Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އީރާނުން ބުނީ ވައްޓާލި ކަމަށް ބުނި ޑްރޯންގެ މިޝަން ކާމިޔާބުކަމާ އެކު ނިންމާލި ކަމަށް

މި ބާވަތުގެ ޑްރޯންތަކުގެ މައިގަނޑު ބޭނުމަކީ އީރާނާ އިންވެގެންވާ ސަރަހައްދުތަކުގައި ހިނގާ އަސްކަރީ ހަރަކާތްތައް މޮނިޓަރކުރުން ކަމަށާއި އަދި މި ޑްރޯންތަކުން އެއްކުރާ މައުލޫމާތު ވަގުތުން ވަގުތަށް ބިމުގައި ހުންނަ ކޮންޓްރޯލް ސެންޓަރުތަކަށް ފޮނުވަމުންދާ ކަމަށް ވެސް އީރާނުން ބުނޭ.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 07:07
އީރާނުގެ ޝާހިދު-129 މަރުކާގެ ޑްރޯން.

އީރާނުގެ ޝާހިދު-129 މަރުކާގެ ޑްރޯން. | ޕްރެސްޓީވީ

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނަމުންދަނިކޮށް، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ފޯރިމަރަމުންދިޔަ އީރާނުގެ އަސްކަރީ ޑްރޯނެއް އޭގެ މިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފި އެވެ.

އަންގާރަ ދުވަހު ފާސް ނިއުސް އެޖެންސީން މި ޚަބަރު ރިޕޯޓުކޮށްފައިވާއިރު، މި ބާވަތުގެ ޑްރޯންތަކުގެ މައިގަނޑު ބޭނުމަކީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއާ އިންވެގެންވާ ސަރަހައްދުތަކުގައި ހިނގާ އަސްކަރީ ހަރަކާތްތައް މޮނިޓަރކުރުން ކަމަށް ބުނެފައިވެ އެވެ. އަދި މި ޑްރޯންތަކުން އެއްކުރާ މައުލޫމާތު ވަގުތުން ވަގުތަށް ބިމުގައި ހުންނަ ކޮންޓްރޯލް ސެންޓަރުތަކަށް ފޮނުވަމުންދާ ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ.

ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، އެމެރިކާގެ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" ގެ މަތިން އުދުހެމުންދިޔަ އީރާނުގެ ޑްރޯނަކަށް އެމެރިކާގެ މަތިންދާބޯޓަކުން ހަމަލާދިން ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ޑްރޯނަކީ "ޝާހިދު-129" މޮޑެލްގެ ޑްރޯނެކެވެ.

އެ މަސްދަރުން ފާހަގަކުރި ގޮތުގައި، "ޝާހިދު-129" ޑްރޯން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައީ އާންމު އުސޫލުން ކުރިއަށްގެންދާ ގާނޫނީ އިމުގެ ތެރެއިންވާ ފާރަވެރިވުމާއި ފޮޓޯ ނެގުމުގެ މިޝަނެއްގަ އެވެ. އަދި މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްދިޔަ ގާނޫނީ ހަރަކާތެއް ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، އެ ޑްރޯން ފޯރިމަރަމުންދިޔަ ސަރަހައްދުން ނެގި މަންޒަރުތަކާއި އެއްކުރި މައުލޫމާތު ކާމިޔާބުކަމާއެކު ކޮމާންޑް ސެންޓަރަށް ފޮނުވާފައިވާ ކަމަށްވެސް އެ މަސްދަރުން ބުންޏެވެ.

ނަމަވެސް، އޭގެ ފަހުން ޑްރޯނާ އޮތް މުއާސަލާތީ ގުޅުން ކެނޑިފައިވާ ކަމަށާއި، އެ ގުޅުން ކެނޑެން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އެ މަސްދަރުން ބުންޏެވެ. އަދި ތަހުގީގު ނިމުމުން އިތުރު ތަފްސީލު ހާމަކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ ކުރިން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ސިފައިންގެ "ރައްކާތެރިކަމަށްޓަކައި" އީރާނުގެ ޑްރޯނަކަށް ހަމަލާދީފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާގެ މަގްސަދަކީ މަސްލަހަތު ގޯސްކުރުން ނޫން ކަމަށާއި، އެ ހަމަލާ ދިނީ ހަމައެކަނި "އަމިއްލަ ދިފާއުގައި" ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ފާރިސީ ކަނޑުއޮޅި ހިމެނޭ ގޮތަށް ހުޅަނގު އޭޝިއާ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކޮށް، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސްވެރިން ވަނީ މަސްލަހަތު ގޯސްކުރުމަށް ކުރާ މަސައްކަތްތަކާއި ދެމުންދާ އިންޒާރުތަކަށް ރައްދު ދެއްވައި، ވޮޝިންގޓަނާއި އެގައުމުގެ ބައިވެރިން ނިންމާ ނުބައި ނިންމުމެއްގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާއަކާ މެދު ހަރުކަށި އިންޒާރު ދެއްވާފައެވެ.

އެމެރިކާ-އީރާންޝާހިދު-129ޔޫ.އެސް.އެސް އަބްރަހަމް ލިންކަންސެންޓްރަލް ކޮމާންޑްޕާރޝިއަން ގަލްފް

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2026

އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް
03 ފެބުރުއަރީ 2026

އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

03 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި
03 ފެބުރުއަރީ 2026

އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް

03 ފެބުރުއަރީ 2026
އިސްތަންބޫލްގައި އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ބޮޑު މުޒާހަރާއެއް
01 ފެބުރުއަރީ 2026

އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ

01 ފެބުރުއަރީ 2026
އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ
30 ޖެނުއަރީ 2026

އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމަށް އިނގިރޭސިވިލާތުން ތާއީދު ކުރަންތޯ ދެންނެވުމުން ބޮޑު ވަޒީރު ސީދާ ޖަވާބެއް ނުދެއްވި

30 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމަށް އިނގިރޭސިވިލާތުން ތާއީދު ކުރަންތޯ ދެންނެވުމުން ބޮޑު ވަޒީރު ސީދާ ޖަވާބެއް ނުދެއްވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު