Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ

1 ފެބުރުއަރީ 2026 | އާދީއްތަ 09:59

ޓްރަމްޕް އީރާނަށް އިންޒާރުތައް ދެއްވާއިރު އެމެރިކާއިން މެދުއިރުމަތީގައި ކަނޑުގެ ސިފައިންގެ ބާރު ވަނީ ވަރުގަދަކޮށްފައި. ޚާމަނާއީ ވިދާޅުވީ އީރާނަކީ އިސްވެ ހަމަލާދޭނެ ބައެއް ނޫން ނަމަވެސް ހަމަލާދީ ގޯނާކުރާ ފަރާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށް.

ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 09:59
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، އެ ގައުމުގެ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ބާނީ ރޫހުﷲ ޚުމައިނީގެ ކާފަދަރިކަލުން ހަސަން ޚުމައިނީ، ޚުމައިނީގެ މަގުބަރާ އަށް ޒިޔާރަތްކުރެއްވުން.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، އެ ގައުމުގެ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ބާނީ ރޫހުﷲ ޚުމައިނީގެ ކާފަދަރިކަލުން ހަސަން ޚުމައިނީ، ޚުމައިނީގެ މަގުބަރާ އަށް ޒިޔާރަތްކުރެއްވުން. | ރޮއިޓާސް

ވޮޝިންޓަނާއި ތެހެރާނާ ދެމެދު މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ އެކަން ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އާދީއްތަ ދުވަހު ރިޕޯޓްކޮށްފިއެވެ.

އީރާނުން ނިއުކްލިއާ އެއްބަސްވުމަކަށް ނައިސްފިނަމަ އެ ގައުމަށް އަސްކަރީ ގޮތުން ނުފޫޒު ފޯރުވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް އިންޒާރު ދެއްވުމަށް ފަހު، އެމެރިކާއިން ވަނީ މެދުއިރުމަތީގައި އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބާރު ވަރުގަދަކޮށްފައެވެ.

ޚާމަނާއީ ވިދާޅުވީ، ޑޮނަލްޑް ޓްރަމްޕް ގަވާއިދުން މަނަވަރުތައް ފޮނުވާ ވާހަކަ ދައްކަވާ ކަމަށާއި، ނަމަވެސް އެފަދަ ކަންކަމުން އީރާނުގެ ރައްޔިތުން ބިރު ނުގަންނާނެ ކަމަށާއި އެ އިންޒާރުތަކުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އީރާނަކީ އިސްވެ ހަމަލާދޭނެ ބައެއް ނޫން ކަމަށާއި އެއްވެސް ގައުމަކަށް ހަމަލާދޭން ބޭނުންނުވާ ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. ނަމަވެސް އީރާނަށް ހަމަލާދީ ގޯނާކުރާ ކޮންމެ ފަރާތަކަށް އެ ގައުމުގެ ރައްޔިތުން ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ދިފާއީ ގާބިލުކަން ކުޑަނުކުރާނެ ފަދަ "އިންސާފުވެރި" މަޝްވަރާތަކަކަށް ތައްޔާރަށް އޮތް ކަމަށް ތެހެރާނުން ބުނަމުންދާއިރު، މި މައްސަލައަށް ހައްލެއް ހޯދުމަށް ޚާރިޖީ ދާއިރާއިން މަޝްވަރާކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަ ޑިސްޓްރޯޔަރާއި، އެއް އެއާކްރާފްޓް ކެރިއަރުގެ އިތުރުން އައްސޭރިފަށުގައި ހަރަކާތްތެރިވާ ތިން މަނަވަރު މިހާރުވެސް އެ ސަރަހައްދުގައި އެބައޮތެވެ.

އިގްތިސާދީ ދަތިތަކާ ގުޅިގެން ޑިސެމްބަރު މަހުގެ ފަހުކޮޅު ފެށުނު މުޒާހަރާތައް، 1979 ވަނަ އަހަރު އިސްލާމީ ޖުމްހޫރިއްޔާ ގާއިމުކުރި ފަހުން ކުރިމަތިވި އެންމެ ވަރުގަދަ ސިޔާސީ ގޮންޖެހުމަށް ބަދަލުވެފައިވާއިރު، އީރާނުން މިހާރު ވަނީ މުޒާހަރާތައް މައިތިރިކޮށްފައެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާމަނާއީ ވަނީ އެ މުޒާހަރާތަކަކީ "ބަޣާވާތެއް" ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ "ފިތުނައިގެ" މަގްސަދަކީ ގައުމު ހިންގާ މުއައްސަސާ ތަކަށް ހަމަލާދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާ-އީރާންއާޔަތުﷲ އަލީ ޚާމަނާއީޑޮނަލްޑް ޓްރަމްޕްމެދު އިރުމަތިނިއުކްލިއާ އެއްބަސްވުން

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!

16 އޯގަސްޓު 2026
އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!
14 އޯގަސްޓު 2026

ހަނގުރާމަތީ މަނަވަރު ޔޫއެސްއެސް ޖޯޖް ވޮޝިންޓަން މެދުއިރުމައްޗަށް ދަތުރު ފަށައިފި

14 އޯގަސްޓު 2026
ހަނގުރާމަތީ މަނަވަރު ޔޫއެސްއެސް ޖޯޖް ވޮޝިންޓަން މެދުއިރުމައްޗަށް ދަތުރު ފަށައިފި
12 އޯގަސްޓު 2026

ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް ވަޑައިގެންފި

12 އޯގަސްޓު 2026
ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް ވަޑައިގެންފި
12 އޯގަސްޓު 2026

އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް

12 އޯގަސްޓު 2026
އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް
11 އޯގަސްޓު 2026

އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް

11 އޯގަސްޓު 2026
އީރާން އިން މަޝްވަރާކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ ބަދަލު ދޭން: ޓްރަމްޕް
08 އޯގަސްޓު 2026

އީރާނާއެކު ކުރަމުންދާ ހަނގުރާމައިން "އަބުރުވެރިކަމާއެކު" އަވަހަށް ސަލާމަތްވެވޭނެ މަގެއް ހޯދުމަށް އެމެރިކާގެ އެންމެ އިސް ޖެނެރަލް ދަނީ ސިއްރިއްޔާތުގައި މަސައްކަތްކުރައްވަމުން - ސީއެންއެން

05 އޯގަސްޓު 2026

އެމެރިކާ، އީރާން އަދި އޮމާން އިން ހުރްމުޒް ކަނޑުއޮޅި ހުޅުވުމާ ގާތަށް، މިއިން ކޮންމެ ބަޔަކު ބޭނުންވަނީ ކޮންކަމެއް؟

05 އޯގަސްޓު 2026
އެމެރިކާ، އީރާން އަދި އޮމާން އިން ހުރްމުޒް ކަނޑުއޮޅި ހުޅުވުމާ ގާތަށް، މިއިން ކޮންމެ ބަޔަކު ބޭނުންވަނީ ކޮންކަމެއް؟
04 އޯގަސްޓު 2026

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ މެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެ

04 އޯގަސްޓު 2026
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ މެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެ
03 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!

03 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!
02 އޯގަސްޓު 2026

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

02 އޯގަސްޓު 2026
އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް