Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުނިޕާ ވައިރަސް

ނިޕާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

31 ޖެނުއަރީ 2026 | ހޮނިހިރު 07:55

މިވަގުތަށް ކަންބޮޑުވާންޖެހޭ ފަދަ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނޭ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 07:55
އިންޑިއާ ގައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު، އޮފިޝަލުން ހިފި ވާލެއް ޕްލާސްޓިކް ކޮތަޅަކަށް ލަނީ. ނިޕާ ވައިރަސް އާންމުކޮށް ފެތުރެނީ މޭވާކާ ވާލުގެ ޒަރީއާ އިން.

އިންޑިއާ ގައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު، އޮފިޝަލުން ހިފި ވާލެއް ޕްލާސްޓިކް ކޮތަޅަކަށް ލަނީ. ނިޕާ ވައިރަސް އާންމުކޮށް ފެތުރެނީ މޭވާކާ ވާލުގެ ޒަރީއާ އިން. | ގެޓީ އިމޭޖަސް

އިންޑިއާ ގައި ނިޕާ ވައިރަސް ޖެހުނު ދެ މީހުންނާ ސީދާ ދިމާވި 190 އަށްވުރެ ގިނަ މީހުންގެ ޓެސްޓުތައް ނެގެޓިވްވެ، އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާތީ، މި ބަލި ފެތުރުމުގެ ނުރައްކާ ކުޑަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުކުރު ދުވަހު ބުނެފި އެވެ.

އިންޑިއާ އިން މި ބަލި ޖެހިފައިވާ ބަޔަކު ފެނުމާ ގުޅިގެން، ބަލި ފެތުރުނަ ނުދިނުމަށްޓަކައި ހޮންކޮންގް، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް އަދި ވިއެޓްނާމް ފަދަ އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓުތަކުގައި މި ހަފުތާގައި ވަނީ ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަކޮށްފަ އެވެ.

ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ހެލްތު އިމަޖެންސީސް ޕްރޮގްރާމްގެ އޮފިޝަލް އަނައީސް ލަގޯން ވިދާޅުވީ، ގައުމީ ފެންވަރުގައާއި، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ވެސް މި ބަލި ފެތުރުމުގެ ނުރައްކާ އޮތީ ކުޑަ މިންވަރެއްގައި ކަމަށެވެ. އަދި ބަލި ޖެހުނު ދެ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފެށި ފަހުން އެމީހުން ދަތުރުފަތުރު ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ބަލި ޖެހުނު ދެ މީހުންނަށް ވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން އެކަކުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ލަގޯން ވިދާޅުވި އެވެ.

ލަގޯން އިތުރަށް ވިދާޅުވީ، ވައިރަހަށް އެއްވެސް ބަދަލެއް (މިއުޓޭޝަން) އައިސްފައިވޭތޯ ބެލުމަށްޓަކައި، އިންޑިއާ އިން އެ ވައިރަހުގެ ޖެނެޓިކް ސީކުއެންސް ހިއްސާކުރާނެ ވަގުތަކަށް ޑަބްލިއުއެޗްއޯ އިން އިންތިޒާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިވަގުތަށް ކަންބޮޑުވާންޖެހޭ ފަދަ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވާލާއި އޫރު ފަދަ ޖަނަވާރުގެ ފަރާތުން ފެތުރޭ ނިޕާ ވައިރަހުގެ ސަބަބުން ގަދައަށް ހުން އައުމާއި ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި މައްސަލަތައް ކުރިމަތިވެ އެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން 40 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން މަރުވާއިރު، މި ބައްޔަށް އަދި މިހާތަނަށް ވަކި ޚާއްސަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އަދި މި ބައްޔަށް ތައްޔާރުކުރާ ވެކްސިންތައް އަދިވެސް އުޅެނީ ޓެސްޓު ކުރުމުގެ މަރުހަލާގަ އެވެ.

މިފަހަރު ބަލި ފެތުރެން މެދުވެރިވި ސީދާ ސަބަބު އަދި މުޅިން ސާފެއް ނުވެ އެވެ. 

މަސްދަރު: ރޮއިޓާސް

އިންޑިއާނިޕާ ވައިރަސް ޑަބްލިޔުއެޗްއޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

28 ޖެނުއަރީ 2026
ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި
27 ޖެނުއަރީ 2026

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

27 ޖެނުއަރީ 2026
ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ
26 ޖެނުއަރީ 2026

އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި

26 ޖެނުއަރީ 2026
އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި
15 ޖެނުއަރީ 2026

ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި

15 ޖެނުއަރީ 2026
ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި
30 ޑިސެމްބަރު 2025

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

30 ޑިސެމްބަރު 2025
އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި
20 ޑިސެމްބަރު 2025

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025
މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި
12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް