Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒުގެ ސަރުކާރު

މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ މިނިވަން މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް. އޭނާ ވަނީ ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުރަނގަޅު ނުފޫޒު ފޯރުވަމުން ދާކަމަށް ވިދާޅުވެފައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 03:52
ދިއްދޫ ދާއިރާ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ދިއްދޫ ދާއިރާ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސަރުކާރެއް ހިންގުމުގައި މިހާތަނަށް އެންމެ ބޮޑަށް ވައްކަމާއި ކޮރަޕްޝަން ހިންގި ސަރުކާރަކީ މިއީ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރަނީ ވެރިކަމުގައި ހުންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރުތަކެއް ޖަމާވެފައިވާ ކަން ޔަޤީން ކުރުމަށް ކުރާ ކަންތައްތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އޮޅުވާލާ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އެތައް ކަމެއް ހިނގާ އިރު އޭސީސީ ފަދަ ކަމާއި ގުޅުން ހުރި މުއައްސަސާތަކުން އެކަން ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. ވަހީދު ވިދާޅުވީ ސަރުކާރުން ދަނީ އިންތިޚާބާއި ދިމާކޮށް މަޝްރޫޢުތައް ހިންގާ، ވަޒީފާ ދީ އާއްމުންނަށް ނުރަނގަޅު ނުފޫޒު ފޯރުވަމުން ކަމަށެވެ. ސަރުކާރުން ބުނާހާ ގޮތަކަށް ކަންކަން ކޮށްގެން މިނިވަން މުސްތަގިއްލު އިދާރާތަކުގައި ނުތިބެވޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

"ނުތިބެވޭނެ އެފަދައިން. އެ މަސައްކަތް ކުރުމުގެ ޤާބިލްކަން ނެތިއްޔާ ގެއަށް ވަޑައިގަންނަވަން ޖެހޭނީ. މިއީ އެންމެ ކޮރަޕްޓް އެޑްމިނިސްޓްރޭޝަން އޮތް ސަރުކާރު މިއީ." އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ދެ އަހަރު ވީ އިރު ކުރީ ސަރުކާރުން ފެށި މަޝްރޫޢުތައް ނިންމާ ނުލެވުނު ކަމަށާއި އެއީ ސަރުކާރު ފެއިލްވުން ކަމަށް ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. މި ސަރުކާރުން މަސައްކަތްކުރަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ފޭރިގަނެ ޕަޕެޓަކަށް ކައުންސިލަރުން ހެދުމަށް ކަމަށާއި އެކަމަށް ޖާގަ ނުލިބޭނީ އެމްޑީޕީ އަށް ކައުންސިލް އިންތިޚާބުގައި ވޯޓު ދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވަހީދުރައީސް ޑރ. މުހައްމަދު މުއިއްޒުކޮރަޕްޝަން ކައުންސިލް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

30 ޖެނުއަރީ 2026
ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

30 ޖެނުއަރީ 2026
ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

29 ޖެނުއަރީ 2026
މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

29 ޖެނުއަރީ 2026
މާފަންނު މަދަރުސާގެ ދަރިވަރުންނަށް ރައީސް ވައުދުވެވަޑައިގެންނެވީ ތިރީގައި ހޯލެއް އަޅުއްވައި ދެއްވަން، މިހާރު ބަހައްޓަވައި ދެއްވަނީ ލިފްޓެއް

މާފަންނު މަދަރުސާގެ ދަރިވަރުންނަށް ރައީސް ވައުދުވެވަޑައިގެންނެވީ ތިރީގައި ހޯލެއް އަޅުއްވައި ދެއްވަން، މިހާރު ބަހައްޓަވައި ދެއްވަނީ ލިފްޓެއް

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު