Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

މި ނަތީޖާ އާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގައި. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 19 މެޗުން 30 ޕޮއިންޓާ އެކު. ލީގުގައި އެންމެ ފަހުން ޔުނައިޓެޑު ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއް މެޗުން ބަލިވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2025 | ބުދަ 05:25
ޔުނައިޓެޑާއި ވުލްވްސް ކުޅުނު މެޗުގެ ތެރެއިން

ޔުނައިޓެޑާއި ވުލްވްސް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން، މެންޗެސްޓަރ ޔުނައިޓެޑު އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޔުނައިޓެޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ވުލްވްސް އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 27 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ ޖޯޝުއާ ޒާކްޒީ އެވެ. ނަމަވެސް، މެޗުގެ ފުރަތަަމަ ހާފުގެ ފަހު ވަގުތުގައި ލަޑިސްލާވް ކްރެޖްޗީ ވަނީ ލަނޑު ޖަހައި ވުލްވްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޔުނައިޓެޑުގެ ޕެޓްރިކް ޑޯޖޫ ވަނީ ލަނޑެއް ޖަހައިފަ އެވެ. ވުލްވްސްގެ އޭރިޔާ ތެރެއިން ބެންޖަމިން ސެސްކޯ ފޮނުވާލި ބޯޅަ ވުލްސްވްގެ ގޯލު ކީޕަރުގެ އަތުގައި ޖެހި ރީ ބައުންސަށް އައި ވަގުތު ޑޯޖޫ ލަނޑު ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ވަނީ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.

މި ނަތީޖާ އާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 19 މެޗުން 30 ޕޮއިންޓާ އެކު އެވެ. ލީގުގައި އެންމެ ފަހުން ޔުނައިޓެޑު ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއް މެޗުން ބަލިވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނީ، މެޗުގައި ޔުނައިޓެޑަށް ވަރަށް ގިނަ އުނދަގޫތައް ދިމާވި ކަމަށެވެ. މެޗުގައި ލަނޑު ޖަހަން ފުރުސަތު ތަކެއް ވެސް ޔުނައިޓެޑަށް ތަނަވަސް ނުކުރެވުނު ކަމަށާއި، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ވުރެ މި މެޗު ތަފާތުވާނެކަން އިނގޭ ކަމަށް ވެސް އަމޯރިމް ބުންޏެވެ.

މެޗުގެ މުޅި 90 މިނެޓަށް ބަލާއިރު، ލަނޑު ޖަހަން ޔުނައިޓެޑަށް ކޮންމެ ވެސް ވަރެއްގެ ފުރުސަތު ތަކެއް ލިބުނު ނަމަވެސް، އުނދަގޫ ތަކެއް ހުރުމުން އެކަން ކާމިޔާބު ނުކުރެވުނީ ކަމަށް އޭނާ ބުންޏެވެ. އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާއިރު، އެ މެޗަށް ޔުނައިޓެޑު ނިކުތީ ވެސް މުހިންމު ބައެއް ކުޅުންތެރިން ނުހިމަނާ އެވެ.

މެޗުގެ ނަތީޖާއާ މެދު އުނދަގޫވެފައި ހުރިކަން ފާހަގަކޮށް އަމޯރިމް ބުނީ، މެޗުގައި އެކަށީގެންވާ ކުޅުމެއް ވެސް ޔުނައިޓެޑަށް ނުދެއްކޭ ކަމަށެވެ. އޭނާ ބުނީ އެތައް ގޮތަކުން ކުރިއަށް ދާން ޔުނައިޓެޑު މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވި ކަމަށެވެ. މުޅި މެޗު ޔުނައިޓެޑަށް ގެއްލުނީ ރަނގަޅަށް ނުކުޅެވުމުގެ ސަބަބުން ކަމަށް ފާހަގަކޮށް އަމޯރިމް ބުނީ، މިއީ ޔުނައިޓެޑުގެ ދުވަހެއް ނޫން ކަމަށެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި
31 ޑިސެމްބަރު 2025

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

31 ޑިސެމްބަރު 2025
ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
28 ޑިސެމްބަރު 2025

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

28 ޑިސެމްބަރު 2025
ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި
28 ޑިސެމްބަރު 2025

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

28 ޑިސެމްބަރު 2025
ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި
27 ޑިސެމްބަރު 2025

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

27 ޑިސެމްބަރު 2025
ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު