Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް

މި ނަތީޖާ އާއެކު ލިވަޕޫލް އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގައި. އެއީ މިހާތަނަށް ކުޅެފައިވާ 20 މެޗުން 34 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 05:36
އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އާއި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އާއި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އެއްވަރު ވެއްޖެ އެވެ.

ފުލަމްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ފުލަމް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ލިވަޕޫލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. ނަމަވެސް، ފަހު ވަގުތުގައި ލަނޑު ޖަހައިގެން ފުލަމް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ފުލަމް އިން ވަނީ ލިވަޕޫލް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ފުލަމް އަށް ޖަހައިދިނީ  ހެރީ ވިލްސަން އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރައުލް ހިމިނޭޒް އެވެ.

ނަމަވެސް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ލިވަޕޫލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެގޮތުން ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ލިވަޕޫލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްލޯރިއަން ވާޓްޒް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިވަޕޫލް އަށް ލީޑު ނަގައިދިނީ ކޯޑީ ގަކްޕޯ އެވެ. 

ލިވަޕޫލް އިން ލީޑު ނެގިތާ ގިނަ އިރު ތަކެއް ނުވަނީސް، ފުލަމް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހެރިސަން ރީޑް އެވެ. އެއީ ކެވިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މި ނަތީޖާ އާއެކު ލިވަޕޫލް އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 20 މެޗުން 34 ޕޮއިންޓާ އެކު އެވެ.

މެޗު އެއްވަރުވެފައިވާއިރު، އެ ނަތީޖާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، އެކަން ތަޖުރިބާ ކުރަމުން އަންނަތާ ދުވަސް ތަކެއް ވެފައިވާ ކަމަށެވެ. އޭނާ ބުނީ އިދިކޮޅަށް ޓީމަށް ފުރަތަމަ ހާފުގައި ލިބުނު ފުރަތަމަ ފުރުސަތުގައި އެ މީހުން ލަނޑު ޖަހާފައިވާ ކަމަށެވެ. އެކަމަކު، ދެ ވަނަ ހާފަށް ނިކުމެ ލިވަޕޫލް އިން މަސައްކަތްކޮށް ދެ ލަނޑު ޖަހައިގެން ލީޑު ނެގި ކަމަށް އޭނާ ބުންޏެވެ. 

އޭނާ ބުނީ މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލް އިން ލީޑު ނަގާފައި ވަނިކޮށް، ހީވެސް ނުކުރާ ގަޑިއެއްގައި، ހީވެސް ނުކުރާ ގޮތަކަށް ފުލަމް އިން ދެ ވަނަ ލަނޑު ޖެހި ކަމަށެވެ. އެހެންކަމުން އެއީ ވަރަށް ބޮޑު ހައިރާން ކަމެއް ކަމަށް ސްލޮޓް ބުންޏެވެ. ސްލޮޓް ބުނީ އޭނާ ގެ ވިސްނުން އެއްވެސް ވަރަކަށް ބަދަލު ނުވާ ކަމަށާއި، ތިބި ކުޅުންތެރިންނާ އެކު މަސައްކަތް ކުރާނެ ކަމަށެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުފުލަމްލިވަޕޫލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

05 ޖެނުއަރީ 2026
ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026
ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު