Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން، ޕާކިސްތާނުގައި ހައްގު ތަކަށް މަސައްކަތް ކުރާ ދެ ވަކީލަކަށް 17 އަހަރުގެ ޙުކުމެއް

25 ޖެނުއަރީ 2026 | އާދީއްތަ 07:01

ކޯޓުގެ ޙުކުމުގައި ބުނެފައި ވަނީ މާޒާރީ ފާއިތުވި އަހަރު ތަކުގައި އެކްސްގައި ޕޯސްޓު ކޮށްފައިވާ ކަމަށް. އެ ޕޯސްޓުތަކާއި، މަނާ ކުރެވިފައިވާ ޕާކިސްތާނީ ޠާލިބާނުގެ އެޖެންޑާ ދައްކުވައިދޭ ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2026 | އާދީއްތަ 07:01
17 އަހަރުގެ ޖަލު ޙުކުމެއް އިއްވި ޕާކިސްތާންގެ ދެމަފިރިން

17 އަހަރުގެ ޖަލު ޙުކުމެއް އިއްވި ޕާކިސްތާންގެ ދެމަފިރިން | އޭއެފްޕީ

ޕާކިސްތާންގައި އިންސާނީ ހައްގު ތަކަށް ވަކާލާތުކޮށް، އެކަމަށް މަސައްކަތް ކުރަމުން އައި ދެ ޤާނޫނީ ވަކީލަކަށް 17 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި އެވެ. 

ޕާކިސްތާންގެ ކޯޓަކުން މި ޙުކުމް އިއްވާފައި ވަނީ ހޮނިހިރު ދުވަހު އެވެ. އެއީ ސޯޝަލް މީޑިއާގައި އެ ދެ ވަކީލުން ކޮށްފައިވާ ޕޯސްޓު ތަކެއްގެ ސަބަބުންނެވެ. އެ ޕޯސްޓުގައި ހިިމަނާފައިވާ ލިޔެކިޔުން ތަކަކީ ދައުލަތަށާއި، ސަލާމަތީ އިދާރާތަކާ ދެކޮޅު ލިޔުން ތަކެއް ކަމަށް އެ ޤައުމުގެ އިސްވެރިން ވަނީ ތުހުމަތު ކޮށްފަ އެވެ. 

ފަނޑިޔާރު އަފްޒަލް މަޖޯކާ މި ޙުކުމް ކުރައްވާފައި ވަނީ ޒައިނަބު މަޒާރީ އާއި އޭނާގެ ފިރިމީހާ ހާދީ އަލީ ޗައްތާ، އިސްލާމްއާބާދުން ހައްޔަރު ކުރިތާ އެއް ދުވަސް ފަހުންނެވެ. ކޯޓުގެ ލިޔެ ކިޔުން ތަކުން އެކަން ހާމަވާއިރު، މި ދެމަފިރިން ޝަރީއަތުގައި ބައިވެރިވެފައި ވަނީ ވީޑިއޯ މެދުވެރިކޮށެވެ. 

ކޯޓުގެ ޙުކުމުގައި ބުނެފައި ވަނީ މާޒާރީ ފާއިތުވި އަހަރު ތަކުގައި އެކްސްގައި ޕޯސްޓު ކޮށްފައިވާ ކަމަށެވެ. އެ ޕޯސްޓުތަކާއި، މަނާ ކުރެވިފައިވާ ޕާކިސްތާނީ ޠާލިބާނުގެ އެޖެންޑާ ދައްކުވައިދޭ ކަމަށް ބުނެފައިވެ އެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި، ނެޝަނަލް ސައިބާ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީ އަށް ހުށަހެޅި ޝަކުވާ އަކާ ގުޅިގެންނެވެ. 

އެ ޝަކުވާގައި ބުނެފައި ވަނީ މި ދެމަފިރިން ސޯޝަލް މީޑިއާ ބޭނުން ކޮށްގެން ދައުލަތާއި ސަލާމަތީ އިދާރާ ތަކުގެ ނަން ހަޑި ކޮށްފައިވާ ކަމަށެވެ. އެ ދެމަފިރިންގެ މައްޗަށް މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ރަސްމީކޮށް ދައުވާ ކުރި ނަމަވެސް، ކޯޓަށް ހާޒިރު ކުރުމުން އޭރު ދޫކޮށްލާފައިވެ އެވެ. 

ފަނޑިޔާރު ކުރެއްވި ޙުކުމުގައި ވިދާޅުވެފައި ވަނީ މަޒާރީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ވަރަށް ބޮޑާށް ދައުލަތާ ދެކޮޅު ކޮންޓެންޓް ސޯޝަލް މިީޑިއާގައި ފަތުރާފައިވާ ކަމަށެވެ. އަަދި އެކަން ކޮށްފައި ވަނީ އޭނާގެ ފިރިމީހާގެ ފުރިހަމަ އެއްބާރުލުމާ އެކު ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. ޕްރޮސެކިއުޝަން އިން މަޒާރީ އަށް ތުހުމަތު ކޮށްފައި ވަނީ ދުޝްމަން ޓެރަރިސްޓު ގުރޫޕް ތަކާއި، މަނާ ކުރެވިފައިވާ ޖަމާއަތްތަކާއި، އަދި ފަރުދުންނާ އެއް ހަމައަކުންނެވެ. 

މަޒާރީ އާއި އޭނާގެ ފިރިމީހާ ހައްޔަރު ކުރުމާ އެކު، އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާ އެކި ޖަމިއްޔާ ތަކުން ވަނީ އެ ދެމަފިރިން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ދެމަފިރިން ހައްޔަރު ކުރުމަކީ ޕާކިސްތާންގެ އިސްވެރިން ކުރިއަށް ގެންދާ ބިރު ދެއްކުމުގެ އަމަލު ތަކުގެ ފަހުގެ އަމަލެއް ކަމަށެވެ. 

މީގެ އިތުރުން އެމްނެސްޓީ އިން ބުނެފައި ވަނީ އެ ދެމަފިރިން ހައްޔަރު ކޮށްފައި ވަނީ ކޯޓުގެ އަޑު އެހުން ތަކަށް ފުރިހަމަ އަށް އެއްބާރުލުން ދެމުން އަންނަނިކޮށް ކަމަށާއި، ހަމަލާ ދިނުމުގައި ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ހެކިން ބުނެފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާންގެ ސަރުކާރުން ވަނީ އެ ހުކުމަށް ތައުރީފު ކޮށްފަ އެވެ.

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

ޕާކިސްތާންއެމްނެސްޓީ އިންޓަނޭޝަނަލްޕާކިސްތާން ތާލިބާންއިންސާނީ ހައްޤުތައް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ

18 ޖެނުއަރީ 2026
ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ
26 ޑިސެމްބަރު 2025

ޕާކިސްތާނުގެ ގައުމީ އެއަރލައިންގެ މޭޖަރ ޝެއަރ 482 މިލިއަން ޑޮލަރަށް ވިއްކާލައިފި

26 ޑިސެމްބަރު 2025
ޕާކިސްތާނުގެ ގައުމީ އެއަރލައިންގެ މޭޖަރ ޝެއަރ 482 މިލިއަން ޑޮލަރަށް ވިއްކާލައިފި
23 ޑިސެމްބަރު 2025

ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

23 ޑިސެމްބަރު 2025
ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި
20 ޑިސެމްބަރު 2025

އިމްރާން ޚާނާއި އަނބިކަނބަލުންނަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

20 ޑިސެމްބަރު 2025
އިމްރާން ޚާނާއި އަނބިކަނބަލުންނަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
18 ޑިސެމްބަރު 2025

ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި

18 ޑިސެމްބަރު 2025
ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް