Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޮމާލީލޭންޑް

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

ސޯމާލިލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ރަސްމީކޮށް ބަލައިގަތުމާއެކު، ސަރަހައްދީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަމަށް ބެލެވޭ. ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ މިއީ އަބްރަހަމް އެކޯޑްސްގެ ރޫޙުގައި ކުރެވުނު ކަމެއް ކަމަށާއި، ދަނޑުވެރިކަން، ޞިއްޙަތު، ޓެކްނޮލޮޖީ އަދި އިޤްތިޞާދީ ދާއިރާތަކުން އެއްބާރުލުން ދޭނެ ކަމަށް. މިޞްރު، ތުރުކީ، ސޯމާލިޔާ އަދި ޖިބޫތީން ވަނީ އިޒްރޭލުގެ މި ނިންމުން ކުށްވެރިކޮށް، ސޯމާލިޔާގެ އެއްބައިވަންތަކަމަށް ފުރިހަމަ ތާއީދު ކުރައްވާފަ.

ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 08:55
ސޯމާލީލޭންޑުގެ ދިދައިގެ ކުލަތަކުން ހެނދުން އަޅައިގެން ހުރި އަންހެނަކު 2024 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު، ސޯމާލީލޭންޑް ގެ ވެރިރަށުގައި އެމީހުންގެ މިނިވަންކަމަށް 33 އަހަރު ފުރުން ފާހަގަ ކުރުމުގެ ޕެރޭޑެއް ގައި ބައިވެރިވަނީ

އަމިއްލަ އަށް މިނިވަންކަން އިއުލާނު ކޮށްފައިވާ ސޯމާލީލޭންޑް ދައުލަތެެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލު ވެއްޖެ އެވެ.

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ރަސްމީކޮށް ބަލައިގަނެފިކަން ހުކުރު ދުވަހު އިއުލާނުކުރުމާއެކު، ސަރަހައްދީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަމަށް ބެލެވެއެވެ. އަދި މިއީ ސޯމާލީލޭންޑް ސޯމާލިޔާ އާ ވަކިވުމާ ދެކޮޅަށް ސޯމާލިޔާ އިން ގެންގުޅެމުން އައި ސިޔާސަތު އިމްތިހާނު ކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

ސޯމާލީލޭންޑް ބަލައިގަތް ގަރާރުގައި ސޮއިކުރެއްވުމަށް ފަހު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ދަނޑުވެރިކަން، ޞިއްޙަތު، ޓެކްނޮލޮޖީ އަދި އިޤްތިޞާދީ ދާއިރާތަކުން ސޯމާލީލޭންޑާ އެކު ވަގުތުން އެއްބާރުލުން ދޭން އިޒްރޭލުން މަސައްކަތްކުރާނެ ކަމަށެވެ. ބަޔާނެއް ނެރުއްވައި، އޭނާ ވަނީ ސޯމާލީލޭންޑްގެ ރައީސް ޢަބްދުއްރަޙްމާން މުޙައްމަދު ޢަބްދުﷲއަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ލީޑަރޝިޕަށް ތަޢުރީފުކުރައްވައި، އިޒްރޭލަށް ވަޑައިގަތުމަށް ދަޢުވަތު އެރުވައިފައެވެ.

ނަތަންޔާހޫ ވިދާޅުވީ، މި ނިންމުމަކީ "ރައީސް ޓްރަމްޕްގެ އިސްނެގުމަށް ސޮއިކުރެވުނު އަބްރަހަމް އެކޯޑްސްގެ ރޫޙުގައި ކުރެވުނު ކަމެއް،" ކަމަށެވެ.

2020 ވަނަ އަހަރު ސޮއިކުރެވުނު އެ އެކޯޑްސް އަށް އެއްބަސްވީ ޓްރަމްޕްގެ ފުރަތަމަ ސަރުކާރުގައެވެ. މި އެއްބަސްވުމުގައި އިޒްރޭލުން ޔުނައިޓެޑް ޢަރަބި އެމިރޭޓްސް އަދި ބަޙްރެއިންއާ ދެމެދު ސިޔާސީ ގުޅުންތައް ރަސްމީކުރުން ހިމެނޭއިރު، ފަހުން އެހެން ޤައުމުތަކެއްވެސް މި އެއްބަސްވުން ފުޅާ ކުރުމަށް ރޭވިފައިވެ އެވެ.

ނަތަންޔާހޫ އާއި، ޚާރިޖީ ވަޒީރު ގިޑިއޮން ސާރް އާއި، ސޯމާލިޔާލެންޑްގެ ރައީސް ވަނީ ދެ ގައުމުގެ މެދުގައި އެއްބަޔަކު އަނެއްބަޔަކު ބަލައިގަތުމުގެ ގުޅުން ގާއިމްކުރުމަށްޓަކައި ގުޅިފައިވާ ބަޔާނެއް ގައި ސޮއިކުރައްވާފައިވާކަމަށް އިޒްރޭލުން ބުނެ އެވެ.

ޢަބްދުﷲ ބަޔާނެއް ނެރުއްވައި ވިދާޅުވީ، ސޯމާލިލޭންޑް ވެސް އަބްރަހަމް އެކޯޑްސް ގައި ބައިވެރިވާނެ ކަމަށާއި، މިއީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ސުލްޙައަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. 

މިޞްރުން ބުނީ، ޚާރިޖީ ވަޒީރު ބަދްރު ޢަބްދުލްޢަތީ ހުކުރު ދުވަހު ސޯމާލިޔާ، ތުރުކީ، އަދި ޖިބޫތީ ގެ ޚާރިޖީ ވަޒީރުންނާ ފޯނުން ގުޅުއްވައި، އިޒްރޭލުގެ މި އިއުލާނާ ގުޅިގެން ހޯން އޮފް އެފްރިކާ ގައި ދިމާވެފައިވާ ނުރައްކާތެރި ހަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.

މިޞްރުގެ ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި، ޚާރިޖީ ވަޒީރުން ވަނީ އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުން ކުށްވެރިކޮށް، ސޯމާލިޔާގެ އެއްބައިވަންތަކަމާއި ސަރަހައްދީ ރައްކާތެރިކަމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަން އަނެއްކާވެސް ހާމަކުރައްވާފައެވެ. އަދި ވަކިވާ ސަރަހައްދުތައް ބަލައިގަތުމަކީ ބައިނަލްއަޤްވާމީ ސުލްޙައާއި ސަލާމަތަށް ނުރައްކަލެއް ކަމަށް ވިދާޅުވެ އިންޒާރު ވެސް ދެއްވާފައިވެއެވެ.

1991 ވަނަ އަހަރު ސޯމާލިޔާ ގައި ދާޚިލީ ހަނގުރާމަ ފެށުމާއެކު ސޯމާލީލޭންޑް ވަނީ ސޯމާލިޔާ އާ ވަކިވެ ވަކި ސަރަހައްދެއްގެ ގޮތުގައި ހިންގަމުން ގެންގޮސްފަ އެވެ. އަދި ސުލްހަ އާއި ހަމަ ޖެހުން ގާއިމު ކުރެވިފައި އޮތް ނަމަވެސް ވަކިވެފައިވާ މި ސަރަހައްދު މިނިވަން ގައުމެއްގެ ގޮތުގައި ބޭރުގެ އެެއްވެސް ގައުމަކުން އަދި ޖަމްއިއްޔާ އަކުން ވެސް ބަލައިގަނެފަ އެއް ނުވެ އެވެ.

ސޯމާލީލޭންޑް ބަލައިގަންނަ ކޮންމެ ގައުމަކާ ދެކޮޅަށް ބައިނަލް އަގްވާމީ މުޖުތަމައުން މަސައްކަތް ކުރުމަށް ސޯމާލިޔާއިން ވަނީ ގޮވާލާފައެވެ.

ކުރީގެ ބްރިޓިޝް ޕްރޮޓެކްޓަރޭޓެއްގެ ގޮތުގައި އޮތް ސޯމާލީލޭންޑް އުންމީދު ކުރަނީ، އިޒްރޭލުން ބަލައިގަތުމާއެކު އެހެން ޤައުމުތަކުން ވެސް މިފަދަ ނިންމުންތަކެއް ނިންމައި، ސިޔާސީ ނުފޫޒު ފުޅާވެ، ބައިނަލްއަޤްވާމީ މާކެޓުތަކަށް ވަނުމުގެ ފުރުސަތު އިތުރުވާނެ ކަމަށެވެ.

މިދިޔަ މާރޗް މަހު، ސޯމާލިޔާ އާއި އެ ގައުމުން ވަކިވެފައިވާ ސޯމާލީލޭންޑުން ވަނީ ޣައްޒާ އިން ފަލަސްޠީނުގެ ރައްޔިތުން ބޭރުކޮށް އެ ތަންތަނުގައި މީހުން ވަޒަންވެރިކުރުމަށް އެމެރިކާ އިން ނުވަތަ އިޒްރޭލުން ވިޔަސް އެއްވެސް ހުށަހެޅުމެއް ލިބިފައިވާކަން ދޮގުކޮށްފައެވެ. އަދި މޮގަދިޝޫ އިން ބުނީ މިފަދަ ކޮންމެ ކަމަކަށް ސީދާ އިންކާރުކުރާ ކަމަށެވެ.

ސޮމާލީލޭންޑްސޯމާލިއާބެންޖަމިން ނަތަންޔާހޫއަބްރަހަމް އެކޯޑްސްސޯމާލިލޭންޑް-އިޒްރޭލްއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

27 ޑިސެމްބަރު 2025
ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

25 ޑިސެމްބަރު 2025
އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

20 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު