Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

އީރާނާ ދިމާލަށް އެމެރިކާގެ އަސްކަރީ ކަނޑުގެ ލަޝްކަރެއް ދަތުރުކުރަމުންދާކަން ޓްރަމްޕް ހާމަކުރައްވައި، އީރާނުން އަވަހަށް މަޝްވަރާގެ މޭޒަށް އައިސް ނިއުކްލިއަރ ހަތިޔާރު ނުހިމެނޭ އެއްބަސްވުމަކަށް އައުމަށް ގޮވާލެއްވި.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 15:08
ވޮޝިންޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ސައުތު ލޯންގައި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް "މެރިން ވަން" ހެލިކޮޕްޓަރަށް އަރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަނީ.

ވޮޝިންޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ސައުތު ލޯންގައި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް "މެރިން ވަން" ހެލިކޮޕްޓަރަށް އަރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަނީ. | ގެޓީ އިމޭޖަސް

އީރާނަށް އޮތް ވަގުތު ކުޑަތަންވަމުންދާ ކަމަށާއި، ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ޓްރަމްޕް ވިދާޅުވީ، އީރާނާ ދިމާލަށް ބޮޑު އަސްކަރީ ކަނޑުގެ ލަޝްކަރެއް ދަތުރުކުރަމުންދާކަން ތަކުރާރުކުރައްވައި، އެއްބަސްވުމަކަށް އައުމަށް އޭނާ ތެހެރާނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ޓްރޫތް ސޯޝަލްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރީ ފައުޖު ދަތުރުކުރަމުންދަނީ ވަރަށް ބާރުމިނުގައި، ނުހަނު ވަރުގަދަ ބާރަކާއި އަދި ސާބިތު އަޒުމަކާ އެކު ކަމަށެވެ.

"ޓްރުތް ސޯޝަލް" ގައި ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޕޯސްޓް.
"ޓްރުތް ސޯޝަލް" ގައި ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޕޯސްޓް.

"މިއީ މަތިންދާބޯޓު އުފުލާ މަނަވަރު 'އަބްރަހަމް ލިންކަން' އިސްވެ އޮވެ ކުރާ ދަތުރެއް، މީގެ ކުރިން ވެނެޒުއޭލާ އަށް ފޮނުވި ފައުޖަށްވުރެ މާ ބޮޑު ލަޝްކަރެއް،" އޭނާ ވިދާޅުވިއެވެ.

އެ ލަޝްކަރު އޮތީ ހަވާލުކުރެވިފައިވާ މިޝަން ފުރިހަމަކުރުމަށް ތައްޔާރަށް ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި ބާރުގެ ބޭނުންކުރުމަށް ފަސްނުޖެހޭނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވި އެވެ.

ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އީރާނުން އަވަހަށް މަޝްވަރާގެ މޭޒަށް އައިސް، ނިއުކްލިއަރ ހަތިޔާރު ނުހިމެނޭ، ހުރިހާ ފަރާތްތަކަށް އިންސާފުވެރި އަދި ހަމަހަމަ އެއްބަސްވުމަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ވަގުތު ފާއިތުވަމުންދާކަމާއި، މިއީ ވަރަށް ނާޒުކު ވަގުތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"މީގެ ކުރިންވެސް އަހަރެން އީރާނަށް އެންގިން އެއްބަސްވުމެއް ގާއިމުކުރަން. ނަމަވެސް އެމީހުން އެކަން ނުކުރުމުން 'އޮޕަރޭޝަން މިޑްނައިޓް ހެމަރ' ހިންގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދިނިން. ދެން ދޭ ހަމަލާ މާ ނުރައްކާތެރިވާނެ! އެފަދަ ކަމެއް ތަކުރާރުވިޔަނުދީ،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ އިން ވަދެދާނެ ކަމުގެ އެކި ކަހަލަ އިޝާރާތްތައް ޓްރަމްޕް ވަނީ ކުރައްވާފަ އެވެ.

ޖޫން މަހު އިޒްރޭލުން އީރާނުގެ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް ބަލިކަށިކޮށްލުމަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި ވޮޝިންޓަނުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާ އިން ދިން ވަރުގަދަ ވައިގެ ހަމަލާތައް ހިމެނެއެވެ.

އަންގާރަ ދުވަހު ދެއްވި ތަގުރީރެއްގައި ވެސް ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ ފައުޖެއް އީރާނާ ދިމާލަށް މިހާރުވެސް ދަތުރުކުރަމުންދާކަން ހާމަކުރައްވައި، އީރާނުން އެމެރިކާއާ އެކު އެއްބަސްވުމަކަށް އައުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. "ވަރަށް ފުރިހަމަ އަސްކަރީ ފައުޖެއް މިހާރުވެސް އީރާނާ ދިމާލަށް ދަތުރުކުރަމުން އެބަދޭ. އަހަރެން އުންމީދު ކުރަނީ އެމީހުން އެއްބަސްވުމަކަށް އަންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާޔޫ.އެސް.އެސް އަބްރަހަމް ލިންކަންއޮޕަރޭޝަން މިޑްނައިޓް ހެމަރނިއުކްލިއާ ހަތިޔާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

28 ޖެނުއަރީ 2026
އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް

އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް

28 ޖެނުއަރީ 2026
އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

28 ޖެނުއަރީ 2026
އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު