Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދަރަނީގެ މައްސަލަ

ގައުމު އޮތީ ދަރަނީގެ ކާރިސާ އެއްގައި، މުއިއްޒު ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ގައުމީ އެއްބަސްވުމަކަށް އަންނަން ޖެހޭ: މާރިޔާ

މާރިޔާ ވިދާޅުވީ މިއީ މުޅި ގައުމަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއް ކަމަށާ ރައީސް މުއިއްޒު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާ ހޯއްދަވައި ގައުމީ އެއްބަސްވުމަކަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް. ސިޔާސީ ފިކުރުތަކަށްވުރެ ގައުމީ މަސްލަހަތު އިސްކޮށް، ކުރިމަތިވަމުންދާ ބޮޑު ދަރަނީގެ ކާރިސާއިން ސަލާމަތްވުމަށްޓަކައި ޒިންމާދާރު މަގަކުން ކަންކަން ކުރިއަށް ގެންދިއުމަށް ހުރިހާ އިދިކޮޅު ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ވެސް މާރިޔާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 12:00
ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ | ރާއްޖެއެމްވީ

ގައުމު އޮތީ ދަރަނީގެ ކާރިސާއެއް ގައި ކަމަށާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާ ހޯއްދަވައި، މިކަމަށް ހައްލެއް ހޯދުމަށް ގައުމީ އެއްބަސްވުމަކަށް ވަޑައިގަތުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފި އެވެ. 

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ސަރުކާރުން 17 އިންސައްތަ އިންޓްރެސްޓްގައި ލޯނު ނަގަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިފަހުން ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒަށް އިތުރަށް ފައިސާ ޗާޕުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ޕެންޝަން އޮތޯރިޓީން 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ދޫކުރުމަކީ އިގްތިސާދަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ އެ އޮތޯރިޓީގެ ޗެއާމަން އިސްތިއުފާ ވެސް ވަނީ ދެއްވާފަ އެވެ. 

Advertisement - newsAdvertisement

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ މިކަންކަމުން ހާމަވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާ މިންވަރު ކަމަށެވެ. އަދި މިއީ އިންކާރު ކުރެވެން ނެތް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.  

މިއީ ހަމައެކަނި ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ސަރުކާރަކަށް އެކަނި ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. މިއީ މުޅި ގައުމަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއް ކަމަށާ މިއީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށްވުރެ މާ ދުރަށް، ގައުމަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ބުރައެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

މާރިޔާ ވިދާޅުވީ މި ހާލަތު އިތުރަށް ގޯސްވެގެން ގޮސްފައިވަނީ، ރައީސް މުއިއްޒު ދާދިފަހުން ގާނޫނުއަސާސީއަށް ގެންނެވި އިސްލާހުގެ ސަބަބުން ސަރުކާރު ޒިންމާދާރުކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް އޮތް ބާރު ކުޑަވެ، ގާނޫނުއަސާސީގެ އޮނިގަނޑުގެ ތެރެއިން ކަށަވަރުކޮށްދީފައިވާ މުހިންމު ރައްކާތެރިކަމެއް ގެއްލިގެން ދިއުމާ ގުޅިގެން ކަމަށެވެ. 

އެހެންކަމުން ގައުމު މިފަދަ ނާޒުކު ފައްތަރެއްގައި އޮތްއިރު، އިގްތިސާދީ ކާރިސާއާ ކުރިމަތިލުމުގައި ތެދުވެރިކަމާއެކު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާ ހޯއްދަވައި، މިކަމަށް ހައްލެއް ހޯދުމަށް ގައުމީ އެއްބަސްވުމަކަށް ވަޑައިގަތުމަށް ރައީސް މުއިއްޒު އިސްނަންގަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. 

ސިޔާސީ ފިކުރުތަކަށްވުރެ ގައުމީ މަސްލަހަތު އިސްކޮށް، ކުރިމަތިވަމުންދާ ބޮޑު ދަރަނީގެ ކާރިސާއިން ސަލާމަތްވުމަށްޓަކައި ޒިންމާދާރު މަގަކުން ކަންކަން ކުރިއަށް ގެންދިއުމަށް ހުރިހާ އިދިކޮޅު ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. 

ސަރުކާރުން މަސައްކަތް ކުރަނީީ 2.4 ބިލިއަން ރުފިޔާ ޗާޕު ކުރާށެވެ. އަދި ސަރުކާރުން އެކަން ކުރަން އުޅޭ ގޮތަކީ، ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑުތަކަކަށް އިންވެސްޓުކޮށްގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުާމާރިޔާ އަހުމަދު ދީދީ ރައީސް އަބްދުﷲ ޔާމީންދަރަނި މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

01 ފެބުރުއަރީ 2026
މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

30 ޖެނުއަރީ 2026
ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު