Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމާސް

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

ހަމާސް އިން ހަތިޔާރު ބަހައްޓައިފި ނަމަ އެ ޖަމާއަތަށް މައާފު ދިނުމަށް އިޒްރޭލް އިން އެއްބަސްވާނެތޯ ސުވާލު ކުރުމުން، އެމެރިކާގައި ހުންނަ އިޒްރޭލްގެ އެމްބަސީ އިން ވަގުތުން އެއްވެސް ޖަވާބެއް ދީފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖެނުއަރީ 2026 | އަންގާރަ 07:26
ހަމާސް ޖަމާއަތުގެ ދެ އޮފިސަރުން.

ހަމާސް ޖަމާއަތުގެ ދެ އޮފިސަރުން. | ރޮއިޓާސް

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ހަތިޔާރު ދޫކޮށްލައިފި ނަމަ، އެ ޖަމާއަތަށް މައާފު ލިބޭނެ ކަމަށް އެމެރިކާ އިން ޤަބޫލު ކުރާ ކަމަށް އެ ޤައުމުގެ އޮފިޝަލަކު ހާމަ ކޮށްފި އެވެ. 

ނަން ހާމަ ނުކުރުމަށް ޝަރުތު ކުރުމަށް ފަހު، މީޑިއާ ތަކަށް މައުލޫމާތު ދެމުން އެމެރިކާ ސަރުކާރުގެ އިސް ބޭފުޅަކު މިހެން ވިދާޅުވީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލްގެ ރަހީނުންގެ ތެރެއިން އެންމެ ފަހު މީހާ ހަވާލު ކޮށްފައި ވަނިކޮށެވެ. އިޒްރޭލް އާއި އެމެރިކާ އިން ބާރު އަޅަމުން ގެންދަނީ، ހަމާސް ޖަމާއަތުން އެ ޖަމާއަތުގެ އެންމެހާ ހަތިޔާރުތައް އަތުލުމަށެވެ. 

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވީ، ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓައި، ނުވަތަ ހަތިޔާރު ދޫކޮށްލާނެ ކަމުގެ ފުރިހަމަ އިތުބާރު އެމެރިކާގެ އިސްވެރިންނަށް އޮތް ކަމަށެވެ. ނަމަވެސް، މިހާތަނަށް ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުގެ ހަތިޔާރު އެހެން ބަޔަކާ ހަވާލު ނުކުރާނެ ކަމަށާއި، އެ ޖަމާއަތުން ހަތިޔާރު ނުބަހައްޓާނެ ކަމަށެވެ. 

އޭނާ ވިދާޅުވީ ހަމާސް އަށް ނިސްބަތްވާ ގިނަ ބަޔަކު ހަތިޔާރު ބެހެއްޓުމުގެ ވާހަކަ ދައްކަމުން އަންނަ އަޑު އިވޭ ކަމަށެވެ. އަދި އެމެރިކާ އިން ޤަބޫލު ކުރާ ގޮތުގައި ހަމާސް އިން ހަތިޔާރު ބަހައްޓާނެ ކަަމަށާއި، ހަމާސް އިން ހަތިޔާރު ނުބަހައްޓާ ނަމަ އެއީ އެއްބަސްވުމާ ޚިލާފުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމެރިކާ އިން ޤަބޫލު ކުރާ ގޮތުގައި ހަމާސް އިން ހަތިޔާރު ބަހައްޓައިފި ނަމަ، އެ ޖަމާއަތަށް މައާފު ދެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން، ހަމާސް އިން ހަތިޔާރު ބަހައްޓައިފި ނަމަ، އެ ޖަމާއަތަށް މައާފު ދިނުމަށް އިޒްރޭލް އިން އެއްބަސްވާނެތޯ ސުވާލު ކުރުމުން، އެމެރިކާގައި ހުންނަ އިޒްރޭލްގެ އެމްބަސީ އިން ވަގުތުން އެއްވެސް ޖަވާބެއް ދީފައި ނުވެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލާފައިވާ 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ދަށުން، ހުރިހާ ރަހީނުން އަނބުރާ ހަވާލު ކުރުމަށް ފަހު، ސުލްޙައިގެ މަގުގައި ހަތިޔާރު ދޫކުރުމަށް އެއްބަސްވާ ހަމާސްގެ މެމްބަރުންނަށް މައާފު ދެވޭނެ އެވެ. އަދި ޣައްޒާ އިން ބޭރަށް ދާން ބޭނުންވާ ހަމާސްގެ މެމްބަރުންނަށް، އެ މީހުން ޤަބޫލު ކުރާ ޤައުމަކަށް ސަލާމަތުން ދިޔުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް ޕްލޭންގައި ވަނީ ހިމަނައިފަ އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާ އިން ހޯމަ ދުވަހު ބުނެފައި ވަނީ، ހަމާސް އިން ރަހީނު ކޮށްފައިވާ މީހުންގެ ތެރެެއިން އެންމެ ފަހު މީހާގެ ހަށިގަނޑު ހޯދާފައިވާ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ފަލަސްތީނުހަމާސްއެމެރިކާއިޒްރޭލްރައީސް ޑޮނަލްޑް ޓްރަމްޕްޣައްޒާޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2026

އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ

27 ޖެނުއަރީ 2026
އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ
26 ޖެނުއަރީ 2026

ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި

26 ޖެނުއަރީ 2026
ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި
26 ޖެނުއަރީ 2026

އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި

26 ޖެނުއަރީ 2026
އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި
26 ޖެނުއަރީ 2026

އެމެރިކާގެ ލަޝްކަރު އީރާނާ ގާތައް - ހޫނުވަމުންދާ މަސްރަހާ ގުޅޭ ގޮތުން މިހާތަނަށް އެނގެނީ ކޮންއެއްޗެއް؟

26 ޖެނުއަރީ 2026
އެމެރިކާގެ ލަޝްކަރު އީރާނާ ގާތައް - ހޫނުވަމުންދާ މަސްރަހާ ގުޅޭ ގޮތުން މިހާތަނަށް އެނގެނީ ކޮންއެއްޗެއް؟
26 ޖެނުއަރީ 2026

ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ

26 ޖެނުއަރީ 2026
ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު