Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

1 ފެބުރުއަރީ 2026 | އާދީއްތަ 03:53

މޮޅާއެކު އާސެނަލް އިން ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެެއް ނަގާފައި. މިހާތަނަށް ލީގުގައި ކުޅެފައިވާ 24 މެޗުން އާސެނަލް އަށް ލިބެނީ 53 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ފެބުރުއަރީ 2026 | އާދީއްތަ 03:53
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ. 

ލީޑްސްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ މާާޓިން ޒުބިމެންޑީ އެވެ. އެއީ ނޯނީ މެޑުއޭކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 38 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ފުޅާވީ ލީޑްސްގެ ގޯލު ކީޕަރު ކާލް ޑާލޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި އާސެނަލް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ. ގެބްރިއެލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިކްޓަ ޔޮކަރޭސް އެ ލަނޑު ޖެހީ 69 ވަނަ މިނެޓުގަ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހީ ގަބްރިއެލް ޖީސުސް އެވެ. އެއީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު އާސެނަލް އިން ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 24 މެޗުން އާސެނަލް އަށް ލިބެނީ 53 ޕޮއިންޓެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް 46 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ އެވެ.

ޕްރިމިއަރ ލީގުއާސެނަލްލީޑްސް ޔުނައިޓެޑް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް

29 ޖެނުއަރީ 2026
އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް
28 ޖެނުއަރީ 2026

އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު

28 ޖެނުއަރީ 2026
އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު
26 ޖެނުއަރީ 2026

އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

26 ޖެނުއަރީ 2026
އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ
21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
18 ޖެނުއަރީ 2026

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

18 ޖެނުއަރީ 2026
ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު
15 ޖެނުއަރީ 2026

ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި

15 ޖެނުއަރީ 2026
ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި
10 ޖެނުއަރީ 2026

އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ

10 ޖެނުއަރީ 2026
އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ
04 ޖެނުއަރީ 2026

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026
ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް
31 ޑިސެމްބަރު 2025

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް