Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ބްރައިޓަން އަތުން ވެސް ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

8 ޖެނުއަރީ 2026 | ބުރާސްފަތި 04:39

ބްރައިޓަން އަތުން ސިޓީ އެއްވަރުވެފައިވާއިރު، އޭގެ ކުރިން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސިޓީ ވަނީ އެއްވަރުވެފައި. މެޗުން ލިބުނު އެއް ޕޮއިންޓާ އެކު، ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ސިޓީ އޮތީ 21 މެޗުން 43 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖެނުއަރީ 2026 | ބުރާސްފަތި 04:39
މެންޗެސްޓަރ ސިޓީ އާއި ބްރައިޓަން ވާދަ ކުރި މެޗުގެ ތެރެއިން

މެންޗެސްޓަރ ސިޓީ އާއި ބްރައިޓަން ވާދަ ކުރި މެޗުގެ ތެރެއިން | ރޮއިޓަސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް، މެންޗެސްޓަރ ސިޓީ އެއްވަރުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ސިޓީ އިންނެވެ. ނަަމަވެސް ބްރައިޓަން އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ސިޓީއާ އެއްވަރު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ސިޓީ އަށް ލީޑު ނަގައިދިނީ ނޯވޭގެ އާލިން ހާލަންޑް އެވެ. އެއީ ސިޓީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ހާލަންޑު ޖެހި ލަނޑެކެވެ.

އޭގެ ފަހުން ވެސް މެޗުގައި އިތުރު ލަނޑު ޖަހަން ސިޓީ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. ނަމަވެސް، ސިޓީ އަށް ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބްރައިޓަން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކައޯރޫ މިޓޯމާ އެވެ.

ބްރައިޓަން އަތުން ސިޓީ އެއްވަރުވެފައިވާއިރު، އޭގެ ކުރިން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސިޓީ ވަނީ އެއްވަރުވެފަ އެވެ. މެޗުން ލިބުނު އެއް ޕޮއިންޓާ އެކު، ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ސިޓީ އޮތީ 21 މެޗުން 43 ޕޮއިންޓާ އެކު އެވެ. ސިިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ އާސެނަލް އެއް ވަނައިގައި އޮތްއިރު، މެޗުގެ އަދަދު ހަމަކޮށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު އާސެނަލް އަށް އޮންނާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، މެޗުގެ ނަތީޖާ އެއީ ނަތީޖާ ކަމަށެވެ. އޭނާ ބުނީ މެޗުން ސިޓީ އަށް މޮޅުވުން ހައްގުތޯ ނުވަތަ ނޫންތޯ އެއީ ދައްކަން މުހިންމު ވާހަކައެއް ނޫން ކަމަށެވެ. ސިޓީ އަށް ލިބުނީ އެއް ޕޮއިންޓުކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ކުރިން މެޗުތަކާ ދާދި އެއް ގޮތް ކަންތަކެއް ދިމާވި ކަމަށެވެ.

މެޗުގައި ސިޓީގެ އައު ކުޅުންތެރިންނަށް ގާޑިއޯލާ ފުރުސަތު ދީފައިވާއިރު، އޭނާ ބުނީ އެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ޖުމުލަ ގޮތެއްގައި ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް، މެޗުގައި ސިޓީ އަށް ލަނޑު ޖަހާނެ އެތައް ފުރުސަތު ތަކެއް ލިބުނުއިރު ވެސް، ފުރުސަތުގެ ބޭނުން ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އެއީ އެންމެ ކުޅުންތެރިޔެއް ނުވަތަ ދެ ކުޅުންތެރިޔެއްގެ ކަމެއް ނޫން ކަމަށާއި، އެއީ ހުރިހާ ކުޅުންތެރިންގެ ކަމެއް ކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީބްރައިޓަން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2026

ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ

08 ޖެނުއަރީ 2026
ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ
05 ޖެނުއަރީ 2026

ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް

05 ޖެނުއަރީ 2026
ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް
05 ޖެނުއަރީ 2026

ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

05 ޖެނުއަރީ 2026
ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި
04 ޖެނުއަރީ 2026

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026
ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް
03 ޖެނުއަރީ 2026

ސިޓީގައި ގާޑިއޯލާ ހުރީ ހިތްހަމަ ޖެހިގެން، މުސާރަ ވެސް "ވަރަށް ބޮޑު"

03 ޖެނުއަރީ 2026
ސިޓީގައި ގާޑިއޯލާ ހުރީ ހިތްހަމަ ޖެހިގެން، މުސާރަ ވެސް "ވަރަށް ބޮޑު"
31 ޑިސެމްބަރު 2025

ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

31 ޑިސެމްބަރު 2025
ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު
31 ޑިސެމްބަރު 2025

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި
31 ޑިސެމްބަރު 2025

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

31 ޑިސެމްބަރު 2025
ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
28 ޑިސެމްބަރު 2025

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

28 ޑިސެމްބަރު 2025
ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި
28 ޑިސެމްބަރު 2025

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

28 ޑިސެމްބަރު 2025
ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް