައިވާއިރު، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލް އަލީ ލަރީޖާނީ ވިދާޅުވީ މަޝްވަރާތަކަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.

މަޝްވަރާތައް އަލުން ފެށުމަށްޓަކައި ޓްރަމްޕް ތިން ޝަރުތެއް ކުރިމަތިކުރައްވާފައިވާ ކަމަށް އީރާނުގެ މަސްދަރުތަކުން މިދިޔަ ހަފުތާގައި ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ. އެ ޝަރުތުތަކަކީ އީރާނުގައި ޔުރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓާލުމާއި، ތެހެރާންގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހަނިކުރުމުގެ އިތުރުން، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓާލުމެވެ.

މި ތިން ޝަރުތަކީ ވެސް އީރާނުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ އެ ގައުމުން މީގެ ކުރިން ވަނީ އެކަންކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް އީރާނުގެ ދެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ، ޔުރޭނިއަމް މުއްސަނދިކުރުމަށްވުރެ ބޮޑު ހުރަހެއްގެ ގޮތުގައި އެ ގައުމުގެ ދީނީ ލީޑަރުން ދެކެވަޑައިގަންނަވަނީ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް ހުރަސްއެޅުން ކަމަށެވެ.

އިޒްރޭލުގެ އިސް ދެ އޮފިޝަލަކު ވަކިވަކިން ހޯމަ ދުވަހު މައުލޫމާތު ދެއްވި ގޮތުގައި، ސްޓީވް ވިޓްކޮފް އިޒްރޭލަށް ވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ އަސްކަރީ ވެރިޔާއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްސްޓީވް ވިޓްކޮފްއައްބާސް އަރަގްޗީއީރާން-އެމެރިކާބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޚާމަނާއީގެ އިންޒާރާ އެކު، ޓްރަމްޕް ވިދާޅުވީ އީރާންއާ އެކު އެއްބަސްވުމަކަށް އުންމީދު ކުރައްވާ ކަމަށް

ޚާމަނާއީގެ އިންޒާރާ އެކު، ޓްރަމްޕް ވިދާޅުވީ އީރާންއާ އެކު އެއްބަސްވުމަކަށް އުންމީދު ކުރައްވާ ކަމަށް

02 ފެބުރުއަރީ 2026
އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

01 ފެބުރުއަރީ 2026
އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ

އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ

01 ފެބުރުއަރީ 2026
އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

01 ފެބުރުއަރީ 2026
އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު