Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްޕެއިން

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ބައިނަލްއަޤުވާމީ ގޮތުން ހެދިފައިވާ ޤާނޫނު ތަކާއި، އދ ގެ އެންމެހާ އުސޫލުތައް އަދި ބައިނަލްއަޤުވާމީ އެއްބާރުލުމަށް ދީފައިވާ ވައުދާ އެއް ގޮތަށް ސްޕެއިން އިން އަމަލު ކުރަން ބޭނުންވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 04:10
ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް، އޭނާ ވިދާޅުވީ ބޯޑުގައި ބައިވެރި ވުމުގެ ދައުވަތު ސްޕެއިން އަށް ލިބުނު ކަމަށް

ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް، އޭނާ ވިދާޅުވީ ބޯޑުގައި ބައިވެރި ވުމުގެ ދައުވަތު ސްޕެއިން އަށް ލިބުނު ކަމަށް | ގެޓީ އިމޭޖަސް

ދުނިޔޭގެ ހަނގުރާމަތަކާއި ސުލްޙަ އަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި އެވެ.

އެކަން ހާމަ ކުރައްވާފައި ވަނީ ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އެވެ. ބެލްޖިއަމްގެ ބްރަސެލްސްގައި ބުރާސްފަތި ދުވަހު އޮތް ޔޫރަޕިއަން ޔޫނިއަންގެ ސަމިޓަކަށް ފަހު ނޫސްވެެރިންނާ ވާހަކަ ދައްކަވަމުން ސަންޗޭޒް ވަނީ، ބޯޑު އޮފް ޕީސްގައި ބައިވެރިވުމުގެ ދައުވަތު އެމެރިކާ އިން ސްޕެއިން އަށް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، އެމެރިކާގެ ދައުވަތު ޤަބޫލު ނުކުރަން ސްޕެއިން އިން ނިންމާފައިވާ ކަމަށާއި، އެހެންވެ އެ ބޯޑުގައި ސްޕެއިން ބައިވެރި ނުވާނެ ކަމަށް ސަންޗޭޒް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސްޕެއިން އިން އެ ނިންމުން ނިންމީ، ބައިނަލްއަޤުވާމީ އެއްބާރުލުމާއި، އދ ގެ ނިޒާމަށް އެ ޤައުމުން ޤަބޫލު ކުރާ ގޮތް ތަކުގެ މަތީން ކަމަށެވެ،

ސަންޗޭޒް ވަނީ އެ ބޯޑުގައި ބައިވެރި ވުމުގެ ދައުވަތު ސްޕެއިން އަށް ދިން ކަމަށްޓަކައި އެމެރިކާ އަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ. ބޯޑުގައި ބައިވެރި ނުވުމަށް ސްޕެއިން އިން ނިންމާފައިވާއިރު، މީގެ ކުރިން ވެސް އެ ޤައުމުން ވަނީ އެމެރިކާ އިން ގެން ގުޅެމުން އަންނަ ސިޔާސަތު ތަކާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އެމެރިކާ އިން ބުނެފައިވާ ގޮތުގައި އެ ބޯޑުގެ މައިގަނޑު މަޤުސަދަކީ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިވުމާއި، ހަނގުރާމަ ހުއްޓާލުމުގެ ޙާލަތު މޮނިޓާ ކުރުމާއި، ސަލާމަތީ އިންތިޒާމުތައް ހަމަޖެއްސުމުގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ތަންތަން އަލުން އިމާރާތް ކުރުމުގެ މަސައްކަތް ބެލެމާއި އެކަމަށް އެހީތެރިވުމެވެ. މިއީ ޣައްޒާގެ ސުލްޙަ އަށް ޓްރަމްޕް އެކުލަވާލި ޕްލޭންގެ ތެރެއިން އައިސްވާ ޚިޔާލެކެވެ. 

ސްވިޒަލެންޑުގެ ޑާވޯސްގައި ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން މި ބޮޑު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ކެނެޑާ، އިނގިރޭސިވިލާތް، ހަންގޭރީ އަދި ބަލްގޭރިއާ ފިޔަވައި، ޔޫރަޕިއަން ޔޫނިއަންގެ އެހެން އެއްވެސް މެމްބަރު ޤައުމެއް ބައިވެރިވެފައި ނުވެ އެވެ. މި ޤައުމު ތަކަކީ އެމެރިކާ އާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމު ތަކެކެވެ. 

ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ބައިނަލްއަޤުވާމީ ގޮތުން ހެދިފައިވާ ޤާނޫނު ތަކާއި، އދ ގެ އެންމެހާ އުސޫލުތައް އަދި ބައިނަލްއަޤުވާމީ އެއްބާރުލުމަށް ދީފައިވާ ވައުދާ އެއް ގޮތަށް ސްޕެއިން އިން އަމަލު ކުރަން ބޭނުންވެ އެވެ. އަދި އެގޮތަށް އަމަލު ކުރަން ބޭނުންވާތީ، އެ ބޯޑުގައި ބައިވެރި ނުވާން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމަ އެހެންމެ، ބޯޑު އޮފް ޕީސްގައި ފަަލަސްޠީނު އޮތޯރިޓީ ހިމެނިފައި ނެތް ކަމަށް ސަންޗޭޒް ފާހަގަ ކުރެއްވި އެވެ. އެ ބޯޑުގައި އިސްރާއީލް އިން ބައިވެރިވެފައިވާއިރު، މެދު އިރުމަތީގެ ޤައުމު ތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ އާއި، ޤަތަރު އަދި އެކުވެރި އަރަބި އިމާރާތް ވެސް ވަނީ އެ ބޯޑުގައި ބައިވެރިވެފަ އެވެ. 

މަސްދަރު: ރޮއިޓާސް

ރައީސް ޑޮނަލްޑް ޓްރަމްޕްބޯޑް އޮފް ޕީސްސްޕެއިންޕެޑްރޯ ސަންޗޭޒްޣައްޒާޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ރައީސް ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގެންފައި ހުރި ނިޝާންތަކެއް ފެނުމާ ގުޅިގެން އެއީ މޭޒެއްގައި އަތްޕުޅު ޖެހިގެން ދިމާވި ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގެންފައި ހުރި ނިޝާންތަކެއް ފެނުމާ ގުޅިގެން އެއީ މޭޒެއްގައި އަތްޕުޅު ޖެހިގެން ދިމާވި ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެ

23 ޖެނުއަރީ 2026
ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ކެނެޑާ އަށް ދީފައިވާ ދައުވަތު އަނބުރާ ގެންދަވައިފި

ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ކެނެޑާ އަށް ދީފައިވާ ދައުވަތު އަނބުރާ ގެންދަވައިފި

23 ޖެނުއަރީ 2026
ކިއުބާގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ޓްރަމްޕް ފަށްޓަވައިފި: ރިޕޯޓް

ކިއުބާގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ޓްރަމްޕް ފަށްޓަވައިފި: ރިޕޯޓް

22 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި

22 ޖެނުއަރީ 2026
ބިލް ކްލިންޓަން އާއި ހިލަރީ ކްލިންޓަން އަށް ފިޔަވަޅު އަޅަން ކޮމެޓީ އިން ފާސްކޮށްފި

ބިލް ކްލިންޓަން އާއި ހިލަރީ ކްލިންޓަން އަށް ފިޔަވަޅު އަޅަން ކޮމެޓީ އިން ފާސްކޮށްފި

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު