Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީ20 ވޯލްޑް ކަޕް

ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

އެ ނިންމުމަށް ފާޑު ވިދާޅުވަމުން ނަގްވީ ވިދާޅުވީ، އައިސީސީ އިން އަމަލު ކުރަމުން އަންނަނީ ދެ ފަހަރު، ދެ ގޮތަށް ކަމަށް. އެގޮތުން މީގެ ކުރިން ޕާކިސްތާންގައި މުބާރާތް ބޭއްވިއިރު، އިންޑިއާ އިން އެދިގެން އެ ޤައުމުން ޕާކިސްތާންގައި މެޗުތައް ނުކުޅެ، އެހެން ޤައުމެއްގައި ކުޅުމުގެ ފުރުސަތު ވަނީ ދީފައި. އަދި ޕާކިސްތާން އަށް ވެސް އެ ފުރުސަތު ދީފައިވާއިރު، އިންޑިއާގައި މެޗުތައް ކުޅުމުގެ ބަދަލުގައި ޕާކިސްތާން އިން ކުޅޭނީ ސްރީ ލަންކާގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 08:19
ޕާކިސްތާންގެ ކްރިކެޓު ޓީމުގެ ކުޅުންތެރިން، އިންޑިއާ މެޗު ބޮއިކޮޓް ކުރި ނަމަވެސް އެ ޤައުމުން މުބާރާތުގައި ވާދަ ކުރާނެ

ޕާކިސްތާންގެ ކްރިކެޓު ޓީމުގެ ކުޅުންތެރިން، އިންޑިއާ މެޗު ބޮއިކޮޓް ކުރި ނަމަވެސް އެ ޤައުމުން މުބާރާތުގައި ވާދަ ކުރާނެ | ގެޓީ އިމޭޖަސް

ޓީ20 ވޯލްޑް ކަޕްގައި އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ބޮއިކޮޓް ކުރުމަށް ޕާކިސްތާން ސަރުކާރުން ނިންމައިފި އެވެ. 

މުބާރާތުގައި ޕާކިސްތާން އާއި އިންޑިއާ ބައްދަލު ކުރާ މެޗު އޮތީ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް، ޕާކިސްތާން އިން ވަނީ އެ މެޗު ބޮއިކޮޓް ކުރަން ނިންމައިފަ އެވެ. އިންޑިއާ މެޗު ބޮއިކޮޓް ކުރުމަށް ނިންމި ނަމަވެސް، މުބާރާތުގައި ދެން ހުރި މެޗުތައް ޕާކިސްތާން އިން ކުޅޭނެ އެވެ. 

ޕާކިސްތާންގެ އިންޓިރިއާ މިނިސްޓަރު އަދި ކްރިކެޓު ބޯޑުގެ ޗެއާމަން މުހުސިން ނަގްވީ ވަނީ، ހޮނިހިރު ދުވަހު ބަލޮޗިސްތާންގައި ދިން ހަމަލާތަކާ ގުޅިގެން އިންޑިއާ އަށް ފާޑު ކިޔުން އަމާޒުކޮށްފަ އެވެ. އެކި އެކި މަސްދަރު ތަކުން ބުނެފައިވާ ގޮތުގައި، އެ ހަމަލާ ތަކުގައި އާންމުންގެ ތެރެއިން 31 މީހަކާއި، ސަލާމަތީ ބާރު ތަކުގެ 17 މީހުންނާއި، ހަނގުރާމަވެރިންގެ 145 މީހަކު ވަނީ މަރުވެފަ އެވެ. 

އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރުމަށް އާދީއްތަ ދުވަހު ޕާކިސްތާން އިން ނިންމީ، މުބާރާތުން ބަންގްލަދޭޝް ބޭރު ކުރުމާ ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިންނެވެ. 

ހޮނިހިރު ދުވަހު ބަލޮޗިސްތާން ޕްރޮވިންސްގެ ވެރި ރަށް ކުއެޓާ އާއި، އެހެން ސަރަހައްދު ތަކުގައި ފުލުހުންގެ ސްޓޭޝަން ތަަކަށް ހަމަލާ ދީފައިވާ ކަމަށް އޮފިޝަލުން ވަނީ ހާމަ ކޮށްފަ އެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ބަލޮޗިސްތާންގައި ދިން އެންމެ ބޮޑު ހަމަލާ ކަމަށް ބުނެފައިވާއިރު، ހަމަލާ ތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

އޭއެފްޕީ އިން ބުނެފައިވާ ގޮތުގައިި، މަނާ ކޮށްފައިވާ ބަލޮޗިސްތާން ލިބަރޭޝަން އާމީ އިން ވަނީ މި ހަމަލާ ތަކުގެ ޒިންމާ ނަގައިފަ އެވެ. އެ ޖަމާއަތުން ބުނީ ބަލޮޗިސްތާންގެ ނުވަ ޑިސްޓްރިކްޓެއްގައި ސިފައިންގެ އިމާރާތް ތަކާއި، ފުލުހުން އަދި އިދާރީ އިސްވެރިންނަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. 

ހަމަލާތައް ހިނގި ދުވަހު، އިންޑިއާ އަށް ފާޑު ކިޔަމުން ނަގްވީ ވިދާޅުވީ އެ ހަމަލާ ތަކުގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށެވެ. ނަމަވެސް، އެހެން ވިދާޅުވެ އިންޑިއާ އަށް ތުހުމަތު އަމާޒު ކުރުން ފިޔަވައި، އިތުރު އެއްވެސް ހެއްކެއް އޭނާ އަށް ދެއްކިފައި ނުވެ އެވެ. 

މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް އިން ވަނީ ބަންގްލަދޭޝް އެ މުބާރާތުން ބޭރު ކޮށްލުމަށް ފަހު، އެ ޤައުމުގެ ޖާގަ އަށް ސްކޮޓްލޭންޑް އަށް ފުރުސަތު ދިނުމަށެވެ. އެއީ މުބާރާތުގައި ބަންގްލަދޭޝް އިން ކުޅެން ޖެހޭ މެޗުތައް، އިންޑިއާގައި ކުޅުމަށް އެ ޤައުމުން ދެކޮޅު ހަދާފައި ވަނިކޮށެވެ. 

އެގޮތުން ބަންގްލަދޭޝް އިން އެދިފައި ވަނީ އިންޑިއާގައި އެ ޤައުމުން ކުޅެން ހަމަޖެހިފައި އޮތް މެޗުތައް، ސްރީ ލަންކާ އަށް ބަދަލު ކޮށްދިނުމަށެވެ. މިފަހަރުގެ މުބާރާތް ބާއްވަނީ އިންޑިއާ އާއި ސްރީ ލަންކާ ގުޅިގެން ކަމަށްވާއިރު، ބަންގްލަދޭޝް ހިމެނޭ ގުރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާގަ އެވެ. ނަމަވެސް، އައިސީސީ އިން ވަނީ ބަންގްލަދޭޝްގެ ހުށަހެޅުން ބަަލައި ނުގަންނަން ނިންމައިފަ އެވެ.

އެ ނިންމުމަށް ފާޑު ވިދާޅުވަމުން ނަގްވީ ވިދާޅުވީ، އައިސީސީ އިން އަމަލު ކުރަމުން އަންނަނީ ދެ ފަހަރު، ދެ ގޮތަށް ކަމަށެވެ. އެގޮތުން މީގެ ކުރިން ޕާކިސްތާންގައި މުބާރާތް ބޭއްވިއިރު، އިންޑިއާ އިން އެދިގެން އެ ޤައުމުން ޕާކިސްތާންގައި މެޗުތައް ނުކުޅެ، އެހެން ޤައުމެއްގައި ކުޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި ޕާކިސްތާން އަށް ވެސް އެ ފުރުސަތު ދީފައިވާއިރު، އިންޑިއާގައި މެޗުތައް ކުޅުމުގެ ބަދަލުގައި ޕާކިސްތާން އިން ކުޅޭނީ ސްރީ ލަންކާގަ އެވެ. 

އިންޑިއާ އާއި ޕާކިސްތާން މެޗަކީ މުޅި މުބާރާތުގައި ވެސް ގިނަ ބަޔަކު އެންމެ ބަލަން ބޭނުން ވާނެ އެއް މެޗެވެ. އެ މެޗު ނުކުޅޭ ނަމަ، ގާތް ގަނޑަކަށް 10 މިލިއަން މީހުންނަށް މެޗު ބެލުމުގެ ފުރުސަތު ގެއްލިގެން ދާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. ރެކޯޑު ތަކުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރު އޮތް ޓީ20 ވޯލްޑް ކަޕްގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރި މެޗު 167 މިލިއަން މީހުން ބަލާފައިވާ ކަމަށް ވަނީ ރެކޯޑު ކުރެވިފަ އެވެ.

އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރުމުން، ޕާކިސްތާން އަށް ގުރޫޕް ސްޓޭޖުގައި ދެ ޕޮއިންޓު ގެއްލޭނެ އެވެ. އެ ދެ ޕޮއިންޓު އިންޑިއާ އަށް ލިބޭއިރު، މުބާރާތުގައި ކުރިއަށް ދިޔުމަށް ބާކީ ހުރި މެޗު ތަކުން ޕޮއިންޓު ހޯދުމަށް ޕާކިސްތާން އަށް މަޖުބޫރު ވާނެ އެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ޕާކިސްތާންއިންޑިއާއިންޑިއާ-ޕާކިސްތާން ހަމަނުޖެހުންޓީ20 ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާ ގައި ހަރުފަ ދަތްއަޅައިގެން އަހަރަކު 50،000 މީހުން މަރުވޭ

އިންޑިއާ ގައި ހަރުފަ ދަތްއަޅައިގެން އަހަރަކު 50،000 މީހުން މަރުވޭ

02 ފެބުރުއަރީ 2026
ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި

ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި

01 ފެބުރުއަރީ 2026
ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ހަމަލާތަކެއްގައި މަދުވެގެން އަށް ފުލުހުން މަރާލައިފި

ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ހަމަލާތަކެއްގައި މަދުވެގެން އަށް ފުލުހުން މަރާލައިފި

31 ޖެނުއަރީ 2026
ނިޕާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

ނިޕާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

31 ޖެނުއަރީ 2026
ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު