Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާން

ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ހަމަލާތަކެއްގައި މަދުވެގެން އަށް ފުލުހުން މަރާލައިފި

ބަލޮޗިސްތާން ލިބަރޭޝަން އާމީން ވަނީ މި ހަމަލާތަކުގެ ޒިންމާ އުފުލާފަ. ގުދުރަތީ މައުދަނުން މުއްސަނދި ނަމަވެސް ފަގީރު މި ޕްރޮވިންސްގައި ދައުލަތުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާދޭ ގްރޫޕްތަކެއް ދަނީ ހަރަކާތްތެރިވަމުން.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 11:01
ޕާކިސްތާނުގެ ކުއެޓާގައި 2006 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ކުރިއަށްދިޔަ ހަމަނުޖެހުން ބޮޑު މުޒާހަރާއެއްގެ ތެރޭގައި، ރޯކޮށްލާފައިވާ ކުނިތަކެއްގެ ކައިރިން ހަމަނުޖެހުން ހިންގާ މީހުން ދުވެފައި ދަނީ.

ޕާކިސްތާނުގެ ކުއެޓާގައި 2006 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ކުރިއަށްދިޔަ ހަމަނުޖެހުން ބޮޑު މުޒާހަރާއެއްގެ ތެރޭގައި، ރޯކޮށްލާފައިވާ ކުނިތަކެއްގެ ކައިރިން ހަމަނުޖެހުން ހިންގާ މީހުން ދުވެފައި ދަނީ. | ގެޓީ އިމޭޖަސް

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ނުވަތަ ރޭވުންތެރި ހަމަލާތަކެއްގައި މަދުވެގެން ފުލުހުންގެ އަށް މީހަކު މަރާލާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ފަތިހު އެތަނުގެ ގަޑިން 6:00  ހާއިރު ފެށި މި ހަމަލާތަކުގައި، ބަލޮޗިސްތާނުގެ ވެރިރަށް ކުއެޓާގައި ހުންނަ ފުލުހުންގެ ބައެއް މަރުކަޒުތަކަށް ބަލޮޗް ނަސްލުގެ ހަނގުރާމަވެރިން ވަނީ ހަމަލާ ދީފަ އެވެ. އަފްޣާނިސްތާނާއި އީރާނާ ބޯޑަރު ހިއްސާކުރާ، ގުދުރަތީ މައުދަނުން މުއްސަނދި މި ޕްރޮވިންސްގައި ދައުލަތުގެ ސަލާމަތީ ބާރުތަކަށާއި، ބޭރު ގައުމުތަކުގެ މީހުންނަށާއި އެ ސަރަހައްދަށް ނިސްބަތްނުވާ މީހުންނަށް އަމާޒުކޮށް ވަކިވެގަންނަން މަސައްކަތްކުރާ ގްރޫޕްތަކުން ހަރަކާތްތެރިވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ.

މީޑިއާ އަށް މައުލޫމާތު ދިނުމުގެ ހުއްދަ ނެތުމުން ނަން ހާމަނުކުރުމަށް އެދި ކުއެޓާގައި ހުންނަވާ ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަޑީގެ ހަމަލާތަކާއި އަމިއްލަ އަށް މަރުވެގެންދޭ ބޮމުގެ ހަމަލާތައް ބަލޮޗިސްތާނުގެ އެކި ސަރަހައްދުތަކުގައި ދެމުންދާ ކަމަށެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ކުއެޓާ، ޕަސްނީ، މަސްޓުންގް، ނުޝްކީ އަދި ގްވަދަރު ޑިސްޓްރިކްޓް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވި ނަމަވެސް، ސަލާމަތީ ބާރުތަކުން ދިން ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުންނާއި ހަމަލާ ރޭވުމުގައި ހުރި އުނިކަންކަމުގެ ސަބަބުން ހަނގުރާމަވެރިންގެ ރޭވުން ނާކާމިޔާބުވެފައިވާ ކަމަށް އެ އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ ބައެއް މެންބަރުން ހަނގުރާމަވެރިން ރަހީނުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ޚާއްސަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެން އިންޓަނެޓާއި ރޭލުގެ ޚިދުމަތް ވަނީ މެދުކަނޑާލާފަ އެވެ.

އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޕްރޮވިންސްގައި އެންމެ ހަރަކާތްތެރި ވަކިވެގަންނަން މަސައްކަތްކުރާ ޖަމާއަތް ކަމަށްވާ ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ މި ހަމަލާތަކުގެ ޒިންމާ އުފުލާފަ އެވެ. އެ ޖަމާއަތުން ބުނެފައި ވަނީ ބަޑީގެ ހަމަލާތަކާއި އަމިއްލަ އަށް މަރުވެގެންދޭ ބޮމުގެ ހަމަލާތަކުގައި އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކަށާއި، ފުލުހުންނާއި ސިވިލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލުންނަށް ކަމަށެވެ.

ބީއެލްއޭގެ މި ދައުވާއާ ގުޅޭގޮތުން ޕާކިސްތާނު ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހޮނިހިރު ދުވަހު މި ހަމަލާތައް ދީފައިވަނީ، ބަލޮޗިސްތާނުގެ އެކި ސަރަހައްދުތަކުގައި ހިންގި ދެ އޮޕަރޭޝަނެއްގައި ހަތިޔާރު އެޅި 41 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޕާކިސްތާނު އަސްކަރިއްޔާއިން ބުނިތާ އެއްދުވަސް ފަހުންނެވެ. ބަލޮޗިސްތާނަކީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ތަނެއް ނަމަވެސް، އެއީ ޕާކިސްތާނުގެ އެންމެ ފަގީރު ޕްރޮވިންސެވެ.

ފަހަކަށް އައިސް ބަލޮޗް ހަނގުރާމަވެރިން ވަނީ އެ ސަރަހައްދުގައި މަސައްކަތްކުރާ އަވަށްޓެރި ޕްރޮވިންސްތަކުގެ މީހުންނަށާއި، އެ ޕްރޮވިންސްގެ މުއްސަނދިކަން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް އެމީހުން ތުހުމަތުކުރާ ބޭރުގެ ހަކަތަ އުފައްދާ ކުންފުނިތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.

ޕާކިސްތާންބަލޮޗިސްތާންކުއެޓާބަލޮޗިސްތާން ލިބަރޭޝަން އާމީއަފްޣާނިސްތާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން، ޕާކިސްތާނުގައި ހައްގު ތަކަށް މަސައްކަތް ކުރާ ދެ ވަކީލަކަށް 17 އަހަރުގެ ޙުކުމެއް

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން، ޕާކިސްތާނުގައި ހައްގު ތަކަށް މަސައްކަތް ކުރާ ދެ ވަކީލަކަށް 17 އަހަރުގެ ޙުކުމެއް

25 ޖެނުއަރީ 2026
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

19 ޖެނުއަރީ 2026
ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ

18 ޖެނުއަރީ 2026
ޕާކިސްތާނުގެ ގައުމީ އެއަރލައިންގެ މޭޖަރ ޝެއަރ 482 މިލިއަން ޑޮލަރަށް ވިއްކާލައިފި

ޕާކިސްތާނުގެ ގައުމީ އެއަރލައިންގެ މޭޖަރ ޝެއަރ 482 މިލިއަން ޑޮލަރަށް ވިއްކާލައިފި

26 ޑިސެމްބަރު 2025
ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު