Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފުލަމް ވެސް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު މިސްރާބުގައި

މޮޅާއެކު ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައި ޔުނައިޓެޑު އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 41 ޕޮއިންޓާ އެކު. ޔުނައިޓެޑުގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވީ ފަހުން މިހާތަނަށް ކުޅުނު ތިން މެޗުން ވެސް އެ ޓީމު މި ވަނީ މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 05:08
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައު ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ޔުނައިޓެޑުން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފުލަމް އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް، ފަހު ވަގުތު ލަނޑު ޖަހައިގެން ޔުނައިޓެޑު ވަނީ މެޗުން މޮޅުވެފަ އެވެ. 

މެޗު ފަށައިގެން 19 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ކަސެމީރޯ އެވެ. އެއީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގައި ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ މަތެއުސް ކުންހާ އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ފުލަމް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފަރަގު ކުޑަ ކުރީ ރައުލް ހިމިނޭޒް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ފުރަތަމަ މިނެޓުގައި ކެވިން ވަނީ ލަނޑު ޖަހައި ފުލަމް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑުގެ ބެންޖަމިން ސެސްކޯ ވަނީ ލަނޑު ޖަހައި މެޗުން ޔުނައިޓެޑު މޮޅު ކޮށްދީފަ އެވެ. އެ ލަނޑު ޖަހަން ސެސްކޯ އަށް ވެސް ފުރުސަތު ތަނަވަަސްކޮށްދިނީ ފެނާންޑޭސް އެވެ. 

މޮޅާއެކު ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައި ޔުނައިޓެޑު އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 41 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވީ ފަހުން މިހާތަނަށް ކުޅުނު ތިން މެޗުން ވެސް އެ ޓީމު މި ވަނީ މޮޅުވެފަ އެވެ. 

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްފުލަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުކާސަލް ބަލިކޮށް، ލިވަޕޫލް ފަސް ވަނަ އަށް

ނިއުކާސަލް ބަލިކޮށް، ލިވަޕޫލް ފަސް ވަނަ އަށް

01 ފެބުރުއަރީ 2026
ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

01 ފެބުރުއަރީ 2026
ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

01 ފެބުރުއަރީ 2026
އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

26 ޖެނުއަރީ 2026
ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު