Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

26 ޖެނުއަރީ 2026 | ހޯމަ 05:28

އާދީއްތަ ދުވަހު އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ޣައްޒާގެ ގަބުރަސްތާނެއްގައި ބަންދު ކޮށްފައިވާ އެންމެ ފަހު މީހާގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް. ބޮޑު ވަޒީރުގެ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ އެ އޮޕަރޭޝަން ނިމުމުން، އެމެރިކާއާ އެކު އެއްބަސްވެފައިވާ ގޮތުގެ މަތިން، އިޒްރޭލް އިން ރަފަޙް ކްރޮސިން ހުޅުވާލާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2026 | ހޯމަ 05:28
ރަފްޙް ކްރޮސިންގެ މިޞްރު ސަރަހައްދުގައި ޣައްޒާ އަށް އެހީ ވައްދާ އުޅަނދެއް އެހީގެ ސާމާނާ އެކު މަޑު ކޮށްގެން

ރަފްޙް ކްރޮސިންގެ މިޞްރު ސަރަހައްދުގައި ޣައްޒާ އަށް އެހީ ވައްދާ އުޅަނދެއް އެހީގެ ސާމާނާ އެކު މަޑު ކޮށްގެން | ރޮއިޓަސް

ޣައްޒާ އާއި މިޞްރާ ދެމެދުގައި އޮންނަ ރަފަޙް ބޯޑަރު ކްރޮސިން "ލިމިޓެޑް މިންވަރަކަށް" ހުޅުވާާލާނެ ކަމަށް އިޒްރޭލް އިން ބުނެފި އެވެ. 

ހޯމަ ދުވަހު އިޒްރޭލް އިން މިކަން ހާމަ ކޮށްފައި ވަނީ، ފަލަސްޠީނުގެ ސަރަހައްދުގައި ބަންދު ކޮށްފައި ހުރި އެ ޤައުމުގެ އެންމެ ފަހު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އެވެ. 

ޣައްޒާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދޮރެއް ކަަމަށްވާ ރަފަޙް ހުޅުވާލުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ. ނަމަވެސް، ހަނގުރާމަ އަށް ފަހު ފަލަސްޠީނުގެ ސަރަހައްދުގައި އިޒްރޭލްގެ ސިފައިން އެެ ކްރޮސިން ކޮންޓްރޯލް ކުރަން ފެށި ފަހުން، މިހާތަނަށް އެ ބޯޑަރު އޮންނަނީ ބަންދު ކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ޖެރޫސަލަމްގައި ބޭއްވި މަޝްވަރާ ތަކުގައި ކްރޮސިން ހުޅުވާލުމަށް އެދި، އެމެރިކާގެ ސަފީރުން ވަނީ އިޒްރޭލްގެ އޮފިޝަލުންނަށް ބާރު އަޅައިފަ އެވެ. 

ހަނގުރާމަ ކުރިއަށް ދިޔައިރު ވެސް، އަދި ހަނގުރާމައިގެ އެއްބަސްވުން އެކުލަވާލި ފަހުން ވެސް، ދުނިޔޭގެ ލީޑަރުންނާއި އެހީތެރި ކަމުގެ ޖަމިއްޔާ ތަކުން އަންނަނީ އިންސާނީ އެހީ ޣައްޒާ އަށް ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ. ދެ އަހަރަަށް ވުރެ ދިގު މުއްދަތަކަށް އިޒްރޭލް އިން ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، އެ ސަރަހައްދަށް ބޭނުންވާ ޞިއްހީ ސާމާނާއި، ކާބޯ ތަކެތި އަދި އިންސާނީ އެހީ ލިބެމުން ދަނީ މަދު މިންވަރަކަށެވެ. 

ހޯމަ ދުވަހު އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، އިޒްރޭލްގެ ފުރިހަމަ ބެލުމުގެ ދަށުން، އަދި "ފިޔަވަޅުގެ" މަތިން ދަތުރު ކުރުމަށް ބޮޑަރު ހުޅުވާލަން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ ބަންދު ކޮށްފައިވާ މީހުންގެ ތެރެއިން ދިރި ތިބި އެންމެން އަނބުރާ ގެނައުމާއި، މަރުވެފައިވާ މީހުން ހޯދައި، އަނބުރާ ހަވާލު ކުރުމަށް ހަމާސް އިން 100 އިންސައްތަ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ބުނެފައިވެ އެވެ. 

އާދީއްތަ ދުވަހު އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ޣައްޒާގެ ގަބުރަސްތާނެއްގައި ބަންދު ކޮށްފައިވާ އެންމެ ފަހު މީހާގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބޮޑު ވަޒީރުގެ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ އެ އޮޕަރޭޝަން ނިމުމުން، އެމެރިކާއާ އެކު އެއްބަސްވެފައިވާ ގޮތުގެ މަތިން، އިޒްރޭލް އިން ރަފަޙް ކްރޮސިން ހުޅުވާލާނެ ކަމަށެވެ. 

އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޖެރާޑް ކުޝްނާ ވަނީ، ޖެރޫސަލަމްގައި ބޭއްވި މަޝްވަރާ ތަކުގައި އެކަމަށް ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޣައްޒާއިޒްރޭލްރަފަހްބެންޖަމިން ނަތަންޔާހޫރައީސް ޑޮނަލްޑް ޓްރަމްޕްހަމާސްޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2026

އީރާނުގެ ވެރިރަށް ތެހެރާނުގެ އިންގިލާބީ މައިދާނުގައި އާދީއްތަ ދުވަހު ހާމަ ކުރި ބޮޑު ކުރެހުމަކުން، އީރާނަށް އަސްކަރީ ހަމަލާ އެއް ނުދިނުމަށް އެމެރިކާ އަށް ސީދާ އިންޒާރެއް ދީފި

ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

25 ޖެނުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ
25 ޖެނުއަރީ 2026

ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ

25 ޖެނުއަރީ 2026
ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ
24 ޖެނުއަރީ 2026

ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
24 ޖެނުއަރީ 2026

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

24 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި
24 ޖެނުއަރީ 2026

ޗައިނާ އާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި

24 ޖެނުއަރީ 2026
އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި
24 ޖެނުއަރީ 2026

އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި

24 ޖެނުއަރީ 2026
އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި
24 ޖެނުއަރީ 2026

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

24 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި
24 ޖެނުއަރީ 2026

އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

24 ޖެނުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް