Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއާ ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުން. އެންމެ ފަހުން ޗެލްސީ ކުޅުނު ފަސް މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ފެބުރުއަރީ 2026 | އާދީއްތަ 03:54
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 3-2 އިން ވެސްޓް ހޭމް ބަލިކޮށްފަ އެވެ. މެޗުގައި ވެސްޓް ހޭމް އިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ޗެލްސީ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ވެސް ހޭމް އަށް ލީޑު ނަގައިދިނީ  ޖެރަޑް ބޮވެން އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކްރައިސެންސިއޯ ސަމަވިލް ޖެހި ލަނޑާ އެކު، ވެސްޓް ހޭމް އިން ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. އެއާ އެކު، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ބާރަ ވަނަ މިނެޓުގައި ޗެލްސީގެ ޔާއޯ ޕެޑްރޯ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ މާކް ކުކުރޭލާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެންޒޯ ފެނާންޑޭޒް ވަނީ ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައި މެޗުން މޮޅު ކޮށްދީފަ އެވެ.

މެޗުން މޮޅުވެ ޗެލްސީ އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 40 ޕޮއިންޓާ އެކު އެވެ. ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއާ ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. އެންމެ ފަހުން ޗެލްސީ ކުޅުނު ފަސް މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. އޭނާ ހަވާލުވީ ފަހުން ޗެލްސީ ބަލިވެފައި ވަނީ ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން އެކަނި އެވެ.

ޕްރިމިއަރ ލީގުޗެލްސީވެސްޓް ހޭމް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2026

ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

01 ފެބުރުއަރީ 2026
ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
26 ޖެނުއަރީ 2026

ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

26 ޖެނުއަރީ 2026
ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި
22 ޖެނުއަރީ 2026

ޕަފޯސް އަތުން މޮޅުވެ، ޗެލްސީ ހަމަޔަކަށް

22 ޖެނުއަރީ 2026
ޕަފޯސް އަތުން މޮޅުވެ، ޗެލްސީ ހަމަޔަކަށް
18 ޖެނުއަރީ 2026

ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ހަ ވަަނައިގައި

18 ޖެނުއަރީ 2026
ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ހަ ވަަނައިގައި
15 ޖެނުއަރީ 2026

ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި

15 ޖެނުއަރީ 2026
ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު