Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީ ކުޑަކުދިން ހިމެނޭ ހެން 31 މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޝެއިޚް ރަޟްވާން ފުލުހުންގެ މަރުކަޒަށް ދިން ހަމަލާގައި 10 ފުލުހުންނާއި ބަންދުކޮށްފައި ތިބި މީހުން ޝަހީދުވެފައިވޭ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 16:38
ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ހުޅަނގު ސަރަހައްދަށް އިޒްރޭލުން ދިން ވައިގެ ހަމަލާއަކާ ގުޅިގެން، ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ހޯދަމުންދާ ހިޔާވަހިން ދުމާއި އަލިފާން އަރަނީ.

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ހުޅަނގު ސަރަހައްދަށް އިޒްރޭލުން ދިން ވައިގެ ހަމަލާއަކާ ގުޅިގެން، ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ހޯދަމުންދާ ހިޔާވަހިން ދުމާއި އަލިފާން އަރަނީ. | އޭއެފްޕީ

އިޒްރޭލުން ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޣައްޒާއަށް ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާތައް ހޮނިހިރު ދުވަހު ދީފިއެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، ހަމާސް އިން ހިންގާ ފުލުހުންގެ މަރުކަޒަކަށާއި، އާންމުން ދިރިއުޅޭ އެޕާޓްމަންޓްތަކުގެ އިތުރުން ރެފިއުޖީން ހިޔާވަހިކަން ހޯދަމުންދާ ފޭލިގެތަކަށް ދިން މި ހަމަލާތަކުގައި ޖުމްލަ 31 މީހަކު ވަނީ ޝަހީދު ކޮށްލާފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތް ނަމަވެސް، އިޒްރޭލުން ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ ޝެއިޚް ރަޟްވާން ފުލުހުންގެ މަރުކަޒަށް އަމާޒުކޮށް ހަމަލާދީފަ އެވެ. މެޑިކަލް ޓީމުތަކާއި ފުލުހުން ބުނާ ގޮތުގައި މި ހަމަލާގައި ފުލުހުންގެ 10 އޮފިސަރުންނާއި އެ ތަނުގައި ބަންދުކޮށްފައި ތިބި މީހުން ވަނީ މަރުވެފަ އެވެ.

ޣައްޒާގައި ހަމާސް އިން ހިންގާ ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި، ހަމަލާ ދިން ސަރަހައްދުގައި އިތުރު ބަޔަކު ތާށިވެފައިވޭތޯ ސަލާމަތްކުރާ ފަރާތްތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި، އެ ސިޓީގެ އެޕާޓްމަންޓަކަށް ދިން އެހެން ހަމަލާއެއްގައި ތިން ކުޑަކުދިންނާއި ދެ އަންހެނުން ވަނީ ޝަހީދުވެފަ އެވެ. މީގެ އިތުރުން، ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގައި ހުރި ފޭލިގެތަކަކަށް ދިން ހަމަލާއެއްގައި އިތުރު ހަތް މީހަކު ވަނީ ޝަހީދުވެފަ އެވެ.

އިޒްރޭލުގެ އަސްކަރީ މަސްދަރަކުން ބުނި ގޮތުގައި މި ހަމަލާތަކަކީ ހުކުރު ދުވަހު ހިނގި ހާދިސާއަކާ ގުޅިގެން ދިން ރައްދު ހަމަލާތަކެކެވެ. އެގޮތުން، އޮކްޓޫބަރު މަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން މިހާރު ތިބި ޣައްޒާގެ ދެކުނުގެ ރަފަހް ސަރަހައްދުގައި ހުރި ބިންގަރާހަކުން އަށް ހަނގުރާމަވެރިން ނުކުންނަނިކޮށް ފެނިފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލު ސިފައިން ބުނީ އޭގެ ތެރެއިން ތިން ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. އަދި ހަތަރުވަނަ މީހާ ހައްޔަރުކޮށްފައިވާއިރު، އިޒްރޭލުގެ އަސްކަރިއްޔާ އިން ސިފަކުރާ ގޮތުގައި އޭނާއަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަމާސްގެ އިސް ކޮމާންޑަރެކެވެ.

މި ހާދިސާއާ ގުޅިގެން ހަމާސް އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިޒްރޭލުގެ  އަސްކަރީ މަސްދަރުތަކުން ބުނަނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމަށެވެ. އަނެއްކޮޅުން ހަމާސް އިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަނީ އިޒްރޭލުން ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

އަނެއް ކޮޅުން އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޚާން ޔޫނިސް ގައި ބަޑީގެ ހަމަލާތައް ހޮނިހިރު ދުވަހު އިޒްރޭލުން ވަނީ ދީފަ އެވެ.

މަސްދަރު: ރޮއިޓާސް

އިޒްރޭލު-ހަމާސްޣައްޒާޝެއިޚް ރަޟްވާންއަލް ޝިފާ ހޮސްޕިޓަލްޚާން ޔޫނިސްރަފަހް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެކުނު އެފްރިކާ އިން އިޒްރޭލުގެ ސަފީރު ބޭރުކޮށްލައިފި

ދެކުނު އެފްރިކާ އިން އިޒްރޭލުގެ ސަފީރު ބޭރުކޮށްލައިފި

31 ޖެނުއަރީ 2026
އީރާންގެ މަސްރަހު ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އިން އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި

އީރާންގެ މަސްރަހު ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އިން އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި

31 ޖެނުއަރީ 2026
އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

27 ޖެނުއަރީ 2026
"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

26 ޖެނުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު