Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފަންނު މަދަރުސާ

މާފަންނު މަދަރުސާގެ ދަރިވަރުންނަށް ރައީސް ވައުދުވެވަޑައިގެންނެވީ ތިރީގައި ހޯލެއް އަޅުއްވައި ދެއްވަން، މިހާރު ބަހައްޓަވައި ދެއްވަނީ ލިފްޓެއް

29 ޖެނުއަރީ 2026 | ބުރާސްފަތި 07:03

މާފަންނު މަދަރުސާގެ ޕްރިންސިޕަލް ފާތިމަތު ޔޫސުފު ވިދާޅުވީ، ލިފްޓް ހަރުކުރުމުގެ ލިޔެކިޔުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް. 2025 ވަނަ އަހަރު ލިފްޓް ހަރުކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފަށާފައިނުވާތީ އެކަމާ ގުޅިގެން ކުރި ސުވާލަށް ފާތުމަތު ވިދާޅުވީ، ލިފްޓު ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މަދަރުސާގައި ކިޔެވުން ކުރިއަށްދާތީ ބައެއް ދަތިތައް ކުރިމަތިވާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2026 | ބުރާސްފަތި 07:03
މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

މާފަންނު މަދަރުސާގައި ހޯލެއް އަޅައިދެއްވާނެ ކަަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެތަނުގައި ލިފްޓެއް ހަރުކުރާ ގޮތަށް ނިންމައިފި އެވެ. 

މާފަންނު މަދަރުސާގެ ތިރީގައި ހޯލެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، 7 ޑިސެންބަރު 2024 ވަނަ އަހަރު މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. 

Advertisement - newsAdvertisement

އެ ދުވަހު މިހަފްލާ ތައާރަފް ކޮށްދިން ތުއްތު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ހޯލެއް ނެތުމުން ވާ ދަތިކަމުގެ ވާހަކަ ފާހަގަކޮށްފަ އެވެ. އެގޮތުން އެ ތުއްތު ކުއްޖާ ބުނީ، އެ މަދަރުސާގެ އަހަރީ ދުވަސް ފާހަގަ ނުކުރެވި ލަސްވީ ހަފްލާ ބާއްވާނެ ތަނެއް ނެތިގެން ކަމަށެވެ. މާފަންނު މަދަރުސާގެ ހޯލް ހުންނަނީ 3 ވަނަ ފަންގިފިލާގައި ކަމުން މާމައިންނާ ކާފައިންނަން ހަފްލާތަކުގައި ބައިވެރި ނުވެވޭ ކަމަށެވެ. އެހެންކަމުން ރައީސް އަރިހުގައި އެދެނީ މަދަރުސާގެ ތިރީގައި ހޯލެއް ބިނާ ކޮށްދެއްވުމަށް ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ހޯލެއް އެޅުމުގެ އިތުރުން ދެންވެސް ކުރެވެން ހުރި ކަންކަމުގައި ސީދާ ސަރުކާރުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީން އަދި ކައުންސިލް މެދުވެރިކޮށް އެހީތެރިކަން ދިނުމާއެކީ ގައި މިދިޔަ ދުވަސްތަކަށްވުރެ މާ ބޮޑަށް ވެސް އުފާވެރި ގޮތަކަށް ސްކޫލްގެ ކަންކަން ބައްޓަންވެގެން ދާނެ ކަމަށެވެ. ސަރުކާރުން ވެސް އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ.

 މީގެ އިތުރުން މާފަންނު މަދަރުސާއަކީ ކާމިޔާބު ދަރިވަރުން އުފައްދާ، އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ސަމާލުކަމެއް ދޭ ސްކޫލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އެގޮތުން، އެކަންކަން އެނގިފައިވާތީ، އަޅުގަނޑު ހަމަ އަވަސްވެގަންނާނީ، އަދި ތުއްތު ލޮބުވެތި ދަރިވަރުން މިތަނުގައި މި ސްކޫލަށް ދަތިވެފައިވާ ކަންކަން ފާހަގަކޮށް، އެހާ ޝައުގުވެރިކަމާއެކީ އެކަންކަން ފާހަގަކޮށްދިނީތީއާ އެކީގައި، ފުރަތަމަވެސް އަޅުގަނޑު ބޭނުންވަނީ ޔަޤީންކަންދޭން، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު މި ސްކޫލްގައި ތިޔަ ލޮބުވެތި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭގޮތަށް ބިންމަތީގައި ހުންނަ ހޯލެއް ހަދައިދޭނެ ކަމުގެ ޔަގީންކަން. 
ރައީސް ޑރ.މުހައްމަދު މުއިއްޒު

ހޯލު އެޅުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ރާއްޖެއެމްވީން ދެންނެވި ސުވާލަށް، މާފަންނު މަދަރުސާގެ ޕްރިންސިޕަލް ފާތުމަތު ޔޫސުފް ވިދާޅުވީ، މަޝްވަރާގެ ދަށުން މިހާރު ނިންމާފައިވަނީ ހޯލެއް އެޅުމުގެ ބަދަލުގައި ލިފްޓެއް ހަރު ކުރުމަށް ކަމަށެވެ. ލިފްޓް ހަރުކުރުމުގެ ލިޔެކިޔުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

2025 ވަނަ އަހަރު ލިފްޓް ހަރުކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފަށާފައިނުވާތީ އެކަމާ ގުޅިގެން ކުރި ސުވާލަށް ފާތުމަތު ޔޫސުފު ވިދާޅުވީ، ލިފްޓު ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މަދަރުސާގައި ކިޔެވުން ކުރިއަށްދާތީ ބައެއް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މަސައްކަތްތައް ކުރިއަށް ގެންދަނީ ދަރިވަރުންނާއި ޓީޗަރުންނަށް ދަތިނުވާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާގަ އޮތްގޮތުންނާއި، ކްލާސްތަކެއް ގެއްލިގެން ދާތީ އަޅުގަނޑުމެންނަށް ވިސްނުނީ ހޯލެއްގެ ބަދަލުގައި ލިފްޓެއް ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް. އެހެންވެ އެގޮތަށް މަސައްކަތް ކުރިއަށް ގެންދަނީ. އެ މަސައްކަތް އެބަ ކުރިއަށް ދޭ އެނގޭތޯ. މިއީ އެއްވެސް ކަހަލަ އިޝޫއެއް އޮތް ކަމެއް ނޫން. ސަރުކާރުގެ ފަރާތުން ވަރަށް ފުރިހަމައަށް އެއްބާރުލުން ލިބޭ. 
މާފަންނު މަދަރުސާގެ ޕްރިންސިޕަލް ފާތުމަތު ޔޫސުފް

މާފަންނު މަދަރުސާގައި 2025 ވަނަ އަހަރުގެ ތެރޭގައި ހޯލެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް ފަހުން ވީލްޗެއަރ އެރުވޭ ގޮތަށް ބޮޑު ލިފްޓެއް ހަރުކުރާ ގޮތަށް ނިންމި ނިންމުން ސަރުކާރުން އަދި މާފަންނު މަދަރުސާއިން ވެސް ހާމަ ކޮށްފައިނުވެ އެވެ. 

މާފަންނު މަދަރުސާރައީސް ޑރ. މުހައްމަދު މުއިއްޒުފާތުމަތު ޔޫސުފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ނަން ދެއްވީ ރައީސް

28 ޖެނުއަރީ 2026
ނަން ދެއްވީ ރައީސް
28 ޖެނުއަރީ 2026

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި
27 ޖެނުއަރީ 2026

2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް

27 ޖެނުއަރީ 2026
2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް
27 ޖެނުއަރީ 2026

ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި

27 ޖެނުއަރީ 2026
ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި
27 ޖެނުއަރީ 2026

ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި

27 ޖެނުއަރީ 2026
ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި
26 ޖެނުއަރީ 2026

ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!

26 ޖެނުއަރީ 2026
ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!
25 ޖެނުއަރީ 2026

ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!

25 ޖެނުއަރީ 2026
ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!
25 ޖެނުއަރީ 2026

ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

25 ޖެނުއަރީ 2026
ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް
24 ޖެނުއަރީ 2026

ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ

24 ޖެނުއަރީ 2026
ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ
24 ޖެނުއަރީ 2026

އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން

24 ޖެނުއަރީ 2026
އެތައް އަހަރެއް ފަހަތަށް: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް