Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާން

ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ގުލް ޕްލާޒާ ޝޮޕިން މޯލްގައި ހިނގި އަލިފާނުގެ ހާދިސާގެ ފުރަތަމަ ތަހުގީގުން އެނގޭ ގޮތުގައި، އަލިފާން ރޯވީ ފިހާރަ އެއް ގެ ކަރަންޓް ޝޯޓެއްގެ ސަބަބުން، 1,200 ފިހާރަ ހިމެނޭ މޯލްގެ ތެރޭގައި މީހުން ތާށިވެފައި ތިބެދާނެ ކަމުގެ ބިރު އެބައޮތް.

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 10:11
ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ފަޔާ ފައިޓަރުން މަސައްކަތް ކުރަނީ، ޖެނުއަރީ 18، 2026.

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ފަޔާ ފައިޓަރުން މަސައްކަތް ކުރަނީ، ޖެނުއަރީ 18، 2026. | އެކްސް

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޝޮޕިން މޯލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހަ މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ގައި މަދުވެގެން ހަ މީހުން މަރުވެ، 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފި އެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ގިނަ އަދަދެއްގެ އޮފިޝަލުން ވަނީ ހަރަކާތްތެރިވެފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ކަރާޗީގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގައި ހުންނަ "ގުލް ޕްލާޒާ" ޝޮޕިން މޯލްގަ އެވެ. ގިނަ ގަޑިއިރުތަކެއް ވަންދެން އަލިފާންގަނޑު އަނދަމުން ދިޔައިރު، އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް އޮފިޝަލުން ބުނެފައިވަނީ އަލިފާނުގެ ގާތްގަނޑަކަށް 30 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ސައުތު ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ސައްޔިދު އަސަދު ރަޒާ "ޑޯން" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުރަތަމަ ތިން މީހުން މަރުވި ކަމަށް ރިޕޯޓްކުރި ނަމަވެސް، ފަހުން އެ އަދަދު ފަހަކަށް އަރާފައިވާ ކަމަށެވެ. އޭގެ ފަހުން އިދީ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި، މި ހާދިސާގައި ހަވަނަ މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރެސްކިއު އޮފިޝަލުން ފާހަގަކުރި ގޮތުގައި، ގާތްގަނޑަކަށް 1,200 ފިހާރަ ހިމެނޭ މި މޯލްގެ ތެރޭގައި އިތުރު ބަޔަކު ތާށިވެފައި ތިބެދާނެ ކަމުގެ ބިރު އެބައޮތެވެ. އަދި އަލިފާނުގެ ހޫނުގަދަވުމުގެ ސަބަބުން އިމާރާތުގެ ބައެއް ބައިތައް ވެއްޓިފައިވާތީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ފުލުހުންގެ އޮފިސަރެއް ކަމަށްވާ މުހުސިން ރަޒާ ވިދާޅުވި ގޮތުގައި، އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި އަލިފާން ރޯވީ ފިހާރައެއްގެ ކަރަންޓް ޝޯޓެއްގެ ސަބަބުންނެވެ. އަދި އެއަށްފަހު ވަރަށް ހަލުވިކަމާއެކު މުޅި އިމާރާތަށް އަލިފާން ފެތުރިގެން ދިޔައީ އެވެ. ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަނެވޭނީ ފުރިހަމަ ތަހުގީގަކަށް ފަހު ކަމަށާއި، އިތުރު ގެއްލުމެއް ވިޔަ ނުދިނުމަށްޓަކައި އިމާރާތުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ.

ޕީޓީވީ އިން އާންމުކުރި ބަޔާނެއްގައި ބޮޑުވަޒީރު ޝަރީފް ވަނީ މީހުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށާއި، ގެއްލުންވި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވާފަ އެވެ. މީގެ އިތުރުން، ރައީސް ޒަރުދާރީ ވަނީ ޒަޚަމްވި މީހުންނަށް އެންމެ ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އެއްވެސް ފަސްޖެހުމެއް ނެތި މަސައްކަތް ކުރުމަށް ސިންދު ޕްރޮވިންސްގެ ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޕާކިސްތާންކަރާޗީގުލް ޕްލާޒާއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އާ އަހަރުގެ އުފާފާޅުކުރުމުގެ ތެރޭގައި ސްވިސް ސްކީ ރިސޯޓެއް ގައި އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެ

އާ އަހަރުގެ އުފާފާޅުކުރުމުގެ ތެރޭގައި ސްވިސް ސްކީ ރިސޯޓެއް ގައި އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެ

01 ޖެނުއަރީ 2026
ޕާކިސްތާނުގެ ގައުމީ އެއަރލައިންގެ މޭޖަރ ޝެއަރ 482 މިލިއަން ޑޮލަރަށް ވިއްކާލައިފި

ޕާކިސްތާނުގެ ގައުމީ އެއަރލައިންގެ މޭޖަރ ޝެއަރ 482 މިލިއަން ޑޮލަރަށް ވިއްކާލައިފި

26 ޑިސެމްބަރު 2025
ރޯވި ސަފާރީ ގައި ތިބި 25 މީހުން ސަލާމަތް ކޮށްފި

ރޯވި ސަފާރީ ގައި ތިބި 25 މީހުން ސަލާމަތް ކޮށްފި

24 ޑިސެމްބަރު 2025
ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

24 ޑިސެމްބަރު 2025
ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު