Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނީ، ޔުރޭނިއަމްގެ ރައްކާކުރެވިފައިވާ މިންވަރާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، އެފަދަ މާއްދާތައް އެހެން ގައުމަކަށް ބަދަލުކުރުމުގެ ގަސްދެއް ނެތް ކަމަށް.

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 16:39
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ފޮރިން ޕޮލިސީ ނުވަތަ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ އަލީ ބަޣޭރީ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ފޮރިން ޕޮލިސީ ނުވަތަ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ އަލީ ބަޣޭރީ. | ޕްރެސްޓީވީ

އެމެރިކާ އާ އެކު ވެދާނެ ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި އެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސް.އެން.އެސް.ސީ) ގެ ފޮރިން ޕޮލިސީ ހެޑް އަލީ ބަޣޭރީ ހޯމަ ދުވަހު ވިދާޅުވީ، އެ ގައުމުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރައްކާކުރެވިފައިވާ މިންވަރާ ގުޅޭގޮތުން އެއްވެސް މަޝްވަރާ އެއް ނުކުރާނެ ކަމަށެވެ.

"މުއްސަނދިކޮށްފައިވާ ނިއުކްލިއާ މާއްދާތައް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ގަސްދެއް އީރާނުގެ އޮފިޝަލުންގެ ނެތް. އަދި ކުރިއަށްދާ މަޝްވަރާތަކަކީ އެފަދަ ކަންކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކެއް ނޫން،" ބަޣޭރީ ވިދާޅުވި އެވެ.

ބަޣޭރީ ވަނީ 2024 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ތިން އަހަރު ދުވަހު އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ. އަދި އޭގެ ފަހުން ތިން މަސް ދުވަހުގެ މުއްދަތަކަށް އޭނާ ވަނީ އެ ގައުމުގެ ކެއާޓޭކަރ ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

އޭނާ މިހެން ވިދާޅުވީ، އީރާނާއި އެމެރިކާ އާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، ނިއުކްލިއާ އެއްބަސްވުމަކަށް މަގުފަހިވާނެ ފަދަ ހުށަހެޅުންތަކެއް މެދުވެރިކޮށް އެހީތެރިވުމަށް މޮސްކޯ ތައްޔާރަށް އޮތް ކަމަށް ރަޝިޔާގެ އިސް އޮފިޝަލަކު ވިދާޅުވުމާ ގުޅިގެންނެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ހޯމަ ދުވަހު ވިދާޅުވީ، އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ޕްރޮސެސްކުރުމުގައި ނުވަތަ ރައްކާކުރުމުގައި އެހީތެރިވުމުގެ ފުރުސަތު ރަޝިޔާ އިން ހުޅުވާލާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެސްކޯވް ވިދާޅުވީ، މިހާރުވެސް ރަޝިޔާ އިން ދަނީ މިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރަމުން ކަމަށާއި، އީރާނާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

އެސް.އެން.އެސް.ސީގެ ވެރިޔާ އަލީ ލަރީޖާނީ ހޮނިހިރު ދުވަހު ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގެ ފްރޭމްވޯކަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.

ލަރީޖާނީ މިހެން ވިދާޅުވީ މޮސްކޯއަށް ކުރެއްވި ދަތުރުފުޅަށްފަހު ދެ ދުވަސް ފަހުންނެވެ. މިއީ އެމެރިކާ އިން ސަރަހައްދީ ކަނޑުގެ ސަރަހައްދަށް މަނަވަރުތަކެއް ފޮނުވައި، އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތައް އާވެފައިވާ ދަނޑިވަޅެއްގައި އީރާނުން މިފަދަ މޭރުމަކުން ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަސްކަރީ ބިރުދެއްކުންތަކުގެ ދަށުން އެމެރިކާ އާ އެކު މަޝްވަރާކުރުމުގެ ފުރުސަތު ނެތްކަމަށް ބުނެފަ އެވެ. އަދި އެ ގައުމަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފަ އެވެ.

އީރާން-އެމެރިކާއަލީ ބަޣޭރީޑްމިޓްރީ ޕެސްކޮވްޢަލީ ލަރިޖާނީއީރާން-ރަޝިޔާއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

ޓްރަމްޕްގެ ޚާއްޞަ މަންދޫބު އާއި އީރާނުގެ ވަޒީރު ހުކުރު ދުވަހު ބައްދަލުކުރައްވަނީ

02 ފެބުރުއަރީ 2026
އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

އީރާނާ ގުޅޭ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ޖެނެރަލުން ބައްދަލުކޮށްފި

01 ފެބުރުއަރީ 2026
އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

01 ފެބުރުއަރީ 2026
އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

އީރާނަށް ހަމަލާތައް ދިނުމުގެ އެއްވެސް މައުލޫމާތެއް އެ ސަރަހައްދުގެ އެމެރިކާގެ އެކުވެރިންނާ ހިއްސާ ނުކުރެވޭނެ: ޓްރަމްޕް

01 ފެބުރުއަރީ 2026
އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު