Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-ޗައިނާ

އީރާނަށް އެމެރިކާ އިން ކުރާ ފުރައްސާރަތަކުގެ ސަބަބުން މުޅި ސަރަހައްދު ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ކަމުގެ އިންޒާރު ޗައިނާ އިން ދީފި

އީރާނުގެ މުސްތަގުބަލު ނިންމާނީ ހަމައެކަނި އެ ގައުމުގެ ރައްޔިތުން ކަމަށާއި އަދި އީރާނުގެ ހަމަޖެހުމާއި، އިސްތިގުލާލާއި، ސަލާމަތާއި، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ޗައިނާ އިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 09:08
އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ދާއިމީ މަންދޫބު ފޫ ކޮންގް.

އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ދާއިމީ މަންދޫބު ފޫ ކޮންގް. | ޕްރެސްޓީވީ

އީރާނާ ދެކޮޅަށް އެމެރިކާ އިން ކުރާ ފުރައްސާރަތަކުގެ ސަބަބުން މުޅި ސަރަހައްދު ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން، ހުޅަނގު އޭޝިއާގެ ހަމަޖެހުން ގެއްލި، އަންދާޒާ ނުކުރެވޭ ފަދަ ނުރައްކާތެރި ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޗައިނާ އިން ބުނެފައިވެ އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި މިދިޔަ ބުދަ ދުވަހު ވާހަކަ ދައްކަވަމުން، ޗައިނާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފޫ ކޮންގް ވިދާޅުވީ، ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެ، ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާތީ މުޅި ދުނިޔެ އިން އީރާނުގެ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

ޗައިނާ ގެ މަންދޫބު އިންޒާރު ދެއްވި ގޮތުގައި، ވިސްނުމެއް ނެތި ހިންގާ އަސްކަރީ އަމަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ އެވެ. އަދި ބާރުގެ ބޭނުން ކޮށްގެން އެއްވެސް މައްސަލައަކަށް ހައްލެއް ނުލިބޭނެ ކަމަށާއި، އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން މުޅި ސަރަހައްދު ނުރައްކާތެރި، ކޮންޓްރޯލުން ނެއްޓިފައިވާ އަނދަވަޅަކަށް ވެއްޓިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެމެރިކާ އާއި އެގައުމުގެ ބައިވެރިން މި މައްސަލަ އިތުރަށް ގޯސްކުރުން ހުއްޓާލުމަށް ގޮވާލައްވަމުން ފޫ ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައު އާއި ސަރަހައްދީ ގައުމުތަކުގެ ގޮވާލުންތަކަށް އެމެރިކާ އިން އިޖާބަދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މެދުއިރުމަތީގެ ސުލްހަ އާއި ހަމަޖެހުމަށް މަސައްކަތްކޮށް، އަލިފާނަށް ދަރު އެޅުން ފަދަ ނުތަނަވަސްކަން އިތުރުވާ އަމަލުތަކުން ދުރުހެލިވުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އީރާނުގެ އިސްތިގުލާލީ ހައްގުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް ވިދާޅުވެ، ފޫ ވިދާޅުވީ އީރާނުގެ މުސްތަގުބަލު ނިންމާނީ ހަމައެކަނި އެ ގައުމުގެ ރައްޔިތުން ކަމަށެވެ. އަދި އީރާނުގެ ހަމަޖެހުމާއި، އިސްތިގުލާލާއި، ސަލާމަތާއި، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ޗައިނާ އިން ފުރިހަމަ އަށް ތާއީދުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ގުޅޭގޮތުން ޗައިނާގެ ސިޔާސަތު ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ، ހުރިހާ ފަރާތްތަކުން ވެސް އދ. ގެ މަންޝޫރުގައިވާ އުސޫލުތަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމާއި، ބައިނަލްއަގުވާމީ މުއާމަލާތްތަކުގައި ބާރުގެ ބޭނުން ކުރުން ނުވަތަ ބާރުގެ ބޭނުންކޮށްފާނެ ކަމުގެ އިންޒާރު ދިނުމާ ޗައިނާ އިން ދެކޮޅު ހަދާ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާގެ މަންދޫބު އިތުރަށް ވިދާޅުވީ، ހުޅަނގު އޭޝިއާ އަކީ ބޭރުގެ ބާރުތަކުން ނުފޫޒު ފޯރުވުމަށް ކުޅިވަރުގެ މައިދާނަކަށް ހެދުމަށް ޗައިނާ އިން ދެކޮޅު ހަދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ސަރަހައްދަކީ އެ ތަނުގެ ރައްޔިތުންގެ މިލްކެއް ކަމަށާއި، ބޭރުގެ ގައުމުތަކުގެ ސިޔާސީ މަސްލަހަތުތަކަށްޓަކައި އެ ސަރަހައްދު ގުރުބާންކޮށްގެން ނުވާނެ ކަމަށެވެ.

ޗައިނާގެ ސަފީރު މިފަދައިން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތައް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާ އިން ވަނީ އީރާނާ ކައިރިއަށް، ހުޅަނގު އޭޝިއާގެ ކަނޑުގެ ސަރަހައްދަށް "ޔޫއެސްއެސް އަބްރަހަމް ލިންކަން" މަތިންދާބޯޓު އުފުލާ މަނަވަރާއި އޭގެ އަސްކަރީ ގުރޫޕް ފޮނުވާފަ އެވެ. އަދި ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވީ، އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ ބޮޑު ފައުޖެއް އީރާނާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ.

މިދިޔަ ހަފުތާގެ ފަހުކޮޅު، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޑެޕިއުޓީ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަހުމަދު ވަހީދީ ވިދާޅުވީ، އެގައުމާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނީ އަމަލަކަށް ހަރުކަށި ރައްދު ދިނުމަށް އީރާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި އީރާނާ ދެކޮޅަށް އެއްވެސް ނުރައްކާތެރި ފިޔަވަޅެއް ނޭޅުމަށް އޭނާ ވަނީ ދުޝްމަނުންނަށް އިންޒާރު ދެއްވާފަ އެވެ.

އީރާން-އެމެރިކާފޫ ކޮންގްސެކިއުރިޓީ ކައުންސިލްޔޫ.އެސް.އެސް އަބްރަހަމް ލިންކަންއީރާން-ޗައިނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

29 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "މީގެ ކުރިން ދުވަހަކު ވެސް ދެކިފައި ނުވާނެ" ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ބުނެފި

އެމެރިކާ އިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "މީގެ ކުރިން ދުވަހަކު ވެސް ދެކިފައި ނުވާނެ" ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ބުނެފި

28 ޖެނުއަރީ 2026
ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

28 ޖެނުއަރީ 2026
އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

28 ޖެނުއަރީ 2026
އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު