Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ނިޕާ ވައިރަސް

ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

އިންޑިއާގެ ހުޅަނގު ބެންގާލުން ނިޕާ ވައިރަސްގެ ދެ ކޭސް ފެނިފައިވާއިރު، ބަލި ޖެހުނު މީހުންނާ ބައްދަލުވި 196 މީހުންގެ ޓެސްޓު ނެގެޓިވް ވެފައިވާ ކަމަށް އިންޑިއާ ގެ ހެލްތު މިނިސްޓްރީން ބުނޭ. މި ބައްޔަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ފެތުރޭ، މަރުވާ ނިސްބަތް 40-75 އިންސައްތައިގައި އުޅޭ ނުރައްކާތެރި ބައްޔެއް.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 15:30
2023 ސެޕްޓެމްބަރު 16 ވަނަ ދުވަހު، އިންޑިއާގެ ދެކުނުގެ ކެރެލާގެ ކޮޒިކޯޑްގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި، ނިޕާ ވައިރަހުގެ އަލާމާތްތައް ހުރި މީހަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކޮށް ބަލަހައްޓާ ވޯޑަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ.

2023 ސެޕްޓެމްބަރު 16 ވަނަ ދުވަހު، އިންޑިއާގެ ދެކުނުގެ ކެރެލާގެ ކޮޒިކޯޑްގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި، ނިޕާ ވައިރަހުގެ އަލާމާތްތައް ހުރި މީހަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކޮށް ބަލަހައްޓާ ވޯޑަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ. | ގެޓީ އިމޭޖަސް

އިންޑިއާގެ ހުޅަނގު ބެންގާލް ސްޓޭޓުން ނިޕާ ވައިރަސްގެ ދެ ކޭސް އެއް ފެނިފައިވަނިކޮށް، ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓު ކޮށްފި އެވެ.

މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އޭޝިއާގެ ބައެއް ޤައުމުތަކުން މިހާރު ވަނީ އެއާޕޯޓްތަކުގައި ސިއްޙީ ފާސްކުރުންތަކާއި ފާރަވެރިވުން ވަރުގަދަކޮށްފައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ނިޕާ ވައިރަސްގެ ދެ ކޭސް އެއް ފެނިފައިވާ ކަމަށާއި، އެ މީހުންނާ ބައްދަލުވި އެންމެން ވަނީ ކަރަންޓީނުކޮށް ޓެސްޓު ކުރެވިފައި ކަމަށެވެ. ބަލިޖެހުނު މީހުންގެ ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. ނަމަވެސް، އެ މީހުންނާ ކޮންޓެކްޓްވި 196 މީހަކު ދެނެގަނެވިފައިވާ ކަމަށާއި، އެ އެންމެންގެ ޓެސްޓުތައް ނެގެޓިވްވެފައިވާ ކަމަށް ބުންޏެވެ.

"މި ހާލަތު ދަނީ މެދުނުކެނޑި މޮނިޓަރު ކުރެވެމުން. އަދި އާންމު ސިއްޙަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވަނީ އަޅާފައި،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ނިޕާ ވައިރަހަކީ 1990 ގެ އަހަރުތަކުގައި ފުރަތަމަ ފަހަރަށް މެލޭޝިއާ އިން ފެނުނު، ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ފެތުރޭ ވައިރަހެކެވެ. މިއީ ވާލާއި، އޫރާއި، އަދި އެކަކު އަނެކަކުގެ ފަރާތުން ފެތުރޭ ބައްޔެކެވެ. މި ބައްޔަށް މިހާތަނަށް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ފިޓު ޖެހުމާއި، ހޮޑުލުން ހިމެނެ އެވެ. މި ބައްޔަށް ދެވޭ ހަމައެކަނި ފަރުވާއަކީ ބަލީގެ ސަބަބުން ދިމާވާ އިތުރު އުނދަގޫތައް ކޮންޓްރޯލްކޮށް، ބަލިމީހާ އަށް ލުއިކޮށްދިނުމަށް ދެވޭ އެހީތެރިކަމެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކުރާ ގޮތުގައި، މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް އުޅެނީ 40 އިންސައްތަ އާއި 75 އިންސައްތަ އާ ދެމެދުގަ އެވެ. މިއީ ކޮވިޑް-19 އަށްވުރެ މާ ނުރައްކާތެރި ބައްޔެކެވެ.

އިންޑިއާ ފިޔަވައި އެހެން އެއްވެސް ޤައުމަކުން މި ބަލީގެ ކޭސްއެއް އަދި ފެނިފައެއް ނުވެއެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭޝިއާގެ ބައެއް ޤައުމުތަކުން ވަނީ އެއާޕޯޓްތަކުގައި ސްކްރީން ކުރުން އިތުރުކޮށްފައެވެ. މި ފިޔަވަޅުތައް ވަރުގަދަކުރީ އިންޑިއާގައި ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އެހެންނަމަވެސް، ސިއްޙީ އިދާރާތަކުން ބުނަނީ އެއީ ސައްޙަ މަޢުލޫމާތެއް ނޫން ކަމަށެވެ.

އިންޑޮނޭޝިއާ އާއި ތައިލެންޑުގެ ބޮޑެތި އެއާޕޯޓްތަކުގައި ދަތުރުވެރިންގެ ހުން ބެލުމާއި، ސިއްޙީ ލިޔެކިޔުންތައް ޗެކްކުރުން ވަނީ ފަށާފަ އެވެ. ތައިލެންޑުގެ ބެންކޮކްގެ ސުވަރްނަބޫމީ އެއާޕޯޓުގައި، ހުޅަނގު ބެންގާލުން އަންނަ ފްލައިޓްތަކުން ފައިބާ މީހުންގެ ހުން ބެލުމަށް ތާމަލް ސްކޭނަރުތައް ވަނީ ބަހައްޓާފަ އެވެ.

މިޔަންމާގެ ހެލްތު މިނިސްޓްރީން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ހުޅަނގު ބެންގާލަށް ނުކުރުމަށް އިރުޝާދު ދީފަ އެވެ. އަދި ދަތުރުކޮށްފައި އަންނަތާ 14 ދުވަސް ތެރޭގައި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ފަރުވާ ހޯދުމަށް ވަނީ އެދިފަ އެވެ. ވިއެޓްނާމުން ވެސް ވަނީ ބޯޑަރުތަކާއި ސިއްޙީ މަރުކަޒުތަކުގައި ފާރަވެރިވުން އިތުރުކުރުމަށް އަންގާފަ އެވެ.

ޗައިނާ އިން ވެސް ވަނީ ބޯޑަރު ސަރަހައްދުތަކުގައި ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ސިއްޙީ ދާއިރާގެ މުވައްޒަފުން ތަމްރީނުކުރުމާއި ޓެސްޓު ކުރުމުގެ ޤާބިލުކަން އިތުރުކުރަން ފަށާފަ އެވެ.

ކުރިން 2001 އަދި 2007 ވަނަ އަހަރު ވެސް ހުޅަނގު ބެންގާލުން ނިޕާ ވައިރަސް ފެނިފައިވެ އެވެ. ނަމަވެސް ފަހަކަށް އައިސް މި ބަލި ގިނައިން ފެންނަނީ އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓުންނެވެ. އެގޮތުން 2018 ވަނަ އަހަރު ކެރެލާ ގައި މި ބަލި ފެތުރުމުގެ ސަބަބުން މަދުވެގެން 17 މީހުން މަރުވެފައިވެ އެވެ.

ނިޕާ ވައިރަސް ހުޅަނގު ބެންގާލްއިންޑިއާޑަބްލިޔުއެޗްއޯއާއްމު ސިއްހަތު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

27 ޖެނުއަރީ 2026
އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި

އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި

26 ޖެނުއަރީ 2026
ނިދާ އެނދުގެ ބެޑް ޝީޓާއި ބާލީހާއި އުރަ ބަދަލު ކުރަން ޖެހޭނީ ކިހާ އަވަސް އަވަހަށް ހެއްޔެވެ؟

ނިދާ އެނދުގެ ބެޑް ޝީޓާއި ބާލީހާއި އުރަ ބަދަލު ކުރަން ޖެހޭނީ ކިހާ އަވަސް އަވަހަށް ހެއްޔެވެ؟

23 ޖެނުއަރީ 2026
ކްރިއޭޓިން: ހަށިގަނޑު ބިނާކުރުމަށް ބޭނުންކުރާ ސަޕްލިމެންޓެއް، ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ ވެސް އެއްޗެއް

ކްރިއޭޓިން: ހަށިގަނޑު ބިނާކުރުމަށް ބޭނުންކުރާ ސަޕްލިމެންޓެއް، ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ ވެސް އެއްޗެއް

17 ޖެނުއަރީ 2026
ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި

ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު