Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

14 މަހަށް ފަހު ޔުނައިޓެޑުން އަމޯރިމް ވަކި ކޮށްފި

6 ޖެނުއަރީ 2026 | އަންގާރަ 05:55

އުމުރުން 40 އަހަރުގެ އަމޯރިމް ޔުނައިޓެޑާ ހަވާލުވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި. އެ ކުލަބާ އެކު އަމޯރިމް ސޮއި ކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ އެއްބަސްވުމަކަށް ވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރު. ނަމަވެސް، އަމޯރިމްގެ އިރުޝާދުގެ ދަށުން ވެސް ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާތީ، އެ ކުލަބުން ވަނީ އޭނާ ވަކި ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖެނުއަރީ 2026 | އަންގާރަ 05:55
ޔުނައިޓެޑަށް އިރުޝާދު ދެމުން އައި ރުބެން އަމޯރިމް

ޔުނައިޓެޑަށް އިރުޝާދު ދެމުން އައި ރުބެން އަމޯރިމް | ރޮއިޓަސް

މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އައި ޕޯޗުގަލްގެ ރުބެން އަމޯރިމް ކުއްލި ގޮތަކަށް ވަކި ކޮށްފި އެވެ.

އުމުރުން 40 އަހަރުގެ އަމޯރިމް ޔުނައިޓެޑާ ހަވާލުވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އަމޯރިމް ސޮއި ކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ އެއްބަސްވުމަކަށް ވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރު އެވެ. ނަމަވެސް، އަމޯރިމްގެ އިރުޝާދުގެ ދަށުން ވެސް ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާތީ، އެ ކުލަބުން ވަނީ އޭނާ ވަކި ކޮށްފަ އެވެ.

އަމޯރިމްގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު އެއްވަރު ވެގެން ނިމުނުއިރު، އޭގެ ފަހުން އަމޯރިމް ވަކި ކޮށްފާނެ ކަމުގެ އަޑުތައް ވެސް އޮތީ ފެތުރިފަ އެވެ. ޔުނައިޓެޑުގެ ކޯޗު ކަމުން އަމޯރިމް ވަކި ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ.

ޔުނައިޓެޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޕްރިމިއާ ލީގު ތާވަލްގެ ހަ ވަނައިގައި ޔުނައިޓެޑު އޮތްއިރު، މިއީ ކުލަބަށް ބަދަލު ގެންނަން ޖެހޭ ވަގުތު ކަމަށް ޤަބޫލު ކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ހިސާބުގައި ނިންމާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޔުނައިޓެޑުން ވަނީ ފާއިތުވި މުއްދަތުގެ ތެރޭގައި އަމޯރިމް ޔުނައިޓެޑަށް ކޮށްދިން ޚިދުމަތް ތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.

އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ 63 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ޔުނައިޓެޑު މޮޅުވެފައި ވަނީ 24 މެޗުންނެވެ. 21 މެޗުން ބަލިވެފައިވާއިރު، 18 މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑުން 20 މެޗު ކުޅެފައިވާއިރު، މޮޅުވެފައި ވަނީ އަށް މެޗުންނެވެ. ފަސް މެޗުން ބަލިވެފައިވާއިރު، ހަތް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ޔޫރޮޕާ ލީގުގެ ފައިނަލްގައި ކުޅެފަ އެވެ. ނަމަވެސް ފައިނަލްގައި ވަނީ ބަލިވެފަ އެވެ. އަމޯރިމް ވަކި ކުރުމަށް ފަހު ޔުނައިޓެޑުން އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ވަގުތީ ގޮތުން އެ ޓީމަށް އިރުޝާދު ދޭނީ ޑަރެން ފްލެޗާ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްރުބެން އަމޮރިމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

31 ޑިސެމްބަރު 2025
ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު
27 ޑިސެމްބަރު 2025

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

27 ޑިސެމްބަރު 2025
ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް
22 ޑިސެމްބަރު 2025

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް
16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް