Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އިރާނަށް އެމެރިކާ އިން ހަމަލާ އެއްދީފި ނަމަ މުޅި ސަރަހައްދުގައި "އަލިފާން ފަރުބަދައެއް ގޮވާ ފަދަ" ނުރައްކާތެރި ހާލަތެއް އުފެދޭނެ: ހިޒްބުﷲ ގެ އިސް އޮފިޝަލެއް

29 ޖެނުއަރީ 2026 | ބުރާސްފަތި 09:21

ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ އިސް އޮފިޝަލް ނަވާފް އަލް މޫސާވީ ވިދާޅުވީ އީރާނާ ދެކޮޅަށް އެމެރިކާ އިން އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމަ އެއް ފެށިގެން ދާނެ ކަމަށް. އީރާނުގެ އިސްލާމީ ވެރިކަން ވައްޓާލަން އެމެރިކާ އިން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުން ނަތީޖާ ހާސިލު ނުވާނެ ކަމަށް އޭނާ ވިދާޅުވި.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 09:21
ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ބޯޑަރ އެންޑް ރިސޯސަސް ފައިލް (ބޯޑަރާއި ވަސީލަތްތަކާ ބެހޭ ކަންކަން) ބަލަހައްޓަވާ އިސްވެރިޔާ ނަވާފް އަލް މޫސާވީ.

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ބޯޑަރ އެންޑް ރިސޯސަސް ފައިލް (ބޯޑަރާއި ވަސީލަތްތަކާ ބެހޭ ކަންކަން) ބަލަހައްޓަވާ އިސްވެރިޔާ ނަވާފް އަލް މޫސާވީ. | ސޯޝަލް މީޑިއާ

އީރާނާ ދެކޮޅަށް އެއްވެސް ކަހަލަ އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ އިސް އޮފިޝަލަކު، އެމެރިކާ އަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ މިފަދަ ނުރައްކާތެރި އަމަލެއްގެ ސަބަބުން މުޅި ސަރަހައްދުގައި ފުޅާ ދާއިރާއެއް ގައި ބޮޑު ހަނގުރާމަ އެއް ފެށިގެން ހިނގައިދާނެ އެވެ.

ހިޒްބުاللهގެ ބޯޑަރުތަކާއި ވަސީލަތްތަކާ ބެހޭ ކަންކަމާ ހަވާލުވެ ހުންނެވި އިސްވެރިޔާ ނަވާފް އަލް މޫސާވީ ބުދަ ދުވަހުގެ ރޭ ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފާނެ އަސްކަރީ ފިޔަވަޅަކީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ވެދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި ސަރަހައްދުގައި "އަލިފާން ފަރުބަދައެއް ގޮވާ ފަދަ" ނުރައްކާތެރި ހާލަތެއް އުފެދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

އީރާނުން އަމިއްލަ މިނިވަން ނިންމުންތައް ނިންމަން ފަށާ ކޮންމެ ދަނޑިވަޅެއްގައި، ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ އަމާޒަކަށް އެ ގައުމު ވެގެންދާކަން ފާހަގަކުރައްވަމުން މޫސާވީ ވިދާޅުވީ، 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ކާމިޔާބީއަށްފަހު، އީރާނުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް ވޮޝިންގޓަނުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޒްބުاللهގެ އިސް އޮފިޝަލު އިތުރަށް ވިދާޅުވީ، ޓްރަމްޕް ބޭނުން ވަނީ އީރާނާ އެކު އެއްބަސްވުމަކަށް އައުމަށް ނުވަތަ އެ ގައުމުގެ އިސްލާމީ ވެރިކަން ވައްޓާލުމަށެވެ. މޫސަވީ ވިދާޅުވި ގޮތުގައި އެމެރިކާ އިން އީރާނާ ދެކޮޅަށް ދުޝްމަނުކަމުގެ ހަމަލާ އެއް ދިން ކަމުގައިވިޔަސް، އެއީ އީރާނުގެ އިސްލާމީ ނިޒާމު ބަދަލުކޮށްލެވޭ ވަރުގެ ކަމަކަށް ނުވާނެ އެވެ.

"އެމެރިކާ މިކަމަށް ފަސްޖެހެނީ، ހަމަލާއަށްފަހު ދެން ވެދާނެ ގޮތެއް އަންދާޒާ ކުރަން ނޭނގޭތީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ނައީމް ގާސިމް ދާދިފަހުން ދެއްވި ތަގުރީރަށް އަލިއަޅުވާލައްވަމުން މޫސާވީ ވިދާޅުވީ، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލަން މަސައްކަތް ކޮށްފި ނަމަ، އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ. އަދި ދީނީ އެއްވެސް ލީޑަރެއް އަވަހާރަކޮށްލުމަކީ އެކަން ކުރި ބަޔަކު އޭގެ ބޮޑު އަގު ދައްކަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވެ ޝައިޚް ގާސިމް ދެއްވި އިންޒާރަށް އޭނާ ތާއީދުކުރެއްވި އެވެ.

ލުބުނާނުގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މޫސާވީ ވިދާޅުވީ، ބެއިރޫތުގެ ރަފީގް ހަރީރީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގަމުންދާ އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ބަލާއިރު، ލުބުނާނު އޮތީ އެމެރިކާގެ އިސްތިއުމާރުގެ ދަށުގައި ކަމަށެވެ. އަދި މަދަނީ އޭވިއޭޝަންގެ ގާނޫނުތަކާ ޚިލާފަށް އެމެރިކާގެ އަސްކަރިއްޔާ އިން ބައިރޫތު އެއާޕޯޓަށް ހަތިޔާރާއި އަސްކަރީ ސާމާނު ބާލަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެމެރިކާ އިން އީރާނަށް ހަމަލާއެއް ދީފި ހާލަތެއްގައި ހިޒްބުالله އިން ބައިވެރިވާނެތޯ ސުވާލު ކުރުމުން މޫސާވީ ޖަވާބު ދެއްވީ، "އެފަދަ ހާލަތެއް މެދުވެރިވުމުން އެކަމާ މެދު އޭރުން ގޮތެއް ނިންމާނެ" ކަމަށެވެ.

އީރާން-އެމެރިކާހިޒްބުﷲނަވާފް އަލް މޫސާވީލުބުނާންއާޔަތުﷲ ޚާމަނާއީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

އީރާނަށް އެމެރިކާ އިން ކުރާ ފުރައްސާރަތަކުގެ ސަބަބުން މުޅި ސަރަހައްދު ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ކަމުގެ އިންޒާރު ޗައިނާ އިން ދީފި

29 ޖެނުއަރީ 2026
އީރާނަށް އެމެރިކާ އިން ކުރާ ފުރައްސާރަތަކުގެ ސަބަބުން މުޅި ސަރަހައްދު ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ކަމުގެ އިންޒާރު ޗައިނާ އިން ދީފި
29 ޖެނުއަރީ 2026

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

29 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟
28 ޖެނުއަރީ 2026

އެމެރިކާ އިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "މީގެ ކުރިން ދުވަހަކު ވެސް ދެކިފައި ނުވާނެ" ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ބުނެފި

ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

28 ޖެނުއަރީ 2026
އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު
28 ޖެނުއަރީ 2026

އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
28 ޖެނުއަރީ 2026

އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

28 ޖެނުއަރީ 2026
އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި
28 ޖެނުއަރީ 2026

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ
27 ޖެނުއަރީ 2026

ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި ޔަގީން ކަމަކީ އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުން ކަމަށް އީރާނުގެ ރައީސް ސައުދީ ވަލީ އަހުދަށް ދަންނަވައިފި

26 ޖެނުއަރީ 2026

އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީ ގެ އެއްވެސް ސަރަހައްދެއް ބޭނުން ކުރަން ހުއްދަ ނުދޭނެ ކަމަށް އެ ގައުމުން އަންގައިފި

26 ޖެނުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީ ގެ އެއްވެސް ސަރަހައްދެއް ބޭނުން ކުރަން ހުއްދަ ނުދޭނެ ކަމަށް އެ ގައުމުން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް