Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ލުބުނާން

އިޒްރޭލުން ލުބުނާނަށް ބޮން އަޅައިފި

ލުބުނާނުގެ އިރުމައްޗާއި ދެކުނުގެ ހަތަރު އަވަށެއް ހުސްކުރުމަށް އަމުރުކުރުމަށްފަހު، އިޒްރޭލް ސިފައިން ހިޒްބުالله އާއި ޙަމާސްގެ އަސްކަރީ އަމާޒުތަކަށް ކަމަށް ބުނެ ވަރުގަދަ ވައިގެ ހަމަލާތަކެއް ވަނީ ދީފައި. 2024 ވަނަ އަހަރު އެމެރިކާ މެދުވެރިވެގެން ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ހުއްޓުމެއް ނެތި ލުބުނާނަށް ހަމަލާތައް ދަނީ ދެމުން.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 19:38
 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލުބުނާނުގެ ދެކުނުގެ ސަރަހައްދަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާ އެއްގެ މަންޒަރެއް (ފައިލް)

2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލުބުނާނުގެ ދެކުނުގެ ސަރަހައްދަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާ އެއްގެ މަންޒަރެއް (ފައިލް) | އޭއެފްޕީ

ހިޒްބުالله އާއި ޙަމާސްގެ އަމާޒުތަކަށް ކަމަށް ބުނެ އިޒްރޭލުން ލުބުނާނަށް ހޯމަ ދުވަހު ބޮންއަޅައިފި އެވެ.

ލުބުނާނުގެ އިރުމައްޗާއި ދެކުނުގެ ހަތަރު އަވަށެއް ހުސްކުރުމަށް އަމުރުކުރުމަށް ފަހު، އިޒްރޭލް ސިފައިން އެ ސަރަހައްދުތަކުގައި ހުރި ހިޒްބުالله އާއި ޙަމާސްގެ އަމާޒުތަކަށް ކަމަށް ބުނެ ވަރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ.

އިޒްރޭލު ސިފައިންގެ ތަރުޖަމާނަކު މީގެ ކުރިން ބުނެފައިވާ ގޮތުގައި، ލުބުނާނުގެ އިރުމަތީ ބިގާޢު ވާދީގައި ހިމެނޭ ޙައްމާރާ އާއި ޢައިން އަލް-ތީނާ، އަދި ދެކުނުގެ ކަފްރް ޙައްތާ އާއި ޢައްނާން ގައި ހުރި ހިޒްބުالله އާއި ޙަމާސްގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދިނުމަށް ވަނީ ރާވާފައެވެ.

އޭއެފްޕީ ނިއުސް އެޖެންސީގެ ފޮޓޯގްރާފަރަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދިން އިންޒާރާ ގުޅިގެން ކަފްރް ޙައްތާގެ އެތައް އާއިލާ އެއް ވަނީ ރަށް ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފަ އެވެ. އެ ސަރަހައްދުގައި އިޒްރޭލުގެ ޑްރޯންތައް އުދުހެމުންދާ އިރު، އެމްބިއުލާންސްތަކާއި އަލިފާން ނިއްވާ ލޮރީތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައި ކަމަށް އޭނާ ރިޕޯޓު ކޮށްފައިވެ އެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ހޯމަ ދުވަހުގެ ކުރީކޮޅު ދެކުނުގެ ބްރައިކާ އަވަށުގައި ކާރަކަށް ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު ވަނީ ޒަޚަމްވެފައެވެ. އިޒްރެލު ސިފައިން ބުނާ ގޮތުގައި މި ހަމަލާ އަމާޒުކުރީ ހިޒްބުاللهގެ ދެ މެންބަރަކަށެވެ.

މި ހަމަލާތައް ދީފައިވަނީ އާދީއްތަ ދުވަހު ލުބުނާނުގެ ދެކުނުގައި އޮންނަ ބިންތު ޖުބައިލްގެ އުތުރުން ޢައިން އަލް-މިޒްރާބް ސަރަހައްދުގައި ދުއްވާފައި ދިޔަ އުޅަނދަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި ދެ މީހަކު މަރުވި ހާދިސާ އަށް ފަހުގަ އެވެ. ބޯޑަރުން ފެށިގެން 10 ކިލޯމީޓަރު (6 މޭލު) އެތެރޭގައި ދިން މި ހަމަލާ އަމާޒުކުރީ ވެސް ހިޒްބުاللهގެ މެންބަރަކަށް ކަމަށް އިޒްރޭލުން ބުނެ އެވެ.

2024 ވަނަ އަހަރު އެމެރިކާ މެދުވެރިވެގެން ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު، އަހަރަކަށްވުރެ ގިނަ ދުވަހު ހިނގި ވަރުގަދަ ކުރިމަތިލުންތައް ނިމުމަކަށް އައި ނަމަވެސް، އިޒްރޭލުން ގެންދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ ހުއްޓުމެއް ނެތި ލުބުނާނަށް ހަމަލާތައް ދެމުންނެވެ.

އިޒްރޭލް ސިފައިން ތަކުރާރުކޮށް ބޮންއަޅައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާއިރު، ލުބުނާނުގެ ފަސް ސަރަހައްދެއް އަދިވެސް އޮތީ އިޒްރޭލުގެ އިސްތިއުމާރުގެ ދަށުގައެވެ.

ހިޒްބުﷲހަމާސްލުބުނާން-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ލުބުނާނުގެ ހަތަރު އަވަށަކަށް ހަމަލާ ދޭނެ ކަމަށް ބުނެ އެތަންތަނުން މީހުން ނުކުންނަން އިޒްރޭލުން އަންގައިފި

ލުބުނާނުގެ ހަތަރު އަވަށަކަށް ހަމަލާ ދޭނެ ކަމަށް ބުނެ އެތަންތަނުން މީހުން ނުކުންނަން އިޒްރޭލުން އަންގައިފި

05 ޖެނުއަރީ 2026
ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމަކުން ހާމަ ކޮށްފި

ޣައްޒާގެ އިންސާނީ ހާލަތު އަލުން ގޯސްވަމުންދާތީ ނުހަނު ކަންބޮޑުވާކަން އިނގިރޭސިވިލާތާއި، ކެނެޑާ އަދި ފަރަންސޭސިވިލާތް ހިމެނޭހެން އެތައް ގައުމަކުން ހާމަ ކޮށްފި

31 ޑިސެމްބަރު 2025
ހަމާސްގެ މަގުބޫލު ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން ހަމާސް އިން ކަށަވަރުކޮށް ދީފި

ހަމާސްގެ މަގުބޫލު ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން ހަމާސް އިން ކަށަވަރުކޮށް ދީފި

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025
ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު