Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިޕާ ވައިރަސް

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

ވެސްޓް ބެންގާލް އިން ނިޕާ ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި 180 އަށްވުރެ ގިނަ މީހުން ކަރަންޓީނު ކޮށްފައިވާ އިރު، އެ ސަރަހައްދަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރޭ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 18:17
މާސްކް އަޅައިގެން ދާ ދެމީހަކު

މާސްކް އަޅައިގެން ދާ ދެމީހަކު | ރާއްޖެއެމްވީ

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ ކަމަށާއި، ނަމަވެސް އެ ބަލީގެ ކޭސްތައް ފެނިފައިވާ، އަވަށްޓެރި އިންޑިއާގެ ވެސްޓް ބެންގާލް އަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ، ވެސްޓް ބެންގާލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި 180އަށް ވުރެ ގިނަ މީހުން ދެނެގަނެވި އެ މީހުން މިހާރު ކަރަންޓީނުފައިވާ ކަމަށެވެ. އަދި ކަރަންޓީނު ކޮށްފައިވާ މީހުންގެ ހާލަތު ދަނީ އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ގާތުން ބަލަމުން ކަމަށް އެ އިދާރާއިން ބުންޏެވެ.

Advertisement - newsAdvertisement

އަދި ބަލި ޖެހިގެން އިތުރު ކޭސްއެއް މިއަދާ ހަމައަށް ފެނިފައިނުވާއިރު، މި ކޭސްތަކާ ގުޅިގެން އިންޑިއާގެ އިތުރު އެހެން އެއްވެސް ސަރަހައްދަކުން އަދި އެހެން ގައުމަކުން އެ ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ. 

ދިވެހީން އާންމުކޮށް ދަތުރުކުރާ އިންޑިއާ އިން މި މަހު ވަނީ ނިޕާ ވައިރަހުގެ ކޭސްތަކެއް ފެނިފައެވެ. އެގޮތުން އިންޑިއާގެ ވެސްޓް ބެންގާލް އިން ނިޕާ ވައިރަހަށް ޕޮޒިޓިވް ތިން މީހަކު ވަނީ ފެނިފަ އެވެ. މީގެ ކުރީ އަހަރުތަކުގައި ނިޕާ ވައިރަހުގެ ކޭސްތަކެއް އިންޑިއާ އާއި އެހެން ގައުމުތަކުން ވެސް ފެނިފައިވެ އެވެ. އެހެންކަމުން ބަލި ފެނިފައިވާ ވެސްޓް ބެންގާލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެ އިދާރާއިން ބުންޏެވެ.

ނިޕާ ވައިރަހަކީ ޓެރަޕޯސް އާއިލާގެ ވާލުންނާއި އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. މި ބާވަތުގެ ވާ ކައިފައިޗާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތި ބޭނުން ކުރުމުން އިންސާނުންނަށް ބަލި ފެތުރެއެވެ. އަދި ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.

ބަލި ޖެހޭ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރު ބަލި ބޮޑުވަމުންދާ ވަރކަށް ބައެެއް މީހުންގެ ސިކުނޑި އަށް އަސަރުކޮށް، ވާނުވާ ނޭނގުން، ނުވަތަ ފިޓު ޖެހުން ހިމެނެ އެވެ.

ނިޕާ ވައިރަސް އެޗް.ޕީ.އޭއިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި

އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި

26 ޖެނުއަރީ 2026
ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި

ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި

15 ޖެނުއަރީ 2026
ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި

ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި

08 ޖެނުއަރީ 2026
ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

07 ޖެނުއަރީ 2026
އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު