Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޣައްޒާ ހަނގުރާމަ

ސްކާފު އަޅައިގެން ހުރެ، ގާޑިއޯލާ ބުނީ ޣައްޒާގެ ކުޑަ ކުދިން އުޅޭ ޙާލު ފެނުމުން ހިތްދަތިވާ ކަމަށް

އެ އިވެންޓުގައި ބައިވެރިވެ ގާޑިއޯލާ ވާހަކަ ދެއްކިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ސިޓީ އިން ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ގާޑިއޯލާ ބައިވެރިވެފައި ނުވޭ. ސިޓީ އިން ބުނެފައި ވަނީ "އަމިއްލަ ސަބަބަކަށް ޓަކައި" ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބައިވެރި ނުވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 03:52
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ | ރޮއިޓާސް

މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޕެޕް ގާޑިއޯލާ، ފަލަސްޠީނުގެ ޣައްޒާ އާއި އެ ސަރަހައްދުގައި އުޅެމުން އަންނަ ކުޑަ ކުދިންގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

ސްޕެއިންގެ ބާސެލޯނާގައި ބޭއްވި ޗެރިޓީ އެއްވުމެއްގައި ބައިވެރިވެ ގާޑިއޯލާ ވަނީ، ޣައްޒާ އާއި އެ ސަރައްދުގައި އުޅޭ ކުޑަ ކުދިންގެ ދިފާއުގައި "އަސަރު ގަދަ" ވާހަކައެއް ދައްކައިފަ އެވެ. އެ ވާހަކަ ދެއްކިއިރު ގާޑިއޯލާ ބުނީ، ކަރުގައި ސްކާފެއް އަޅައިގެންނެވެ. މީގެ ކުރިން ވެސް ގާޑިއޯލާ ވަނީ ފަލަސްޠީނުގެ ހައްގުގައި ގިނަ ވާހަކަ ތަކެއް ދައްކައިފަ އެވެ. 

އެ އިވެންޓުގައި ބައިވެރިވެ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އޭނާ އަކީ ފަލަސްޠީނަށް ސަޕޯޓު ކުރާ، އެ ޤައުމުގެ ސަޕޯޓަރެއް ކަމަށެވެ. ގާޑިއޯލާ ބުނީ، ވަކި ފަރާތަކަށް ނުޖެހި ހުންނަން ބޭނުންވާ ކަމަށް ބައެއް މީހުން ބުނަމުން ގެންދިޔަ ނަމަވެސް، އޭނާ އެ ގޮތް ބޭނުން ނުވާ ކަމަށެވެ. 

ސޯޝަލް މީޑިއާ އިން ފެންނަނީ ފަލަސްޠީނުގެ މައުސޫމު ކުޑަ ކުދިން، އެ ކުދިންގެ މަންމަ ހޯދަން އުޅޭ މަންޒަރު ކަމަށާއި، އެއީ ހިތްދަތި މަންޒަރެއް ކަމަަށް ގާޑިއޯލާ ބުންޏެވެ. އަބަދު ވެސް އޭނާ އަށް ސިފަ ވަނީ، ދުނިޔެ އަށް މުޚާތަބުކޮށް "ކަލޭމެން ކޮބާ" ހޭ އެ މީހުން ބުނާ އިޙުސާސް ކަމަށެވެ. އަދި އެހީތެރިކަމަށް އެދި އާދޭސް ކުރަމުން ދާ ކަމަށް ގާޑިއޯލާ ފާހަގަ ކުރި އެވެ. 

މީގެ އިތުރުން ގާޑިއޯލާ ބުނީ، ފަލަސްޠީނުގެ ހައްގުގައި އޭނާ ވާހަކަ ދައްކާނެ ކަމަށާއި، އެ އަޑު އުފުލުން ހުއްޓައި ނުލާނެ ކަމަށެވެ. އަދި ފަލަސްޠީނަށްޓަކައި އޭނާ އަށް އެހީތެރިކަން ދެވެން އޮތް ކޮންމެ ގޮތަކަށް، އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ. އެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އޭނާ ހުރީ ފަލަސްޠީނާ އެކު ކަމަށެވެ. 

އެ އިވެންޓުގައި ބައިވެރިވެ ގާޑިއޯލާ ވާހަކަ ދެއްކިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ސިޓީ އިން ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ގާޑިއޯލާ ބައިވެރިވެފައި ނުވެ އެވެ. ސިޓީ އިން ބުނެފައި ވަނީ "އަމިއްލަ ސަބަބަކަށް ޓަކައި" ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބައިވެރި ނުވާނެ ކަމަށެވެ. އޭނާގެ ބަދަލުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރި ވެފައި ވަނީ އެސިސްޓެންޓު ކޯޗެވެ.

މީގެ ކުރިން ވެސް ފަލަސްޠީނުގެ މައްސަލައިގައި ގާޑިއޯލާ ވާހަކަ ދައްކާފައިވާއިރު، އޭނާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމައު އާއި، ދުނިޔޭގެ ލީޑަރުންނަށް ވަރަށް ބޮޑަށް ނުރުހުން އަމާޒު ކޮށްފަ އެވެ. އޭރު ގާޑިއޯލާ ބުނެފައި ވަނީ، އެ ލީޑަރުންގެ މައްޗަށް އެއްވެސް އުންމީދެއް ނެތް ކަމަށެވެ. ދުނިޔޭގެ ލީޑަރުން ވެސް މަސައްކަތް ކުރަނީ އެ ބަޔަކަށް ލިބިފައި އޮތް ބާރުވެރިކަން ދަމަހައްޓަން ކަމަަށާއި، ބާރުވެރިކަން ދަމަހައްޓަން ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ. 

ޣައްޒާ ހަނގުރާމަމެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލަށް އޮތް ހަސަދައިގެ ސަބަބުން، ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަވަހާރަކޮށްލަން މަސައްކަތް ކުރި

އިޒްރޭލަށް އޮތް ހަސަދައިގެ ސަބަބުން، ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަވަހާރަކޮށްލަން މަސައްކަތް ކުރި

31 ޖެނުއަރީ 2026
އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

27 ޖެނުއަރީ 2026
"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

26 ޖެނުއަރީ 2026
ވުލްވްސް ބަލިކޮށް، ސިޓީ އަށް ހަމަޖެހުމެއް

ވުލްވްސް ބަލިކޮށް، ސިޓީ އަށް ހަމަޖެހުމެއް

25 ޖެނުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު