Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަމަނަވެށިން ވެކްސިން ހުސްވުން

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

ހުސްވެފައިވަނީ ސައުދީ އަށް އެތެރެވުމުގެ ކުރިން ހުރިހާ ގައުމެއްގެ މީހުން ވެސް ޖަހަން މަޖުބޫރުވާ އިންފްލުއެންޒާ ވެކްސިން އާއި މެނިންޖައިޓިސް ވެކްސިން ކަމަށް ބައެއް އުމްރާ ގްރޫޕްތަކުން ރާއްޖެ އެމްވީ އަށް ވަނީ މައުލޫމާތު ދީފަ. ނަން ނުޖަހަން ޝަރުތުކޮށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވި ދަމަނަވެށީގެ އޮފިޝަލަކު ވަނީ މި ވެކްސިން ހުސްވެގެން ހައްޖަށް އަދި އުމްރާ އަށް ފުރާ މީހުންނަށް ވެކްސިން ދިނުން މެދުކަނޑާލާފައި ވާކަން ކަށަވަރު ކޮށްދީ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 13:54
ކޮންމެ އަހަރެއްގެ ރަމަޟާން މަހު ރާއްޖެ އިން ގިނަ އަދަދެއްގެ ބަޔަކު އުމްރާ ގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދަތުރުކުރޭ

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ރާއްޖެ އިން ގިނަ އަދަދެއްގެ ބަޔަކު އުމްރާ ގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދަތުރުކުރޭ | ސޯޝަލް މީޑިއާ

ދަމަނަވެށިން ބައެއް ކަހަލަ ވެކްސިން ހުސްވުމުގެ ސަބަބުން މި ރަމަޟާން މަހު ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ފުރާ މީހުންނަށް ދޭން ޖެހޭ ބައެއް ކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި އެވެ.

ހުސްވެފައިވަނީ ސައުދީ އަށް އެތެރެވުމުގެ ކުރިން ހުރިހާ ގައުމެއްގެ މީހުން ވެސް ޖަހަން މަޖުބޫރުވާ އިންފްލުއެންޒާ ވެކްސިން އާއި މެނިންޖައިޓިސް ވެކްސިން ކަމަށް ބައެއް އުމްރާ ގްރޫޕްތަކުން ރާއްޖެ އެމްވީ އަށް ވަނީ މައުލޫމާތު ދީފަ އެވެ.

އުމްރާ ގްރޫޕްތަކުން ބުނި ގޮތުގައި ރާއްޖެއިން އުމްރާއަށް އަދި ހައްޖު އަޅުކަން އަދާކުރުމަށް ފުރާ މީހުން އާންމުކޮށް ސައުދީ އަށް ފުރުމުގެ އެންމެ މަދުވެގެން 15 ދުވަސް ކުރިން މި ވެކްސިންތައް ޖަހަ އެވެ. ނަމަވެސް ދަމަނަވެށިން ވެކްސިން ހުސްވުމުގެ ސަބަބުން މި އަހަރުގެ ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ފުރަން ހަމަޖެހިފައިވާ މީހުންނަށް ވެކްސިން ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން އެ ފަރާތްތަކުން ފާހަގަކުރއެވެ.

ހުސްވެފައިވާ ވެކްސިންތަކަކީ އެކި ކަހަލަ ވައިރަލް ރޯގާތަކުން ރައްކާތެރިކަން ހޯދުމަށް ޖަހާ އިންފްލުއެންޒާ ވެކްސިން އާއި ނުރައްކާތެރި ލޭގެ އިންފެކްޝަންތަކާއި މެނިންޖައިޓިސް ފަދަ ނުރައްކާތެރި ބަލިތައް ޖެހުމަށް މެދުވެރިވާ ބެކްޓީރިއާ އިން ރައްކާތެރިކޮށްދޭ މެނިންޖައިޓިސް ވެކްސިން އެވެ.

ނަން ނުޖަހަން ޝަރުތުކޮށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވި ދަމަނަވެށީގެ އޮފިޝަލަކު ވަނީ މި ވެކްސިން ހުސްވެގެން ހައްޖަށް އަދި އުމްރާއަށް ފުރާ މީހުންނަށް ވެކްސިން ދިނުން މެދުކަނޑާލާފައިވާކަން ކަށަވަރުކޮށްދީ ފައެވެ. އަދި އެސްޓީއޯ އިން ވެސް އިންފްލުއެންޒާ ވެކްސިން ހުސްވެފައިހުރިކަން ފާހަގަކޮށް އެ އޮފިޝަލް ވިދާޅުވީ ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުމުގެ ގޮތުން ޖަހާ މިފަދަ ވެކްސިން ހުސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެސްޓީއޯ ފާމަސީތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެ ދަމަނަވެށިން އުމްރާ ވެރިންނަށް ވެކްސިން ދިނުން މެދުކަނޑާލާފައި ވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ 2025 ވަނަ އަހަރު ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދަވާ، އެ ކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ފާމަސީއެއް ބަދަލުކުރަން ނިންމަވާފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޭސް ލިބުމުގެ މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ދިޔުމާ އެކު އުފެއްދި ކުންފުނިން ރާއްޖެއަށް އެންމެ ބޭސް ގުޅައެއް ވެސް އަދި އެތެރެއެއް ނުކުރެ އެވެ. ކުންފުންޏަށް ވެރިޔަކު އައްޔަންކޮށް، ވަޒީފާތަކަށް މީހުން ނަގައިގެން، ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދޭތާ އެތައް މަހެއް މިހާރު ވަނީ ވެފައެވެ. ނަމަވެސް ބޭސް ލިބުމުގެ މައްސަލައަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެ އެވެ.

ދަމަނަވެށިޢުމްރާރައީސް ޑރ. މުހައްމަދު މުއިއްޒުއެސްޓީއޯސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްވެކްސިން ހުސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

29 ޖެނުއަރީ 2026
މާފަންނު މަދަރުސާގެ ދަރިވަރުންނަށް ރައީސް ވައުދުވެވަޑައިގެންނެވީ ތިރީގައި ހޯލެއް އަޅުއްވައި ދެއްވަން، މިހާރު ބަހައްޓަވައި ދެއްވަނީ ލިފްޓެއް

މާފަންނު މަދަރުސާގެ ދަރިވަރުންނަށް ރައީސް ވައުދުވެވަޑައިގެންނެވީ ތިރީގައި ހޯލެއް އަޅުއްވައި ދެއްވަން، މިހާރު ބަހައްޓަވައި ދެއްވަނީ ލިފްޓެއް

29 ޖެނުއަރީ 2026
ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

28 ޖެނުއަރީ 2026
ނަން ދެއްވީ ރައީސް

ނަން ދެއްވީ ރައީސް

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު