Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ނިއުކާސަލް ބަލިކޮށް، ލިވަޕޫލް ފަސް ވަނަ އަށް

މެޗުން މޮޅުވެ ލިވަޕޫލް އިން ލީގު ތާވަލްގެ ފަސް ވަނަ އަށް ޖެހިލާފައިވާއިރު، މިހާތަނަށް ކުޅެފައިވާ 24 މެޗުން އެ ޓީމަށް ލިބެނީ 39 ޕޮއިންޓު. މި ސީޒަންގައި ލިވަޕޫލްގެ ނަތީޖާތަށް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗު އާން ސްލޮޓަށް އަންނަނީ ފާޑު ކިޔުން އަމާޒު ވަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 03:59
މެެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން ލީގު ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފި އެވެ. 

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ލިވަޕޫލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ކުރި ހޯދައިފަ އެވެ. ލިވަޕޫލްގެ އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ނިއުކާސަލް އަށް ލީޑު ނަގައިދިނީ އެންތަނީ ގޯޑަން އެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ހޫގޯ އެކިޓީކޭ ވަނީ ލަނޑު ޖަހައި ލިވަޕޫލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ދެ މިނެޓު ފަހުންް އެކިޓީކޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލިވަޕޫލް އަށް ކުރި ހޯދައިދީފަ އެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ފްލޯރިއަން ވާޓްޒް އެވެ. އެ ލަނޑު ޖަހަން ވާޓްޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ އިބްރާހިމާ ކޮނާޓޭ އެވެ. 

މެޗުން މޮޅުވެ ލިވަޕޫލް އިން ލީގު ތާވަލްގެ ފަސް ވަނަ އަށް ޖެހިލާފައިވާއިރު، މިހާތަނަށް ކުޅެފައިވާ 24 މެޗުން އެ ޓީމަށް ލިބެނީ 39 ޕޮއިންޓެވެ. މި ސީޒަންގައި ލިވަޕޫލްގެ ނަތީޖާތަށް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗު އާން ސްލޮޓަށް އަންނަނީ ފާޑު ކިޔުން އަމާޒު ވަމުންނެވެ.

ޕްރިމިއަރ ލީގުލިވަޕޫލްނިއުކާސަލް ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

01 ފެބުރުއަރީ 2026
ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

01 ފެބުރުއަރީ 2026
ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ

ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ

29 ޖެނުއަރީ 2026
ބޯންމައުތު އަތް ދަށުވެ، ލިވަޕޫލްގެ ރެކޯޑު ނިމުމަކަށް

ބޯންމައުތު އަތް ދަށުވެ، ލިވަޕޫލްގެ ރެކޯޑު ނިމުމަކަށް

25 ޖެނުއަރީ 2026
ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް

ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް

05 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު