Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

މި ނަތީޖާ އާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 20 މެޗުން 42 ޕޮއިންޓާ އެކު. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި އާސެނަލް އަށް 48 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެ މެދުގައި ހަ ޕޮއިންޓުގެ ފަރަގެއް އެބަ އޮތް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 05:35
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ އެންޒޯ ފެނާންޑޭސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ އެންޒޯ ފެނާންޑޭސް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ސިޓީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޓިޖާނީ ރެއިންޖާސް އެވެ. އޭގެ ފަހުން ވެސް މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތު ސިޓީ އަށް ވަނީ ލިބިފަ އެވެ.

މެޗުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ޗެލްސީ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު ވަގުތުގަ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާޖެންޓީނާގެ އެންޒޯ ފެނާާންޑޭސް އެވެ. 

މިއީ ޗެލްސީގެ ކޯޗު ކަމުގެ މަގާމުން އެންޒޯ މަރެސްކާ ވަކިވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ޗެލްސީގެ ނަތީޖާ ދަށްވެ، މަރެސްކާ އަށް ޕްރެޝަރު ބޮޑުވެ، އެތެރޭގެ މައްސަލަ ތަކެއް ޖެހިފައި ވަނިކޮށް އޭނާ ވަނީ ޗެލްސީ ދޫކޮށްލައިފަ އެވެ. ސިޓީއާ ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗުގައި އެ ޓީމަށް އިރުޝާދު ދިނީ ވަގުތީ ކޯޗު ކަލުމް މެކްފާލޭން އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ރަނގަޅަށް ކުޅުނު ކަމަށާއި، ދެ ވަނަ ހާފުގައި ވެސް އެ ޓީމުން ފުރުސަތު ތަކެއް ހޯދި ކަމަށެވެ. ނަމަވެސް، ސިޓީ އަށް ލިބުނު ދެ ފުރުސަތެއް ގެއްލުނީ ކަމަށާއި، އޭގެ ފަހުން ޗެލްސީ އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި ކަމަށް ގާޑިއޯލާ ފާހަގަ ކުރި އެވެ.

ޗެލްސީ އަކީ ދުނިޔޭގެ ޗެމްޕިއަން ޓީމުކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އެއީ އެކަޑަމީ ޓީމެއް ނޫން ކަމަށެވެ. ޗެލްސީއާ ދެކޮޅަށް ކުޅޭ ކޮންމެ މެޗެއްގެ މުޅި 90 މިނެޓު ވެސް އުނދަގޫ ވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީ ސިޓީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ދެ ވަނަ ހާފުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުކުރެެވުން ކަމަށާއި، މެޗު އަތުން ދޫވީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

މި ނަތީޖާ އާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 20 މެޗުން 42 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި އާސެނަލް އަށް 48 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެ މެދުގައި ހަ ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ. ސިޓީ އަތުން ހޯދި ޕޮއިންޓާ އެކު، ތާވަލްގެ ފަސް ވަނައިގައި ޗެލްސީ އޮތީ 31 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީޗެލްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026
ސިޓީގައި ގާޑިއޯލާ ހުރީ ހިތްހަމަ ޖެހިގެން، މުސާރަ ވެސް "ވަރަށް ބޮޑު"

ސިޓީގައި ގާޑިއޯލާ ހުރީ ހިތްހަމަ ޖެހިގެން، މުސާރަ ވެސް "ވަރަށް ބޮޑު"

03 ޖެނުއަރީ 2026
ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު