Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ޓޮޓެންހަމާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮތް ނަމަވެސް، މެޗު އެއްވަރުވެ އެ ފުރުސަތު ވަނީ ގެއްލިފައި. މިހާތަނަށް ކުޅެފައިވާ 24 މެޗުން ސިޓީ އަށް 47 ޕޮއިންޓު ލިބޭއިރު، ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް ލިބެނީ 53 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ފެބުރުއަރީ 2026 | ހޯމަ 05:09
ލީގުގައި ސިޓީ އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން

ލީގުގައި ސިޓީ އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު މެންޗެސްޓަރ ސިޓީ އިން ނަގާލައިފި އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ސިޓީ އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޓޮޓެންހަމް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ ރަޔަން ޗާކީ އެވެ. އެއީ ނޯވޭގެ ފޯވާޑު އާލިން ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ފުރަތަމަ ހާާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އެންޓޮއިން ސެމެންޔޯ ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު ޓޮޓެންހަމް އަށް ޖަހައިދިނީ ޑޮމިނިކް ސޮލާންކޭ އެވެ. އޭގެ ފަހުން މެޗުގައި ދެ ވަނަ ލަޏޑެއް ޖަަހައި ނަތީޖާ ހަމަހަމަ ކުރުމަށް ޓޮޓެންހަމް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 70 ވަނަ މިނެޓުގަ އެވެ. ދެ ވަނަ ލަަނޑެއް ވެސް ޖަހައި، ސިޓީ ކައިރިން ޓޮޓެންހަމް އަށް ޕޮއިންޓެއް ހޯދަދިނީ ވެސް ސޮލާންކޭ އެވެ. 

މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮތް ނަމަވެސް، މެޗު އެއްވަރުވެ އެ ފުރުސަތު ވަނީ ގެއްލިފަ އެވެ. މިހާތަނަށް ކުޅެފައިވާ 24 މެޗުން ސިޓީ އަށް 47 ޕޮއިންޓު ލިބޭއިރު، ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް ލިބެނީ 53 ޕޮއިންޓެވެ. 

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ފުލަމް ވެސް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު މިސްރާބުގައި

02 ފެބުރުއަރީ 2026
ފުލަމް ވެސް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު މިސްރާބުގައި
01 ފެބުރުއަރީ 2026

ނިއުކާސަލް ބަލިކޮށް، ލިވަޕޫލް ފަސް ވަނަ އަށް

01 ފެބުރުއަރީ 2026
ނިއުކާސަލް ބަލިކޮށް، ލިވަޕޫލް ފަސް ވަނަ އަށް
01 ފެބުރުއަރީ 2026

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

01 ފެބުރުއަރީ 2026
ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި
01 ފެބުރުއަރީ 2026

ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

01 ފެބުރުއަރީ 2026
ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
01 ފެބުރުއަރީ 2026

ސްކާފު އަޅައިގެން ހުރެ، ގާޑިއޯލާ ބުނީ ޣައްޒާގެ ކުޑަ ކުދިން އުޅޭ ޙާލު ފެނުމުން ހިތްދަތިވާ ކަމަށް

01 ފެބުރުއަރީ 2026
ސްކާފު އަޅައިގެން ހުރެ، ގާޑިއޯލާ ބުނީ ޣައްޒާގެ ކުޑަ ކުދިން އުޅޭ ޙާލު ފެނުމުން ހިތްދަތިވާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު