Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ

ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި

އިންޑިއާގެ ކަޝްމީރުގައި ހުންނަ މެޑިކަލް ކޮލެޖެއްގެ ފުރަތަމަ ބެޗުގައި 50 ދަރިވަރުންގެ ތެރެއިން 42 މުސްލިމް ދަރިވަރުން ހޮވުމާ ގުޅިގެން ހިންދޫ ޖަމާއަތްތަކުން މުޒާހަރާ ކޮށް، މޯދީގެ ސަރުކާރުގެ ޕްރެޝަރާއެކު ނޭޝަނަލް މެޑިކަލް ކޮމިޝަނުން ޖެނުއަރީ 6 ގައި ކޮލެޖުގެ ހުއްދަ ބާތިލްކޮށް، އިމާރާތާއި ވަސީލަތްތައް ފެންވަރު ދަށް ކަމަށް ސަބަބު ދައްކާފައިވޭ.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 08:50
ޝްރީ މާތާ ވައިޝްނޯ ދޭވީ އިންސްޓިޓިއުޓް އޮފް މެޑިކަލް އެކްސެލެންސް އަށް ދީފައިވާ ހުއްދަ ބާތިލު ކުރުމަށް ގޮވާލާ ކަނާތުފިޔައިގެ ހިންދޫ ޖަމާއަތްތަކަށް ތާއީދުކުރާ މީހުން މުޒާހަރާ ކުރަނީ - ޑިސެމްބަރު 27، 2025.

ޝްރީ މާތާ ވައިޝްނޯ ދޭވީ އިންސްޓިޓިއުޓް އޮފް މެޑިކަލް އެކްސެލެންސް އަށް ދީފައިވާ ހުއްދަ ބާތިލު ކުރުމަށް ގޮވާލާ ކަނާތުފިޔައިގެ ހިންދޫ ޖަމާއަތްތަކަށް ތާއީދުކުރާ މީހުން މުޒާހަރާ ކުރަނީ - ޑިސެމްބަރު 27، 2025. | އޭޕީ ފޮޓޯ

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ މަޝްހޫރު މެޑިކަލް ކޮލެޖަކަށް ގިނަ އަދަދެއްގެ މުސްލިމް ދަރިވަރުން ހޮވުމާ ގުޅިގެން، ހިންދޫ ހަރުކަށި ޖަމާއަތްތަކުން ކުރި އިހުތިޖާޖުތަކަށް ދީލާލައި، އިންޑިއާ ސަރުކާރުން އެ ކޮލެޖު ބަންދުކޮށްފި އެވެ.

އިންޑިއާގެ މެޑިކަލް ތައުލީމާއި ކަންކަން ރެގިއުލޭޓްކުރާ ފެޑަރަލް އިދާރާ، ނޭޝަނަލް މެޑިކަލް ކޮމިޝަން (އެން.އެމް.ސީ) އިން މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވަނީ، ރިއާސީ ޑިސްޓްރިކްޓްގައި ހުންނަ 'ޝްރީ މާތާ ވައިޝްނޯ ދޭވީ މެޑިކަލް އިންސްޓިޓިއުޓް' (SMVDMI) އަށް ދީފައިވާ ހުއްދަ ބާތިލްކޮށްފަ އެވެ. މި ކޮލެޖަކީ ޖައްމޫ އާއި ކަޝްމީރުގެ ވާދީ ވަކިކޮށްދޭ ހިމާލަޔާ ފަރުބަދަތަކުގެ ސަރަހައްދުގައި އޮންނަ ތަނެކެވެ.

މި ކޮލެޖުގެ ފަސް އަހަރުގެ އެމް.ބީ.ބީ.އެސް ޕްރޮގްރާމަށް ނޮވެމްބަރު މަހު ހޮވުނު 50 ދަރިވަރުންގެ ތެރެއިން 42 ދަރިވަރުންނަކީ މުސްލިމުންނެވެ. މީގެ ތެރޭގައި ގިނައީ ކަޝްމީރުގެ ރަށްވެހިންނެވެ. ބާކީ ތިބި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ހަތް ހިންދޫންނާއި އެއް ސިކް ދަރިވަރެކެވެ. މިއީ ހިންދޫ ދީނީ ޖަމާއަތަކުން އިސްނަގައިގެން، ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ މި ކޮލެޖުން ނެގި ފުރަތަމަ ބެޗެވެ.

އިންޑިއާގެ ހުރިހާ މެޑިކަލް ކޮލެޖަކަށް ވެސް، އެއީ އަމިއްލަ ތަނެއް ކަމުގައި ވިޔަސް ނުވަތަ ސަރުކާރުގެ ތަނެއް ކަމުގައި ވިޔަސް، ދަރިވަރުން ހޮވަނީ މަރުކަޒީކޮށް ބާއްވާ 'ނޭޝަނަލް އެންޓްރެންސް އެގްޒެމިނޭޝަން ޓެސްޓް' (ނީޓް) އިމްތިހާނު ހަދައިގެންނެވެ. މިއީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ 'ނޭޝަނަލް ޓެސްޓިންގ އެޖެންސީ' (އެންޓީއޭ) އިން ބާއްވާ އިމްތިހާނެކެވެ.

ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވާއިރު، ގިނަ ދަރިވަރުން މަސައްކަތް ކުރަނީ ފީ ކުޑަ ސަރުކާރު ކޮލެޖުތަކުން ޖާގަ ހޯދުމަށެވެ. ނަމަވެސް އެފަދަ ތަންތަނަށް ވަދެވެނީ ވަރަށް މަތީ މާކްސްއެއް ލިބިގެންނެވެ. އަމިއްލަ ކޮލެޖުތަކަށް ވަދެވެނީ ސަރުކާރު ކޮލެޖުތަކުން ފުރުސަތު ނުލިބޭ، ނަމަވެސް އިމްތިހާނުން ވަކި ފާހެއް ލިބޭ ދަރިވަރުންނަށެވެ.

ކޮލެޖުގެ ފުރަތަމަ ބެޗުގައި މުސްލިމް ދަރިވަރުން ގިނަ އަދަދަކަށް ހިމެނޭކަން އެނގުމާއެކު، އެ ސަރަހައްދުގެ ހިންދޫ ޖަމާއަތްތަކުން ވަނީ އެ ދަރިވަރުންގެ އެޑްމިޝަން ބާތިލްކުރުމަށް ގޮވާލާ މުޒާހަރާ ފަށާފަ އެވެ. އެފަރާތްތަކުން ބުނަމުން ދިޔައީ މި ކޮލެޖަކީ ކަޝްމީރުގެ މަޝްހޫރު ހިންދޫ ފައްޅިއެއް ކަމަށްވާ 'މާތާ ވައިޝްނޯ ދޭވީ' އަށް މީހުން ހަދިޔާކުރާ ފައިސާއިން ހިންގާ ތަނަކަށް ވާތީ، މުސްލިމް ދަރިވަރުންނަށް އެތަނުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. މި އިހުތިޖާޖުތައް ހަފުތާތަކަކަށް ދެމިގެންދިޔައިރު، ކޮލެޖު ދޮރުމަތީގައި ކޮންމެ ދުވަހަކު އަޑުގަދަކޮށް މުޒާހަރާ ކުރަމުން ދިޔައެވެ.

މި ދަނޑިވަޅުގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީ.ޖޭ.ޕީ އަށް ނިސްބަތްވާ އެ ސަރަހައްދު ތަމްސީލު ކުރާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ކަޝްމީރުގެ ލެފްޓިނަންޓް ގަވަރުނަރަށް ސިޓީ ފޮނުއްވައި، އެ ކޮލެޖުން ޖާގަ ދޭންވާނީ ހަމައެކަނި ހިންދޫ ދަރިވަރުންނަށް ކަމަށް ބުނެ ޕްރެޝަރު ކޮށްފަ އެވެ. 2014 ވަނަ އަހަރުން ފެށިގެން މޯދީގެ ސަރުކާރަކީ މުސްލިމުންނާ އިދިކޮޅު ސިޔާސަތުތައް ގެންގުޅޭ ކަމުގެ ތުހުމަތު ކުރެވިފައިވާ ސަރުކާރެކެވެ.

މުޒާހަރާތައް ވަރުގަދަވަމުން ގޮސް، އެމީހުންގެ ޑިމާންޑްތައް ބަދަލުވެ، އެންމެ ފަހުން ކޮލެޖު އެއްކޮށް ބަންދުކުރުމަށް ގޮވާލަން ފެށި އެވެ.

އެންމެ ފަހުން، ޖެނުއަރީ 6 ވަނަ ދުވަހު ނޭޝަނަލް މެޑިކަލް ކޮމިޝަނުން ވަނީ އެ ކޮލެޖުގެ ހުއްދަ ބާތިލްކުރިކަން އިއުލާންކޮށްފަ އެވެ. އެ އިދާރާ އިން ސަބަބެއްގެ ގޮތުގައި ބުނީ، ކޮލެޖުގައި މެޑިކަލް ކޯސްތައް ހިންގުމަށް ބޭނުންވާ އެންމެ އަސާސީ ފެންވަރުގެ ވަސީލަތްތައް ނެތުމެވެ. އޭގެ ތެރޭގައި ކިޔަވައިދޭ މުދައްރިސުންގެ މަދުކަމާއި، އެނދުގެ އަދަދާއި، ބަލިމީހުން ބަލާ މިންވަރާއި، ލައިބްރަރީ އަދި އޮޕަރޭޝަން ތިއޭޓަރުތަކުގެ ފެންވަރު ދަށްވުން ހިމެނޭ ކަމަށް އެން.އެމް.ސީ އިން ބުންޏެވެ. އަދި އޭގެ އަނެއް ދުވަހު، ކޮލެޖު ހިންގުމަށް ދީފައިވާ ރަސްމީ ހުއްދަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ކަޝްމީރުއިންޑާޝްރީ މާތާ ވައިޝްނޯ ދޭވީ މެޑިކަލް އިންސްޓިޓިއުޓްނަރެންދުރަ މޯދީ ބީޖޭޕީ ހިންދޫ-މުސްލިމް ހަމަ ނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ

މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ

13 ޖެނުއަރީ 2026
އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާގެ ދައުރު މުހިންމު: ސަޖިތު ޕްރޭމަދާސަ

އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާގެ ދައުރު މުހިންމު: ސަޖިތު ޕްރޭމަދާސަ

05 ޖެނުއަރީ 2026
އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

30 ޑިސެމްބަރު 2025
އިންޑިއާ އިން ސްރީލަންކާ އަށް 450 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

އިންޑިއާ އިން ސްރީލަންކާ އަށް 450 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

23 ޑިސެމްބަރު 2025
މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު