Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ

މެޗުން ބަލިވެ ޗެލްސީ އޮތީ ލީގު ތާވަލްގެ އަށް ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 21 މެޗުން 31 ޕޮއިންޓާ އެކު. މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީ މޮޅުވެފައި ވަނީ އަށް މެޗުން. ހަ މެޗުން ބަލިވެފައިވާއިރު، ހަތް މެޗުން ވަނީ އެއްވަރުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖެނުއަރީ 2026 | ބުރާސްފަތި 04:38
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެ އެވެ. 

ފުލަމްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ޗެލްސީ ބަލިކޮށްފަ އެވެ. މެޗުގައި ފުލަމް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ފަހު ވަގުތުގައި ލަނޑު ޖަހައިގެން ފުލަމް ވަނީ މެޗުން މޮޅުވެފަ އެވެ. 

މެޗުގައި ޗެލްސީ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުގެ މާކް ކުކުރޭލާ އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފުލަމް އިން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

ނަމަވެސް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި ފުލަމް އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރައުލް ހިމިނޭޒް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ސަންޑާ ބާޖް އެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ލިއަމް ޑެލަޕް ވަނީ ލަނޑު ޖަހައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗު އެއްވަރުވާން ދަނިކޮށް، ފުލަމް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިގެން ޗެލްސީ ބަލިކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ފުލަމް އަށް އެ ލަނޑު ޖަހައިދިނީ ހެރީ ވިލްސަން އެވެ. 

މިއީ ޗެލްސީގެ ކޯޗު ކަމުން އެންޒޯ މަރެސްކާ ވަކިވި ފަހުން އެ ޓީމުން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ޗެލްސީ އިން ވަނީ މެންޗެސްޓަރ ސިޓީއާ އެއްވަރު ކޮށްފަ އެވެ. ދެ ވަނަ މެޗުގައި ފުލަމް އަތުން ބަލިވެފައިވާއިރު، ޗެލްސީގެ ނަތީޖާތައް އަންނަނީ ދަށްވަމުންނެވެ.

މެޗުން ބަލިވެ ޗެލްސީ އޮތީ ލީގު ތާވަލްގެ އަށް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 21 މެޗުން 31 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީ މޮޅުވެފައި ވަނީ އަށް މެޗުންނެވެ. ހަ މެޗުން ބަލިވެފައިވާއިރު، ހަތް މެޗުން ވަނީ އެއްވަރުވެފަ އެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުފުލަމްޗެލްސީ

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2026

ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް

05 ޖެނުއަރީ 2026
ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް
05 ޖެނުއަރީ 2026

ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

05 ޖެނުއަރީ 2026
ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި
04 ޖެނުއަރީ 2026

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026
ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް
31 ޑިސެމްބަރު 2025

ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

31 ޑިސެމްބަރު 2025
ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު
31 ޑިސެމްބަރު 2025

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި
31 ޑިސެމްބަރު 2025

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

31 ޑިސެމްބަރު 2025
ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
28 ޑިސެމްބަރު 2025

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

28 ޑިސެމްބަރު 2025
ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި
28 ޑިސެމްބަރު 2025

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

28 ޑިސެމްބަރު 2025
ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި
27 ޑިސެމްބަރު 2025

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

27 ޑިސެމްބަރު 2025
ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް
22 ޑިސެމްބަރު 2025

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު