Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސާ ޗާފުކުރުން

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

ޕެންޝަން ބޯޑަށް ގެނައި ބަދަލުތަކާއި ފައިސާ ޗާޕުކޮށްގެން ދަރަނި އިތުރުކުރުމާ މެދު ކަންބޮޑުވުންފާޅު ކުރައްވައި ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި 14 އިންސައްތައަށްވުރެ ބޮޑު އިންޓަރެސްޓެއްގައި ދަރަނި ނަގަން ޖެހޭނެ ކަމަށާއި، މިއީ މިނިވަން މުސްތަގިއްލު ދައުލަތަކުން ކަންކުރާނެ ގޮތެއް ނޫން ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 06:54
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ. | މިހާރު

ރައީސް ޑރ.މުހައްމަދު މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން، ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އަހުމަދު އިނާޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އިނާޒް ދެއްކެވި ސާބިތުކަމަށް ޝުކުރު އަދާކޮށް ފައްޔާޒު ވިދާޅުވީ، މިފަދަ "ޚުދުމުޚުތާރު" ވެރިކަމަކާ ދެކޮޅަށް ތެދުވާނެ އިހުލާސްތެރި ބޭފުޅުން މިއަދު ގައުމަށް ބޭނުންވާ ކަމަށެވެ. 

ރައީސް މުއިއްޒުގެ ވެރިކަމާއި، ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު  ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި، ޑިމޮކްރަސީގެ އުސޫލުތަކަށް ހުރަސްއަޅަމުންދާ ކަމަށެވެ.

މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމުގެ ނަމުގައި މިސަރުކާރުން ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. ކަންކަން ތަންފީޒު ކުރަމުންދާ ގޮތުން އެކަން ވަރަށް ސާފު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ލިބޭނެ ކަމަށް ބަޖެޓުކުރި ހިލޭ އެހީގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ އެންމެ 15 އިންސައްތަ ކަމަށާއި، ހަމައެކަނި 2025 ވަނަ އަހަރުގެ ތެރޭގައި ވެސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ 1 ބިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، އާމްދަނީއަށް ވުރެ ބާރުމިނެއްގައި ޚަރަދުތައް އިތުރުވަމުންދާ ކަމަށާއި، އަމިއްލަ ވިޔަފާރިތަކަށް ދައުލަތުން ދައްކަން ޖެހޭ ބިލިއަނުން ގުނޭ ފައިސާ އަދިވެސް ނުދައްކާ ހުރިއިރު، ބޭރު ފައިސާގެ ސިޔާސަތު ފޭލްވެ، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އުފުލި، އާއްމު ރައްޔިތުން ތަކުލީފު އުފުލަމުންދާ ކަަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ ޕެންޝަން ބޯޑަށް ގެނައި ބަދަލުތަކާއި ފައިސާ ޗާޕުކޮށްގެން ދަރަނި އިތުރުކުރުމާ މެދު ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

ފައްޔާޒު ވިދާޅުވީ މިއީ "އިންވެސްޓްމަންޓެއް" ކަމަށް ބުނެ ސަރުކާރުން  ދިފާއުވާން އުޅުނު ނަމަވެސް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް މިކަން އޮޅުވައެއް ނުލެވޭނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި 14 އިންސައްތައަށްވުރެ ބޮޑު އިންޓަރެސްޓެއްގައި ދަރަނި ނަގަން ޖެހޭނެ ކަމަށާއި، މިއީ މިނިވަން މުސްތަގިއްލު ދައުލަތަކުން ކަންކުރާނެ ގޮތެއް ނޫން ކަމަށެވެ.

މިއީ ކަންކަން އިތުރަށް ގޯސްވާން އުޅޭކަމުގެ ނިޝާނެއް. ސާފުކޮށް ބުނާނަމަ، މިއީ އެއްވެސް ހަމައެއްގެ ދަށުން ކުރާ ރީފައިނޭންސިންއެއް ނޫން. މިއީ ހާލުގައި ޖެހިގެން ނަގާ ދަރަނި. މާކެޓުގައި އިންޓްރެސްޓް ރޭޓް މިހާ މަތިވެފައިވަނީ، ސަރުކާރުގެ ސިޔާސަތުތައް ފޭލްވެ، އިގްތިސާދީ ނުތަނަވަސްކަން ބޮޑުވުމުގެ ސަބަބުން އިންވެސްޓަރުންނަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވީމަ. ކަންކަން މި ހިސާބަށް ދާކަށް ނުޖެހޭ. މިއީ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި، މާލީ އިސްލާހުތައް ގެނައުމުގެ ބަދަލުގައި ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުކޮށް، ސަރުކާރު ފުޅާކުރުމުގެ ސަބަބުން ކުރިމަތިވި ސީދާ ނަތީޖާ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

ފައްޔާޒު ވިދާޅުވީ، ރައީސް މުއިއްޒު ސަރުކާރުގެ އެއްވެސް ތަރުތީބެއް ނެތް ސިޔާސަތުތަކުގެ ސަބަބުން، ދަރަނި އަދާ ކުރުމަށް ބޮޑު ތާށިކަމެއްގެ ތެރެއަށް ގައުމު ވެއްޓިފައިވާ ކަަމަށެވެ. އަދި މިހުރިހާ ކަމެއް ވަރަށް ގާތުން ދިވެހި ރައްޔިތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުފައްޔާޒް އިސްމާއިލްއަހުމަދު އިނާޒްފައިސާ ޗާޕްކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

ރައީސް މުއިއްޒު އިންޒާރު ދެއްވާފައިވަނިކޮށް "ޕީއެންސީ އަށް ޖޯކު ޖަހާނަމަ ކަލޭ މަރާލާނަން" ކަމަށް ބުނެ ފިޔާޒުއަށް އެހެން ފަރާތަކުން ވެސް އިންޒާރު ދީފި

01 ފެބުރުއަރީ 2026
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒް އިސްތިއުފާ ދެއްވައިފި

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒް އިސްތިއުފާ ދެއްވައިފި

01 ފެބުރުއަރީ 2026
މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

30 ޖެނުއަރީ 2026
ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު