Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

ސިޓީ ބަލިވުމުގެ ފައިދާ ނަގަން އާސެނަލް އަށް ފުރުސަތު ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން އާސެނަލް އަކަށް ނުހިފުނު. ނޮޓިންހަމް ފޮރެސްޓުގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް އާސެނަލް ކުޅުނުއިރު، އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2026 | އާދީއްތަ 04:03
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން، މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެއްޖެ އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ޔުނައިޓެޑުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ޔުނައިޓެޑުން ވަނީ ސިޓީއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. 

މެޗުގައި ޔުނައިޓެޑުން ލަނޑު ޖަހައި ލީޑު ނެގީ 65 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ ބްރަޔާން އެމްބެއުމޯ އެވެ. އެއީ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޕެޓްރިކް ޑޯގޫ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މަތެއުސް ކުންހާ އެވެ.

މިއީ ޔުނައިޓެޑުގެ ކޯޗު ކަމުގެ މަގާމުގައި ހުރި ރުބެން އަމޯރިމް ވަކި ކުރުމަށް ފަހު، ދާއިމީ ކޯޗެއްގެ ގޮތުގައި މައިކަލް ކެރިކް ހަމަޖެއްސި ފަހުން ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗެވެ. މޮޅާއެކު ޔުނައިޓެޑުން ވަނީ ލީގު ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 35 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑު އަތުން ބަލިވެ، ދެ ވަނައިގައި ސިޓީ އޮތީ 22 މެޗުން 43 ޕޮއިންޓާ އެކު އެވެ. 

ސިޓީ ބަލިވުމުގެ ފައިދާ ނަގަން އާސެނަލް އަށް ފުރުސަތު ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން އާސެނަލް އަކަށް ނުހިފުނެވެ. ނޮޓިންހަމް ފޮރެސްޓުގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް އާސެނަލް ކުޅުނުއިރު، އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

 އެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު، އާސެނަލް އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ކުޅެފައިވާ 22 މެޗުން އާާސެނަލް އަށް ލިބެނީ 50 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީއާސެނަލް

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2026

ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި

15 ޖެނުއަރީ 2026
ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި
10 ޖެނުއަރީ 2026

އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ

10 ޖެނުއަރީ 2026
އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ
08 ޖެނުއަރީ 2026

ބްރައިޓަން އަތުން ވެސް ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

08 ޖެނުއަރީ 2026
ބްރައިޓަން އަތުން ވެސް ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
08 ޖެނުއަރީ 2026

ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ

08 ޖެނުއަރީ 2026
ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ
06 ޖެނުއަރީ 2026

14 މަހަށް ފަހު ޔުނައިޓެޑުން އަމޯރިމް ވަކި ކޮށްފި

06 ޖެނުއަރީ 2026
14 މަހަށް ފަހު ޔުނައިޓެޑުން އަމޯރިމް ވަކި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު