Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

26 ޖެނުއަރީ 2026 | ހޯމަ 04:27

މެޗުން ބަލިވެ، އެއް ވަނައިގައި އާސެނަލްގެ ލީޑު ވަނީ ކުޑަވެފަ އެވެ. މިހާތަނަށް ކުޅެފައިވާ 23 މެޗުން އާސެނަލް އަށް 50 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބެނީ 46 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2026 | ހޯމަ 04:27
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލީޑު ފުޅާ ކުރަަން ލިބުނު ފުރުސަތު އަނެއްކާ ވެސް އާސެނަލް އިން ނަގާލައިފި އެވެ. 

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި އާސެނަލް އަށް ލީޑު ލިބިފައި ވަނިކޮށް، ޔުނައިޓެޑުން ފަހަތުން އަރައި ލީޑު ނެގި އެވެ. އޭގެ ފަހުން އާސެނަލް އިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނިކޮށް، ތިން ވަނަ ލަނޑެއް ޖަހައިގެން ޔުނައިޓެޑު ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 29 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ލިބުނީ ޔުނައިޓެޑުގެ ލިސާންދްރޯ މާޓިނޭޒް އަތުން ބައި ކޮޅަށް ވަތް ލަނޑާ އެކު އެވެ. ނަމަވެސް، ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑު ޖަހައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ ޕެޓްރިކް ޑޯގޫ އެވެ. އެއީ އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް، އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ މިކޭލް މެރީނޯ އެވެ. ނަމަވެސް، އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓު ފަހުން މަތެއުސް ކުންހާ ވަނީ ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ޖަހައި މެޗުން މޮޅު ކޮށްދީފަ އެވެ. އެއީ ކޮބީ މައިނޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުން ބަލިވެ، އެއް ވަނައިގައި އާސެނަލްގެ ލީޑު ވަނީ ކުޑަވެފަ އެވެ. މިހާތަނަށް ކުޅެފައިވާ 23 މެޗުން އާސެނަލް އަށް 50 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބެނީ 46 ޕޮއިންޓެވެ. ހަމަ އެ އަދަަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި ޔުނައިޓެޑަށް ލިބެނީ 38 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްމެންޗެސްޓަރ ޔުނައިޓެޑް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2026

ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

26 ޖެނުއަރީ 2026
ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި
25 ޖެނުއަރީ 2026

ބޯންމައުތު އަތް ދަށުވެ، ލިވަޕޫލްގެ ރެކޯޑު ނިމުމަކަށް

25 ޖެނުއަރީ 2026
ބޯންމައުތު އަތް ދަށުވެ، ލިވަޕޫލްގެ ރެކޯޑު ނިމުމަކަށް
25 ޖެނުއަރީ 2026

ވުލްވްސް ބަލިކޮށް، ސިޓީ އަށް ހަމަޖެހުމެއް

25 ޖެނުއަރީ 2026
ވުލްވްސް ބަލިކޮށް، ސިޓީ އަށް ހަމަޖެހުމެއް
21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
19 ޖެނުއަރީ 2026

އެވަޓަން އަތުން ބަލިވެ، އެސްޓަން ވިލާ އިން ފުރުސަތު ނަގާލައިފި

19 ޖެނުއަރީ 2026
އެވަޓަން އަތުން ބަލިވެ، އެސްޓަން ވިލާ އިން ފުރުސަތު ނަގާލައިފި
18 ޖެނުއަރީ 2026

ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ހަ ވަަނައިގައި

18 ޖެނުއަރީ 2026
ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ހަ ވަަނައިގައި
18 ޖެނުއަރީ 2026

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

18 ޖެނުއަރީ 2026
ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު
15 ޖެނުއަރީ 2026

ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި

15 ޖެނުއަރީ 2026
ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި
10 ޖެނުއަރީ 2026

އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ

10 ޖެނުއަރީ 2026
އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް