Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

މޮޅާއެކު މިވަގުތު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައި. އެއީ މިހާތަނަށް ކުޅެފައިވާ 18 މެޗުން 29 ޕޮއިންޓާ އެކު. ނިއުކާސަލްއާ ދެކޮޅަށް ޔުނައިޓެޑު ނިކުތީ އެ ޓީމުގެ ފުރަތަމަ 11 އަށް ބޮޑު ބަދަލު ތަކެއް ގެެނެސްގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 07:14
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން ހަމަ ޖެހުމެއް ހޯދައިފި އެވެ. 

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޔުނައިޓެޑުން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ. 

މެޗު ފަށައިގެން ވެސް ޔުނައިޓެޑުން ވަނީ ރަނގަޅަށް ކުޅެން މަސައްކަތް ކޮށްފަ އެވެ. މެޗުގެ ކުރީ ކޮޅު ޔުނައިޓެޑުގެ ޕެޓްރިކް ޑޯގޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންޖަމިން ސެސްކޯ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. އޭގެ ފަހުން ޔުނައިޓެޑުގެ މަތުއުސް ކުންހާ ފޮނުވާލި ބޯޅަ ނިއުކާސަލްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. 

މެޗުގައި ޔުނައިޓެޑުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ 24 ވަނަ މިނެޓުގަ އެވެ. އެއީ ޔުނައިޓެޑަށް ލިބުނު އެއްލުމެއްގައި އެ ޓީމުގެ ކުޅުންތެރިޔަކު އެއްލި ބޯޅަ ނިއުކާސަލްގެ ކުޅުންތެރިޔެއްގެ ބޮލުގައި ޖެހިފައި ލިބުނު ވަގުތު، އެއް ފަހަރުން ޖަހައި ގޯލަަށް ފޮނުވާލައިގެން ޑޯއޫ ޖެހި ލަނޑެވެ. މިއީ ޔުނައިޓެޑުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. 

އޭގެ ފަހުން ވެސް މެޗުގައި ޔުނައިޓެޑަށް ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. މޮޅާއެކު މިވަގުތު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 18 މެޗުން 29 ޕޮއިންޓާ އެކު އެވެ. ނިއުކާސަލްއާ ދެކޮޅަށް ޔުނައިޓެޑު ނިކުތީ އެ ޓީމުގެ ފުރަތަމަ 11 އަށް ބޮޑު ބަދަލު ތަކެއް ގެެނެސްގެންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފައި ވަނީ، އެ މެޗުގައި ޔުނައިޓެޑުން ކަންކަން ތަހަންމަލު ކުރަން ޖެހުނު ކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލީޑު ވެސް ނެގި ކަމަށެވެ. އަދި އެއާއެކު، ދެ ވަނަ ހާފުގައި އިތުރު ލަނޑު ޖަހަން މަސައްކަތް ކުރިއިރު، ޑިފެންސްގައި ވެސް މޮޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ބުންޏެވެ.

ނިއުކާސަލް މެޗަކީ ވަރަށް ރަނގަޅު މެޗެއް ކަމަށް ފާހަގަކޮށް އަމޯރިމް ބުނީ، މީގެ ކުރިން ވެސް ގިނަ މެޗު ތަކުގައި ޔުނައިޓެޑުން ރަނގަޅަށް ކުޅެފައިވާ ކަމަށެެވެ. އެހެން ނަމަވެސް، އެ ޓީމަށް ހަމައެކަނި މަދުވަނީ ތިން ޕޮއިންޓު ކަމަށް އަމޯރިމް ބުންޏެވެ. އެއާ ޚިލާފަށް ނިއުކާސަލް މެޗުގައި އެތައް އުނދަގޫ ތަކާ އެކު ވެސް، އެކަންކަމާ ކުރިމަތިލައި ޔުނައިޓެޑު މޮޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އަމޯރިމް ބުނީ ކުޅުންތެރިން ކުރި މަސައްކަތާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، ނަތީޖާއާ މެދު ވެސް އުފާވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޔުނައިޓެޑުން އިތުރު ކަންކަން ރަނގަޅުކޮށް، ނަތީޖާ ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް އަމޯރިމް ބުންޏެވެ. އޭނާ ބުނީ ޔުނައިޓެޑުގައި ތިބި ކޮންމެ ކުޅުންތެރިޔަކީ ވެސް ހުނަރުވެރި، އަދި ޤާބިލު ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮށް ފަރިތަކުރުން ތަކުގައި ރަނގަޅަށް މަސައްކަތްކޮށް، މެޗުގައި އެކަން ދެއްކުމަކީ އެންމެ މުހިންމު ކަންތައް ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު