Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގިރާވަރުފަޅު

ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

30 ޖެނުއަރީ 2026 | ހުކުރު 08:22

އެ ފަޅުން 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން 50 ނުވަތަ 54 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފަ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ސީއެމްސީސީއާ. ޖަނުއަރީ މަހުގެ ކުރީކޮޅު މަސައްކަތް ފަށައި މާރިޗު މަހުގެ ނިޔަލަށް މި މަޝްރޫއު ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި.

އަލީ ޝާހީން
އަލީ ޝާހީން | 30 ޖެނުއަރީ 2026 | ހުކުރު 08:22
ގިރާވަރު ފަޅު

ގިރާވަރު ފަޅު

ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުކުރު ދުވަހު ހެދުނު އަލުން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާކަން އިއުލާނުކުރައްވާފަ އެވެ. އެ މަސައްކަތް ކުރިއަށްދާތަނުގެ ފޮޓޯއާއި ވީޑިއޯ ވެސް ވަނީ ހިއްސާކުރައްވާފަ އެވެ. 

Advertisement - newsAdvertisement

ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާ އެވެ. އެ ފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެކެވެ. ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެތަނުން 50 ނުވަތަ 54 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފަ އެވެ. އެކަމަކު، އެއަށް ފަހު އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. މި ސަރުކާރުން އެ ކުންފުންޏަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަވާލުކުރީ ހުޅުމާލެ އާއި ރަސްމާލެ އިން ބިން ދޭ ގޮތަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޖެނުއަރީ މަހުގެ ކުރީކޮޅު ގިރާވަރު ފަޅުގެ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައި މާރިޗު މަހުގެ ނިޔަލަށް މި މަޝްރޫއު ވެސް އެއްކޮށް ހިންކާ ނިމޭނެ ކަމަށެވެ. 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ގޯތި ދޭން އިއުލާންކުރި ގިރާވަރަށް އާ ލޭންޑް ޔޫޒް ޕްލޭނެއް ހަދާނެ ކަމަށް މި ސަރުކާރުން އޮތީ މީގެ ކުރިން އިއުލާންކޮށްފަ އެވެ. އެ ލޭންޑް ޔޫޒް ޕްލޭން މި ހަފުތާގައި ވަނީ އާންމުކޮށްފަ އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލެ ފޭސް ތިނަކާއި ގިރާވަރުފަޅު އަދި ރަސްމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އެމްއޭސީއެލް އާއި ހަވާލުކުރީ އެ މަސައްކަތް ކުރަން ކުރިން ހަދާފައިވާ އެއްބަސްވުންތައް އުވާލުމާށްފަހު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގިރާވަރުފަޅުސީއެމްސީސީސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

29 ޖެނުއަރީ 2026
ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި
29 ޖެނުއަރީ 2026

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

29 ޖެނުއަރީ 2026
މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!
29 ޖެނުއަރީ 2026

މާފަންނު މަދަރުސާގެ ދަރިވަރުންނަށް ރައީސް ވައުދުވެވަޑައިގެންނެވީ ތިރީގައި ހޯލެއް އަޅުއްވައި ދެއްވަން، މިހާރު ބަހައްޓަވައި ދެއްވަނީ ލިފްޓެއް

29 ޖެނުއަރީ 2026
މާފަންނު މަދަރުސާގެ ދަރިވަރުންނަށް ރައީސް ވައުދުވެވަޑައިގެންނެވީ ތިރީގައި ހޯލެއް އަޅުއްވައި ދެއްވަން، މިހާރު ބަހައްޓަވައި ދެއްވަނީ ލިފްޓެއް
28 ޖެނުއަރީ 2026

ނަން ދެއްވީ ރައީސް

28 ޖެނުއަރީ 2026
ނަން ދެއްވީ ރައީސް
28 ޖެނުއަރީ 2026

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި
27 ޖެނުއަރީ 2026

2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް

27 ޖެނުއަރީ 2026
2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް
27 ޖެނުއަރީ 2026

ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި

27 ޖެނުއަރީ 2026
ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި
27 ޖެނުއަރީ 2026

ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި

27 ޖެނުއަރީ 2026
ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި
26 ޖެނުއަރީ 2026

ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!

26 ޖެނުއަރީ 2026
ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!
25 ޖެނުއަރީ 2026

ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!

25 ޖެނުއަރީ 2026
ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް