Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ވާރލްޑް ކަޕް

ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރަން އައިސީސީ އިން ނިންމައިފި

އައިސީސީ އިން ބުނީ ބަންގްލަދޭޝްގެ ކްރިކެޓު ބޯޑާ އެކު، ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވަންދެން މަޝްވަރާ ކޮށްފައިވާ ކަމަށް. އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، އަދި ސީދާ އަމަލީ ގޮތުން ވެސް މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2026 | ހޯމަ 03:59
ބަންގްލަދޭޝް ކްރިކެޓު ޓީމުގެ ކުޅުންތެރިޔެއް، އައިސީސީ އިން ނިންމާފައި ވަނީ ބަންގްލަދޭޝްގެ ބަދަލުގައި ސްކޮޓްލެންޑަށް މުބާރާތުން ފުރުސަތު ދިނުމަށް

ބަންގްލަދޭޝް ކްރިކެޓު ޓީމުގެ ކުޅުންތެރިޔެއް، އައިސީސީ އިން ނިންމާފައި ވަނީ ބަންގްލަދޭޝްގެ ބަދަލުގައި ސްކޮޓްލެންޑަށް މުބާރާތުން ފުރުސަތު ދިނުމަށް | އޭއެފްޕީ

ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރުމަށް ފަހު، އެ ޤައުމުގެ ބަދަލުގައި ސްކޮޓްލެންޑަށް ފުރުސަތު ދިނުމަށް، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމައިފި އެވެ. 

އައިސީސީ އިން މި ނިންމުން ނިންމާފައި ވަނީ ޓީ20 ގެ މެޗުތައް އިންޑިއާގައި ކުޅުމާ ގުޅޭ ގޮތުން ބަންގްލަދޭޝް އިން ކަންބޮޑުވުންތައް ފާޅު ކުރުމާ ގުޅިގެންނެވެ. ހަފުތާ ތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު، ހޮނިހިރު ދުވަހު އައިސީސީ އިން ނިންމާފައި ވަނީ މުބާރާތުގެ ގުރޫޕް ސީގައި ބަންގްލަދޭޝްގެ ބަދަލުގައި ސްކޮޓްލެންޑް ބައިވެރި ކުރުމަށެވެ. 

އައިސީސީ އިން ނެރުނު ބަޔާނެއްގައި ބުނީ ބަންގްލަދޭޝް ކްރިކެޓު ބޯޑުން މުބާރާތުގެ ތާވަލާ އެއްގޮތަށް ބައިވެރިވުން ދޫކޮށްލާފައިވާތީ، އެ ނިންމުން ނިންމީ ކަމަށެވެ. ބަޔާނުގައި ވަނީ، އިންޑިއާގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ސްރީ ލަންކާ އަށް ބަދަލު ކޮށްދިނުމަށް ބަންގްލަދޭޝް އިން އެދިފައިވާ ކަމަށް ބުނެފަ އެވެ.

އެގޮތުން އިންޑިއާގައި ބަންގްލަދޭޝްގެ ޓީމަށް ސަލާމަތީ ގޮތުން ނުރައްކާތެރި ކަމެއް ކުރިމަތި ވެދާނެ ކަމަށް އެ ޤައުމުން ފާހަގަ ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އިންޑިއާގެ ބަދަލުގައި ލަންކާ އަށް މެޗުތައް ބަދަލު ކުރުމަށް ބަންގްލަދޭޝް އިން އެދުނީ އެ ސަބަބާ ހުރެ އެވެ. 

އަންނަ ފެބްރުވަރީ މަހުގެ ހަތް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓީ20 ވާރލްޑް ކަޕް ބާއްވަނީ އިންޑިއާ އާއި ސްރީ ލަންކާގަ އެވެ. ނަމަވެސް، ބަންގްލަދޭޝް ހިމެނުނު ގުރޫޕުގެ ހުރިހާ މެޗު ތަކެއް ކުޅުމަށް ހަމަޖެހިފައި އޮތީ އިންޑިއާގަ އެވެ. 

މުބާރާތުގައި ބަންގްލަދޭޝްގެ ފުރަތަމަ މެޗުގައި ފެބްރުވަރީ މަހުގެ ހަތް ވަނަ ދުވަހު ވެސްޓް އިންޑީޒްއަ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައި އޮތީ ކޮލްކަތާގެ އީޑެން ގާޑެންސްގަ އެވެ. އަދި ގުރޫޕް ސްޓޭޖުގައި ދެން ކުޅެން ޖެހޭ އިތުރު ދެ މެޗު ވެސް ހަމަ އެ ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ގުރޫޕު ސްޓޭޖުގައި ބަންގްލަދޭޝްގެ ފަހު މެޗުގައި ނޭޕާލްއާ ދެކޮޅަށް ކުޅުމަށް އޮތީ މުމްބާއީގެ ވަންކޭޑް ސްޓޭޑިއަމްގަ އެވެ. 

ނަމަވެސް، ޖަނަވަރީ މަހުގެ ހަތަރު ވަނަ ދުވަހު ބަންގްލަދޭޝް އިން އައިސީސީގައި އެދިފައި ވަނީ އެ ޓީމުގެ އެންމެހާ މެޗުތައް އިންޑިއާ ނޫން އެހެން ތަނެއްގައި ކުޅުމަށެވެ. މިއީ ދެ ޤައުމުގެ ދެ މެދުގައިވާ ސިޔާސީ ދެބަސްވުންތަކާ ގުޅިގެންނެވެ. އެ ކަންތައް ތަކުގެ ތެރޭގައި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އިން ބަންގްލަދޭޝްގެ މަޝްހޫރު ބޯލަރު މުސްތަފިޒުރް ރަޙުމާން ވަކި ކުރުމަށް އިންޑިއާގެ ކްރިކެޓު ބޯޑުން ވަނީ ނިންމައިފަ އެވެ. 

އައިސީސީ އިން ބުނީ ބަންގްލަދޭޝްގެ ކްރިކެޓު ބޯޑާ އެކު، ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވަންދެން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، އަދި ސީދާ އަމަލީ ގޮތުން ވެސް މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ މަރުހަލާގެ ތެރޭގައި ބަންގްލަދޭޝް އިން ފާޅު ކޮށްފައިވާ ކަންބޮޑުވުން ތަކަށް ބެލުމަށް ފަހު، ސަލާމަތީ އެސެސްމެންޓު ތަކާއި، ސެކިއުރިޓީ އަދި އޮޕަރޭޝަނަލް ޕްލޭންތައް ވެސް ބަންގްލަދޭޝްގެ ކްރިކެޓު ބޯޑާ ހިއްސާ ކުރި ކަމަށް އައިސީސީ އިން ބުންޏެވެ.

ޓީ20 ވޯލްޑް ކަޕްބަންގްލަދޭޝްއިންޑިއާސްކޮޓްލޭންޑްއިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އިންޑިއާ-ބަންގްލަދޭޝް

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2026

ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި ބަންގްލަދޭޝް މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

25 ޖެނުއަރީ 2026
ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި ބަންގްލަދޭޝް މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
25 ޖެނުއަރީ 2026

ބިދޭސީންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

25 ޖެނުއަރީ 2026
ބިދޭސީންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
13 ޖެނުއަރީ 2026

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި

13 ޖެނުއަރީ 2026
ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި
13 ޖެނުއަރީ 2026

މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ

13 ޖެނުއަރީ 2026
މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ
03 ޖެނުއަރީ 2026

ރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ ބޮޑު ނެޓްވާރކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

03 ޖެނުއަރީ 2026
ރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ ބޮޑު ނެޓްވާރކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު