Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިޒްރޭލް

އީރާންގެ މަސްރަހު ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އިން އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި

31 ޖެނުއަރީ 2026 | ހޮނިހިރު 06:02

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ 30 އަޕާޗޭ ހަމަލާދޭ ހެލިކޮޕްޓަރު ވިއްކުމަށް ހުއްދަ ދިން އިރު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި 71,667 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވޭ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 06:02
އިޒްރޭލުގެ ތަލް އަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމަތީގައި 2024 ނޮވެމްބަރު 20 ވީ ބުދަ ދުވަހު ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިއަކު، "މިހާރުން މިހާރަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާ!" ލިޔެފައިވާ ކާޑުބޯޑު ބޯޑެއް ހިފަހައްޓައިގެން.

އިޒްރޭލުގެ ތަލް އަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމަތީގައި 2024 ނޮވެމްބަރު 20 ވީ ބުދަ ދުވަހު ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިއަކު، "މިހާރުން މިހާރަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާ!" ލިޔެފައިވާ ކާޑުބޯޑު ބޯޑެއް ހިފަހައްޓައިގެން. | ގެޓީ އިމޭޖަސް

އީރާނާއި އެމެރިކާ އާ ދެމެދު މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާ ސަރުކާރުން އިޒްރޭލަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކުމަށް ހުކުރު ދުވަހު ހުއްދަ ދީފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، 3.8 ބިލިއަން ޑޮލަރުގެ އަގުހުރި 30 "އަޕާޗޭ" ހަމަލާދޭ ހެލިކޮޕްޓަރު އިޒްރޭލަށް ވިއްކުމަށް މިހާރު ވަނީ ހުއްދަ ދީފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާ އިން އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ކަމަށާއި، އިޒްރޭލުން އަމިއްލަ ދިފާއުގައި ވަރުގަދަ އަދި ތައްޔާރީ ހާލަތެއްގައި އޮތް އަސްކަރިއްޔާ އެއް ގާއިމުކޮށް ދެމެހެއްޓުމަށް އެހީތެރިވުމަކީ އެމެރިކާގެ ގައުމީ މަސްލަހަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

އަދި ހަތިޔާރު ވިއްކުމަށް ނިންމި މި ނިންމުމަކީ އެމެރިކާގެ އެ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، މި ހަތިޔާރުގެ ޕެކޭޖުގެ ތެރޭގައި 1.8 ބިލިއަން ޑޮލަރުގެ އަގުހުރި "ޖޮއިންޓް ލައިޓް ޓެކްޓިކަލް" އަސްކަރީ އުޅަނދުތައް ވިއްކުން ވެސް ހިމެނެ އެވެ.

އެމެރިކާ އިން ކޮންމެ އަހަރަކު ވެސް އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނު އިޒްރޭލަށް  ފޯރުކޮށްދެ އެވެ. ނަމަވެސް އޭގެ ތެރެއިން ބޮޑު ބަޔަކީ ހަތިޔާރު ވިއްކައިގެން ފައިސާ ހޯދުމުގެ ބަދަލުގައި އެހީގެ ގޮތުގައި ދޭ ތަކެއްޗެވެ.

ދެ އަހަރު ދުވަހުގެ ހަނގުރާމަ އަށް ފަހު، އެމެރިކާގެ އެހީތެރިކަމާ އެކު އިޒްރޭލާ ހަމާސް އާ ދެމެދު މިދިޔަ އޮކްޓޫބަރު މަހު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. އެހެން ނަަމަވެސް އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް އައިސްފަ އެއް ނުވެ އެވެ.

އަނެއް ކޮޅުން އެމެރިކާގެ ވަރުގަދަ އަސްކަރީ ފައުޖެއް އީރާނާ ކައިރި ކަނޑުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާތީ، ސަރަހައްދުގެ އެހެން ހިސާބުތަކުގައި ވެސް މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.

އިޒްރޭލުން ވަނީ މިދިޔަ އަހަރު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އެހެނިހެން އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ބޮން އެޅުމުގެ ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން އެ ގައުމަށް ވަނީ ބައިނަލްއަގުވާމީ ފިއްތުންތައް ކުރިމަތިވެފަ އެވެ.

ޓްރަމްޕް ސަރުކާރުން ބުނެފައިވާ ގޮތުގައި، ޣައްޒާ ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު އޮތީ ދެވަނަ މަރުހަލާގަ އެވެ. އަދި މި މަރުހަލާގައި އެންމެ ބޮޑު އިސްކަމެއް ދެނީ ހަމާސްގެ ހަތިޔާރު އަތުލުމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވީ ނަމަވެސް  2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާ ގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި 71,667 ފަލަސްތީނު ރައްޔިތުން  ޝަހީދުވެފައިވާ ކަމަށް ޣައްޒާ ގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ޣައްޒާހަމާސްއަޕާޗީ ހެލިކޮޕްޓަރސްޓޭޓް ޑިޕާޓްމަންޓްއިސްރާއީލު-އެމެރިކާ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟

17 އޯގަސްޓު 2026
އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟
17 އޯގަސްޓު 2026

ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި

17 އޯގަސްޓު 2026
ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި
17 އޯގަސްޓު 2026

ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި

17 އޯގަސްޓު 2026
ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި
09 އޯގަސްޓު 2026

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

09 އޯގަސްޓު 2026
އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި
04 އޯގަސްޓު 2026

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި

04 އޯގަސްޓު 2026
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި
02 އޯގަސްޓު 2026

ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 އޯގަސްޓު 2026
ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ
01 އޯގަސްޓު 2026

ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟

01 އޯގަސްޓު 2026
ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟
31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
29 ޖުލައި 2026

ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: ޓްރަމްޕް

29 ޖުލައި 2026
ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: ޓްރަމްޕް
27 ޖުލައި 2026

ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ އެމެރިކާާ އަށް

27 ޖުލައި 2026
ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ އެމެރިކާާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް